ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ބީ ޒޯން ލައިސަންސް (ލައިސަންސް ފޮތް) ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިޙާނު ކުރާނެ އެގްޒަމިނަރ ބޭނުންވެއްޖެއެވެ. އިމްތިޙާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.
މަގާމް: |
އެގްޒަމިނަރ |
ބޭނުންވާ އަދަދު: |
02 (އަންހެން، ފިރިހެން) |
މުއްދަތު: |
02 އަހަރު |
ޝަރުތު: |
|
އުޖޫރަ: |
|
އެގްޒަމިނަރުން ހޮވުމުގައި ދާއިމީ ލައިސެންސްގައިވާ ކެޓަގަރީގެ އަދަދަށާއި، ލައިސެންސްގެ މުއްދަތަށާއި، އަދި ގިނަވަގުތު ރަށުގައި ހުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 07 ސެޕްޓެންބަރު 2020 ވަނަ ދުވަހުގެ 13:00 ގެކުރިން ދެންނެވިފައިވާ ލިޔުންތަކާއި އެކު މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.