ކައުންސިލްގެ ނަން
|
މޯލްޑިވްސް އެލައިޑް ހެލްތްކައުންސިލް
|
މަޤާމު
|
އެލައިޑް ހެލްތު ޕްރޮފެޝަނަލުން
|
ބޭނުންވާ ޢަދަދު
|
03 (ތިނެއް)
|
އެލަވަންސް
|
ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.
|
ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތާއި ބާރުތައް
|
ޤާނޫނު ނަންބަރ 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ46 ވަނަ މާއްދާ އާއި 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތައް.
|
ބޭނުންވާ ދާއިރާތައް
|
- ބިހޭވިއަރަލް ސައިންސްގެ ޕްރޮފެޝަނަލުން؛
- ކްލިނިކަލް އަދި ފިޒިކަލް ތެރަޕިސްޓުން؛
- ކޮމިއުނިޓީ ހެލްތު ޕްރޮފެޝަނަލުން؛
- ކްލިނިކަލް އެންޑް ހެލްތު ޓެކްނޮލޮޖީގެ ޕްރޮފެޝަނަލުން؛
- މެޑިކަލް ލެބޯރަޓަރީގެ ޕްރޮފެޝަނަލުން؛
- ޓްރެޑިޝަނަލް، އޯލްޓަނޭޓިވް، އަދި ކޮމްޕްލިމެންޓަރީ މެޑިސިންގެ ޕްރޮފެޝަނަލުން؛
- ފާމަސީ ޕްރޮފެޝަނަލުން؛
- ޑަޔަޓީޝަނުން އަދި ނިއުޓްރިޝަނިސްޓުން؛
- މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައި އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ގޮތުގައި ކަނޑައަޅާ އިތުރު ފަރާތްތައް.
|
މެންބަރުކަމުގެ ޝަރުޠު
|
އެލައިޑް ހެލްތު ޕްރޮފެޝަނަލެއްގެ ގޮތުގައިމަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
|
މަޤާމައް ކުރިމަތިލާ މެންބަރުކަމުގެސިފަތައް
|
- ދިވެހި ރައްޔިތެއްކަމުގައި ވުން.
- ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޙްލާގް ހުރި މީހަކު ކަމުގައިވުން.
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
- ޖިނާއި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
- ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
- ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
- ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
- ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
- ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
- ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޙާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
- ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.
|
ތައުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް
(އެލައިޑް ހެލްތް ޕްރޮފެޝަން ދާއިރާއަކުން ހޯދާފައިވާ ސެޓްފިކެޓް)
|
ޑިޕްލޮމާ 20 މާކްސް
|
ޑިގްރީ– 30 މާކްސް
|
ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ 40 މާކުސް
|
މާސްޓަރސް– 50 މާކްސް
|
ޕީ.އެޗް.ޑީ 75 މާކްސް
|
|
މަސައްކަތުގެ ތަޖުރިބާއަށްމާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް
|
ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރުނަމަ - 30 މާކްސް
|
ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރުނަމަ - 40 މާކްސް
|
ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރުނަމަ - 45 މާކްސް
|
ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުނަމަ - 50 މާކްސް
|
|
މާކްސް ދިނުމާއި އިންޓަވިއުކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު
|
- ހުށަހަޅާ ތައުލީމީ ސެޓްފިކެޓްތަކުގެ ތެރެއިން މާރކްސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓަށް އެކަންޏެވެ.
- މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ މަޤާމުތަކަށް ޢައްޔަންކުރާނީ، މިނިސްޓްރީން ޢާންމުކޮށް އިޢުލާންކުރުމުން، އެކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން، އެންމެ ގިނަ ޢަދަދެއްގެ މާކްސް ލިބޭ މީހެކެވެ.
- މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މާކްސް އެއްވަރު ވެއްޖެނަމަ މެންބަރުކަމަށް ހޮވޭނީ އިންޓަވިއު ކޮށްގެން އެންމެ މަތީ މާރކްސް ލިބޭ ފަރާތެކެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ
- ތައުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް، ހުށަހަޅާފައިވާ ކޮޕީ އެޓެސްޓް ކޮށްފައިނުވާނަމަ، އިންޓަވިއުއަށް ޙާޟިރުވާއިރު ސެޓްފިކެޓްތަކުގެ އަޞްލު ގެންނަން ވާނެއެވެ.)
- މެމްބަރުކަމަށް އެދޭ ފަރާތައް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިޔުންތައް (މަސައްކަތް ކުރި ތަނާއި ކުރިމަސައްކަތާއި މުއްދަތު އެނގޭގޮތަށް)
- "ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް" ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް"
- ވަނަވަރު (ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އެނގޭނެގޮތަށް)
|
ސުންގަޑި
|
09 ސެޕްޓެމްބަރ 2020 ގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް) އަށް ހުށަހެޅުއްވުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުވާދެއްވުން (އީމެއިލް އިން ހުށަހަޅާ އެޕްލިކޭޝަންތަކައް މިނިސްޓްރީން ލިބުންކަން އަންގާނެކަން ދަންނަވަމެވެ. ނަމަވެސް މިނިސްޓްރީން ޖަވާބެއް ނުލިބޭނަމަ މިނިސްޓްރީއަށް އެޕްލިކޭޝަން މުއްދަތް ހަމަވުމުގެ ކުރިން ލިބުނުތޯ ބެއްލެއްވުން އެދެމެވެ.)
|
އިތުރުމަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014331 އަދި 3014330 އެވެ.
|