ދިވެހިރާއްޖެ
އިއުލާން |
ނަންބަރ: (IUL)GS-01/GS-01/2020/18 |
ތާރީހް: 30 އޯގަސްޓް 2020 |
ދަނާލުގެ އުތުރު ފަރާތުގެ ހަތަރުކޮޓަރީގެ އެޕާޓްމަންޓް ސީލިންގ މަރާމާތުކުރުން
ދަނާލު އުތުރު ފަރާތުގެ ހަތަރުކޮޓަރީގެ އެޕާޓްމަންޓްގެ އަސްކަނީ ސީލިންގ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 03 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހު 10:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 08 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހު 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މައުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ އެފަރާތެއްގެ ސިޓީއާއެކު ހުށަހެޅުއްވުމުން ޤަބޫލު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
- މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މައުލޫމާތު:
ފޯން ނަންބަރ: 6608508
އީމެއިލް އެޑްރެސް:[email protected]