ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގެ ދެކުނު ފަރާތުގެ ފިނިމައިޒާނުގެ ވަށާ ފާރު ރޭނުން

ބަނދަރު ދެކުނު ފަރާތު ފިނިމައިޒާނުގައި ފާރު ރޭނުމާއި ބެހޭ

          މިރަށު ބަނދަރު ދެކުނު ފަރާތުގައި ހެދުމަށް ހަމަޖެހިފައިވާ ފިނިމައިޒާނުގެ ފާރު ރޭނުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

ތާރީޚް

ގަޑި

ތަން

ނަން ނޯޓްކުރުން ( ރަސްމީ ދުވަސް ތަކުގައި )

31/08/2020 އިން 02/09/2020

9.00ން13.00

ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

މަޢުލޫމާތު ސާފުކުރުން

03 ސެޕްޓެމްބަރ 2020

13.00

ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބު ހުށަހެޅުން

09 ސެޕްޓެމްބަރ 2019

13.00

ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

        އަދި ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑް ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އިން 13.00 އަށް 6820020 ނަންބަރ ފޯނާއެވެ.

           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

  ޕޮއިންޓް ދެވޭނެ މިންގަނޑު

 

 

ޕޮއިންޓް ދެވޭނެ ގޮތް

ޕޮއިންޓް ބަހާލެވޭ ގޮތް

1

އަގު

60%

2

ތަޖްރިބާ 

30%

3

މުއްދަތު

10%

 

 

 

30 އޮގަސްޓް 2020
ހޯދާ