މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރުން ހޯދުމާއިބެހޭ

އެއްގަމާއި، ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް މިއިދާރާއިން ދޫކުރުމަށްޓަކައި އެކަމުގައި ޙަރަކާތްތެރިވާނެ އެގްޒަމިނަރުން ހޯދުމަށް ބޭނުންވެއެވެ.

އެއްގަމުގައި ދުއްވާ ތަކެތި:
ޝަރުތު: އޭ ޒޯންގެ ލައިސަންސް ލިބިފައިވާތާ 3 އަހަރުވެފައިވުން.

ހުށަހަޅަންޖެހޭ ތަކެތި:
1. އެގްޒަމިނަރަކަށް ވުމަށް އެދި ހުށަހަޅާ ސިޓީ
2. އައިޑީކާޑްގެ ކޮޕީ
3. ލައިސަންސް ކާޑްގެ ކޮޕީ
4. ޕޮލިސް ރިޕޯޓް

ކަނޑުގައި ދުއްވާތަކެތި:
ޝަރުތު: ނިޔަމިކޯހުގެ ލެވެލް 1 (ކޯސްޓަލް ނެވިގޭޝަން ކްލާސް 5) ފުރިހަމަކޮށްފައިވާ އަދި ކަނޑުގައި ދުވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓެގަރީ މަދުވެގެން A.B.C.D.G ލިބިފައިވާ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:
1. އެގްޒަމިނަރަކަށް ވުމަށް އެދި ހުށަހަޅާސިޓީ
2. އައިޑީކާޑްގެ ކޮޕީ
3. ލައިސަންސް ފޮތުގެ ކޮޕީ
4. ޕޮލިސް ރިޕޯޓް

މިކަމަށް އެދޭ މީހުންގެ ތެރެއިން އެއްގަމުގައި ދުއްވާ ތަކެތީގެ ތެރެއިން ލައިސަންސް ދޫކުރެވޭ ކޮންމެ ސައިކަލް ލައިސަންސްއަކަށް -/15 (ފަނަރަ ރުފިޔާ) ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދަކަށް -/25 (ފަންސަވީސް ރުފިޔާ)، 3 ފޮރޮޅުލީ އެއްގަމު އުޅަނދަކަށް، -/10 (ދިހަ ރުފިޔާ) ލިބޭނެއެވެ. އަދި ކަނޑުގެ ލައިސަންސް ދޫކުރެވޭ ކޮންމެ ކެޓަގަރީއަކަށް -/10 (ދިހަ ރުފިޔާ) ގެ ރޭޓުން ފައިސާ ލިބޭނެއެވެ.

ވީމާ، މިކަމަށް ޝައުޤްވެރިވާ ފަރާތްތަކުން 08 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން މަތީގައިވާ ތަކެއްޗާއިއެކު ސިޓީ އަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

31 އޮގަސްޓް 2020
ހޯދާ