ދިވެހިރާއްޖެ
މި މިނސްޓްރީގެ ނަންބަރު (IUL)13-E/13/2020/208 23 އޮގަސްޓް 2020 އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.
ބަޖެޓުގައިވާ މައުލޫމާތު މި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި 2120 ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ ތައްޔާރުކުރުމަށް ބޭނުންވެގެން އާންމު ކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އަރ)އަށް ބަދަލު ގެނެވިފައިވުމާއެކު، އިސްލާހުކޮށް އަލުން މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި މި މަސައްކަތާބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 8 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ފިނޭންސްގެ ފްރަންޓް ޑެސްކަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރަށް ގުޅައިގެން ނުވަތަ އީމޭލްގެ ޒަރިއްޔާއިން ހުށަހެޅުއްވޭނެއެވެ.
ފިސްކަލް އެފެއަރޒް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ފިނޭންސް
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 1617
އީމެއިލް އެޑްރެސް: [email protected] & [email protected]