ދިވެހިރާއްޖެ
މި އޮތޯރިޓީއަށް 3 ލެޕްޓޮޕް ގަތުމަށް ބޭނުންވެއެވެ.
މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބަށް ޕޮއިންޓް ދިނުމުގެ އުޞޫލާއި ސްޕެސިފިކޭޝަން ތާވަލު އަދި ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓް ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހު ހެނދުނު 10:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު ހެނދުނު 10:00 ގެ ފަހުން އަންދާޒީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.
އަންދާސީ ހިސާބުތައް ހުޅުވުމުގެ ބައްދަލުވުމުގައި ހާޒިރުވެ ބައިވެރިވެވަޑައިގެންނެވޭނީ ފުރަތަމަ ހުށަހަޅުއްވާ 5 ފަރާތަށެވެ. އެހެން ފަރާތްތަކަށް ޒޫމް މެދުވެރިކޮށް ވަރޗުއަލްކޮށް މިބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ.
އަންދާސީ ހިސާބުތައް ބަލައިގަތުން ކުރިއަށްދާނީ 14 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހު ހެދުނު 09:45 އިން ފެށިގެން ތިރީގައިވާ އެޑްރެހުންނެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
3 ވަނަ ފަންގިފިލާ، ހ. އޯކިޑް،
އަމީރު އަޙްމަދު މަގު، މާލެ
ފޯނު: 3336619
13 މުޙައްރަމް 1442
1 ސެޕްޓެންބަރު 2020