މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނިން އިންޕޯޓް އަދި އެކްސްޕޯޓް ކުރާ މުދަލުގެ ލޮޖިސްޓިކްސް މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން

 

     ނަންބަރ : MGPL-I/PD/2020/11

އިޢުލާން

މިކުންފުނިން އިންޕޯޓްކޮށް އަދި އެކްސްޕޯޓް ކުރާ އެންމެހައި މުދަލުގެ ލޮޖިސްޓިކްސް މަސައްކަތް 1 އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން   މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

08 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 12:00 އަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

13 ސެޕްޓެމްބާރ 2020 ވާ ހޯމަ ދުވަހުގެ 12:00 އަށް

 

ނޯޓް:

  • އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.

 

30 އޮކްޓޯބާރ 2020،

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑް މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން:3335614

 

30 އޮގަސްޓް 2020
ހޯދާ