އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހިތަދޫގައި މަސްކަނޑާ ވިއްކުމަށް ސަރަޙައްދު ކަޑައެޅުން
އިޢުލާން
ހިތަދޫގައި މަސްކަނޑާ ވިއްކުމަށް އައްޑޫސިޓީ ކައުންސިލް އިން ވަނީ ދެ ސަރަޙައްދެއް ކަޑައަޅާފައެވެ. އެއީ:
- ހިތަދޫ ބަނދަރު ސަރަޙައްދުގައި ހުރި މަސްމާރުކޭޓްގެ އުތުރަށް އޮތް ހުސްބިން
- ހިތަދޫ ކުޑަކުދިންގެ ޕާރކްގެ އިރުމަތީ ފަރާތުގައި ތާރުމަގުން ފެށިގެން '50 ފޫޓް އެތެރޭގައި އޮތް ހުސްބިން
މަތީގައިވާ ދެސަރަޙައްދު ފިޔަވައި ހިތަދޫ އަވަށުގެ އެހެން އާއްމު ސަރަޙައްދު ތަކުގައި މަސްކެނޑުން މިއަދުން ފެށިގެން މަނާކުރި ވާހަކަ އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ. އަދި މިއަދުން ފެށިގެން ދެދުވަހުގެ ތެރޭގައި ހިތަދޫ އަވަށުގެ އެކި ސަރަޙައްދު ތަކުގައި މަސްކަނޑާ ވިއްކުމުގެ މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުން މަތީގައި މިދެންނެވުނު ދެސަރަޙައްދަށް މަސްކަނޑާ ވިއްކުމުގެ މަސައްކަތް ބަދަލުކުރުމަށް އެންގީމެވެ.
މި އެންގުމާ ޙިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ ޢިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 140 ވަނަ މާއްދާ ދަށުން، ފިޔަވަޅު އަޅަމުން ގެންދާނެކަމުގައި ދަންނަވަމަވެ.
12 މުޙައްރަމް 1442
31 އޮގަސްޓް 2020
ހޯދާ