ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ކަލައިދޫ ކައުންސިލްގެ ޓްރަސްޓް ފަންޑުން ކަލައިދޫގެ ރައްޔިތުންނަށް ލުއިލޯނު ދޫކުރުމުގެ 2018 ވަނަ އުސޫލަށް ގެނެވުނު އިސްލާޙް

`

ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާ

ކަލައިދޫދިވެހިރާއްޖެ.

 

 

ކަލައިދޫކައުންސިލްގެޓްރަސްޓްފަންޑުންކަލައިދޫގެރައްޔިތުންނަށްލުއިލޯނުދޫކުރުމުގެ 2018 ވަނަ  އުސޫލަށް ގެނެވުނު އިސްލާޙް

 

1- ތަޢާރަފް

މިއީ ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ ޓްރަސްޓްފަންޑުގައި ހުރި ފައިސާގެތެރެއިން ކަލައިދޫގެ ރައްޔިތުންނަށް އެކަށީގެންވާ ލުއިފަސޭހަގޮތެއްގައި ލޯނު ލިބުމަށް މަގުފަހިކޮށްދިނުމަށް އެކަށައެޅޭ އުޞޫލެކެވެ. މި އުޞޫލުގެދަށުންލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ލ.ކަލައިދޫގައި ރަށްވެހިވެ ދިރިއުޅެމުންދާތާ މީލާދީ 06 މަސްދުވަސް ވެފައިވާ ލ. ކަލައިދޫގެ ރައްވެހިންނާއި، އަދި ލ. ކަލައިދޫގެ ރަށްވެއްސަކާއި، ކައިވެނިކޮށް ކަލައިދޫގައި ދިރިއުޅޭތާ މީލާދީ 05 އަހަރު ވެފައިވާ 18އަހަރާއި 55 އަހަރާއި ދެމެދުގެ ދިވެހި ރައްޔިތުންނަށެވެ.

2-މަޤްޞަދު

މިލޯނު ސްކީމުގެ މަޤްޞަދަކީ ލ.ކަލައިދޫ ރައްޔިތުންގެ ތެރެއިން އެމީހުންގެ ދިރިއުޅުމުގެ ފެންވަރުމަތިކުރުމަށާއި ކުއްލިއަކަށްކުރަންޖެހޭ މުހިންމުކަންކަން ފަސޭހަކަމާއިއެކު ފުރިހަމަކުރުމަށް މަގުފަހިކޮށްދީ، އަބުރުވެރި ހަރުދަނާ ފުދުންތެރި ރައްޔިތެއް ބިނާކުރުމުގެ މަތިވެރި މަޤްޞަދުގައި ހުޅުވާލެވޭ ފަހި ފުރުޞަތެކެވެ. އަދި ކަލައިދޫގައި އުފެދިފައިވާ ކަލައިދޫ ކައުންސިލްގެ ޓްރަސްޓްފަންޑް އިތުރަށް އާލާކޮށް ދިރުވުމުގެ މަތިވެރި މަޤްޞަދުގައި ކުރެވޭ އިހުލާސްތެރި މަސައްކަތެކެވެ.

3- ލޯނުދޫކުރެވޭމުއްދަތު

މިއުޞޫލުގެ ދަށުން ލޯނުދޫކުރުމަށް ހަމަޖެހިފައިވާ -/15000ރ އާއި -/50000ރ ދެމެދުގެ ލޯނުދޫކުރެވޭނީ ލޯނު ދޫކުރެވޭ ތާރީޚުން ފެށިގެން މީލާދީ 2 އަހަރު(24 މަސް) ދުވަހުގެ މުއްދަތަށްވުރެދިގުނޫން މުއްދަތެއްގެ ތެރޭގައި މުޅިލޯން އަނބުރާ ދައްކާ ޚަލާސްކުރާގޮތަށެވެ. އަދި -/100000ރ ގެލޯނު ދޫކުރެވޭނީ ލޯނުދޫކުރެވޭ ތާރީޚުންފެށިގެން މީލާދީ 3 އަހަރު(36 މަސް) ދުވަހުގެ މުއްދަތަށް ވުރެދިގުނޫން މުއްދަތެއް ގެތެރޭގައި މުޅިލޯން އަބުރާދައްކާ ޚަލާސްކުރާގޮތަށެވެ.

4- ލޯނުގެގޮތުގައިދޫކުރެވޭފައިސާގެއަދަދު

މިއުޞޫލުގެދަށުން ދޫކުރެވޭނެ ލޯނުގެތަފްޞީލްތިރީގައިމިވަނީއެވެ.

ލޯނުގެގޮތުގައިދޫކުރެވޭމިންވަރު

މުޅިލޯނުގެޚިދުމަތުގެ

15000ރ

2250ރ

20000ރ

3000ރ

30000ރ

4500ރ

50000ރ

7500ރ

100000ރ

15000ރ

ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާއިން ލުއިލޯނާއިގުޅިގެން އިތުރު ގޮތެއް ރައްޔިތުންނަށް ނާންގާހާ ހިނދަކު މިލޯނަށް އެދުމުގެ ފުރުޞަތު ވާނީ އަބަދުވެސް ހުޅުވާލެވިފައެވެ. މިގޮތުން ލޯނަށް އެދޭފޯމް ބަލައިގަތުމަށްފަހު ކައުންސިލްގެ އިދާރާއިން ލޯނަށް އެދެނުފަރާތަށް ލޯނުދޫކުރާތަރުތީބު ކިއު ތަރުތީބު ނަންބަރެއް ދޫކުރެވޭނެއެވެ. ކުރިޔަށް ލޯނު ލިބޭނެ ފާރާތްތަކުގެ ނަންތައް ކޮންމެމަހަކު ކައުންސިލްގެ އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. އެހެންނަމަވެސް ރަށުގެ ރައްޔިތަކަށް ކުއްލިގޮތަކަށް ދިމާވާ ހާދިސާއެއް ނުވަތަ ކަމެއްގައި ހުށަހަޅާ ލިޔެކިޔުންތަށް ލޯނު ކޯޑިނޭޓިންގ ކޮމިޓީން ބެލުމަށްފަހުއެފަރާތެއްގެ ބެލެނިވެރިފަރާތަކަށް،މިއުޞޫލުގެ ތެރެއިން ދޫކުރެވޭ ފައިސާގެ ލޯނެއްކިއުއަކައިނުލައި ދޫކުރެވިދާނެއެވެ.

 

5- ޚިދުމަތުގެއަގު

ލޯނުގެ ގޮތުގައި ދޫކުރެވޭ ޖުމްލައަދަދުން ޚިދުމަތުގެ އަގުގެ ގޮތުގައި ނެގޭނެއެވެ. މި ޚިދުމަތުގެ އަގަކީ އިތުރުކުރުމަކާއި ނުލައި ލޯނުގެ ގޮތުގައި ނެގި އަދަދުގެ އެވެ.

6- އެއްބަސްވުންއެކުލަވާލުން

މިއުޞޫލުގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކޮންމެފަރާތަކާއިއެކުވެސް ހައްދުންމަތީ ކަލައިދޫކައުންސިލުން ވަކިއެއްބަސްވުމެއް އެކުލަވާލައި އެއްބަސްވުމުގައި ލޯނުދޫކުރާފަރާތާއި، ލޯނުލިބުނުފަރާތާއި އަދި ގެރެންޓާރ ދެހެކީންގެ ހާޒިރުގައި ސޮއިކުރަންވާނެއެވެ.

7- ލޯނަށްއެދިހުށަހެޅުމާއި،ލޯނުލިބޭނެފަރާތް ކަނޑައެޅުން

7.1  ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާއިން ލުއިލޯނާއިގުޅިގެން އިތުރު ގޮތެއް ރައްޔިތުންނަށް ނާންގާހާ ހިނދަކު މިލޯނަށް އެދުމުގެ ފުރުޞަތު ވާނީ އަބަދުވެސް ހުޅުވާލެވިފައެވެ.

7.2  ލޯނަށް އެދޭ ފޯމް ބަލައިގަނެވޭނީ ފޯމްގައިވާ ޗެކްލިސްޓްގައިވާ ލިޔުންތަށް ހަމަކުރުމަށް ފަހުގައެވެ.

7.3  ލޯނަށް އެދޭފޯމް ބަލައިގަތުމަށްފަހު ކައުންސިލްގެ އިދާރާއިން ލޯނަށް އެދުނުފަރާތަށް ލޯނުދޫކުރާ ތަރުތީބު "ކިއު ތަރުތީބު ނަންބަރެއް" ދޫކުރެވޭނެއެވެ. އަދި ފޯމްހުށަހެޅި ފަރާތަށް ފޯމް ބަލައިގަތް ކަމުގެ ލިޔުމެއް ދެވޭނެއެވެ.

7.4  ކުރިޔަށް ލޯނު ލިބޭނެ ފާރާތްތަކުގެ ނަންތައް ކޮންމެމަހަކު ކައުންސިލްގެ އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ.

7.5   ރަށުގެ ރައްޔިތަކަށް ކުއްލިގޮތަކަށް ދިމާވާ ހާދިސާއެއް ނުވަތަ ކަމެއް (ޞިއްޙީ ގޮތުން ދިމާވާ ހާދިޘާ) ގައި ހުށަހަޅާ ލިޔެކިޔުންތަށް ލުއި ލޯނު ކޯޑިނޭޓިންގ ކޮމިޓީން ބެލުމަށްފަހު އެފަރާތެއްގެ ބެލެނިވެރިފަރާތަކަށް، މިއުޞޫލުގެ ތެރެއިން ދޫކުރެވޭ ފައިސާގެ ލޯނެއް ކިއުއަކައިނުލައި ދޫކުރެވިދާނެއެވެ.

7.6    ލޯނު ކޯރޑިނޭޝަން ކޮމެޓީއިން ފޯމް އިވެލުއޭޓް ކުރުމުގެ ކުރިން ލޯނަށް އެދޭ ފަރާތުން ލޯނު ފޯމަށް އިސްލާޙެއް ގެންނަންބޭނުންވާނަމަ އެ ފުރުސަތު ދެވޭނެއެވެ. ނަމަވެސް އެ ފުރުސަތު ދެވޭނީ ގިނަވެގެން 02 ފަހަރަށެވެ. އެގޮތުން ފޯމަށް އިސްލާޙް ގެނެވޭނީ :

7.6.1        ގެރެންޓާރ ގެ މަޢުލޫމާތު ބަދަލުކުރުން

 

7.7   ލޯނަށް އެދޭ ފަރާތުގެ ރަށުގައި ހުރި ފިހާރަތަކާއި ހޮޓާތަކުގެ ދަރަނި ކޯޑިނޭޓިންގ ކޮމިޓީއިން އިވެލުއޭޝަން މަރުހަލާގައި ބަލަންވާނެއެވެ. އަދި -/5000ރ އަށްވުރެ ބޮޑު ދަރަންޏެއް އޮތް ފަރާތެއް ކަމުގައިވާނަމަ އެފަރާތުގެ ފޯމް ކެންސަލް ކުރެވޭނެއެވެ. ނަމަވެސް މަހުން މަހަށް ދަރަނި ދައްކާފަރާތެއް ކަމުގައި ވާނަމަ އެފަރާތަށް ލޯނު ލިބުމުގެ ފުރުސަތު ދެވޭނެއެވެ.

7.8     މި ލޯނު ސްކީމުގައި ދެމަފިރިންނަށް އެއްފަހަރާ ބައިވެރި ނުވެވޭނެއެވެ.

7.9  މި ސްކީމްގެ ދަށުން ލޯނުދައްކާ ހަލާސްކޮއްފައިނުވާ ފަރާތެއްނަމަ  ގެރެންޓާގެ ގޮތުގައި ނުހިމެނޭނެއެވެ.

7.10       ގެރެންޓަރ އެއްގެގޮތުގައި އެއް ފޯމަށްވުރެގިނަ ފޯމްގައި އެކަކު ސޮއިކޮށްފައިވާ ފޯމްތައް ބަލައިނުގަނެވޭނެއެވެ.

7.11    ލޯނަށް އެދިހުށަހެޅުމުން އެފަރާތަކަށް ލޯނުލިބޭނެކަން ކަނޑައަޅާނީ ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ ލުއިލޯނުކޯޑިނޭޓިންގ ކޮމެޓީއިންނެވެ.

7.12    -/50000ރ އާއި -/100000ރ ގެ ލޯނަށް އެދޭ ފަރާތްތަކުގެ އަމިއްލަ ބޭންކު އެކައުންޓް އޮންނަންވާނެއެވެ.

7.13    -/50000ރ އާއި-/100000ރ ގެ ލޯނު ލިބޭ ފަރާތްތަކުން އެގްރީމަންޓް ކުރާއިރު ލޯނު ދައްކާ ޙަލާސްކުރާ މުއްދަތަށްވާވަރަށް ލ.ކަލައިދޫ ކައުންސިލަށްއެފަރާތުން ޗެކު ނެގޭނެއެވެ.(ކައުންސިލަށް ނެގޭނީ އެމަހަކަށް ދައްކަންޖެހޭ އަދަދު ލިޔެ ސޮއިކޮއްފައިވާ ޗެކް ކަމުގައިވާންނާނެއެވެ. )

7.14    މި ސުކީމްގައި ބައިވެރިވެފައިވާ ފަރާތަކުގެ ތެރެއިން ބަރާބަރަށް ލޯނު ދައްކާ ހަލާސް ކޮއްފައިވާ ފަރާތްތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.  

7.15    ލޯނުހަމަޖެހޭފަރާތްތަކަށްއެކަންލިޔުމުންއަންގަންވާނެއެވެ.

7.16     ލޯނު ދައްކާ ޙަލާސް ކުރުމުން ފަރާތްތަކަށް އެކަން ލިޔުމުން އެންގޭނެއެވެ.

7.17       ފޯމުގެނަމޫނާއެއްޖަދުވަލް 1 ގައިއެވަނީއެވެ.

 

8- ލޯނު އަނބުރާ ދެއްކުން

މިއުޞޫލުގެ ދަށުން ލޯނުދޫކުރުމަށް ހަމަޖެހިފައިވާ -/15000ރ އާއި -/50000ރ ދެމެދުގެ ލޯނު، ލޯނުދޫކުރެ ވޭތާރީޚުން ފެށިގެން މީލާދީ 2 އަހަރު(24 މަސް) ދުވަހުގެ މުއްދަތަށް ވުރެދިގުނޫން މުއްދަތެއްގެތެރޭގައި މުޅިލޯން ޚިދުމަތުގެއަގުގެ15%އަށްވާ ފައިސާއާއި އެކުއަނބުރާ ހައްދުންމަތީ ކަލައިދޫ ކައުންސިލަށް ދައްކާ ޚަލާސްކުރަންވާނެއެވެ. އަދި -/100000ރ ގެ ލޯނު ، ލޯނުދޫކުރެވޭތާރީޚުން ފެށިގެން މީލާދީ 3 އަހަރު(36 މަސް) ދުވަހުގެ މުއްދަތަށް ވުރެދިގުނޫން މުއްދަތެއްގެ ތެރޭގައި މުޅިލޯން ޚިދުމަތުގެ އަގުގެއަށްވާ ފައިސާއާއިއެކު އަނބުރާ ހައްދުންމަތީ ކަލައިދޫ ކައުންސިލަށް ދައްކާ ޚަލާސް ކުރަންވާނެއެވެ. މިދެންނެވި ގޮތަށް ލޯނު ދައްކާއިރު ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ހައްދުންމަތީ ކަލައިދޫ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ލޯނުދައްކަންވާނެއެވެ. ލޯނު ދައްކަންޖެހޭ މުއްދަތުގައި ދައްކާ ޚަލާޞް ނުކުރެވިއްޖެނަމަ، ލޯނު ދައްކާފަރާތާއި ގެރެންޓާއަށް ލޯނުސްކީމުގައި ބައިވެރިވެވޭނީ މީލާދީ 5 (އަހަރު) ފަހުންނެވެ. ނަމަވެސް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަކުންފުނިތަކުގައި މަސައްކަތްކުރާފަރާތްތަކުގެ ލޯނުދެއްކުމުގެ އެންމެހާކަންތައްތަކަށް ޖާމިނުވާނީ އެ މުއައްސަސާއަކާއި ހައްދުންމަތީކަލައިދޫ ކައުންސިލާއި ދެމެދު ވެވޭއެއްބަސްވުމެއްގެ ދަށުން އެ މުއައްސަސާއަކުންނެވެ. މުއައްސަސާއިން އެއްބަސް ނުވެއްޖެ ޙާލަތެއްގައި ލޯނު ދައްކަންޖެހޭނީ ލޯނު ނެގިފަރާތުންނެވެ.

9- ޖޫރުމަނާ

ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ފަހުން ލޯނުގެ ފައިސާ ބަލައިގަނެވޭނީ އެމަހެއްގައި ދައްކަންޖެހޭ ފައިސާގެ7% ގެ ޖޫރުމަނާއަކާއި އެކުގައެވެ.

10- ލޯނު ނަގާ ފަރާތުން ލޯނު ދެއްކުމަށް އުޒުރުވެރިވުން ނުވަތަ ލޯނު ނުދެއްކުން

 

ޖެހިޖެހިގެން މީލާދީ ދެމަސް ދުވަހު ލޯނުނުދައްކާ ހިނގައްޖެނަމަ އިތުރަށް 14 ދުވަހުގެ މުހުލަތެއް ލޯނުގެ ފައިސާ ގަވާއިދުން ދެއްކުމަށްދެވޭނެއެވެ.  މިދެވޭ  14 ދުވަހުގެ މުހުލަތު ދެވުނުކަން ލޯނު ނެގިފަރާތަށް ލިޔުމުން އެކަން އެންގޭނެއެވެ. ލޯނުނަގާފައިވާ ފަރާތަކުން ލޯނު އެ 14 ދުވަހުގެ މުއްދަތުގައި ނުދައްކައިފިނަމަ އެލޯނެއް ދެއްކުމަށް އެންގޭނީ އެ ލޯނަކަށް ގެރެންޓީދީފައިވާ ފަރާތަކަށެވެ. މިގޮތުން ލޯނުގެ ގެރެންޓީ ދީފައިވާ ފަރާތަށް ލޯނުދެއްކުމަށް 14 ދުވަސް ދެވޭނެއެވެ. މިދެވޭ 14 ދުވަހުގެ މުހުލަތުގެ ގައިލޯނު ނުދައްކައިފިނަމަ ލޯނު ހޯދުމަށް މައްސަލަ ކޯޓަށްހުށަހެޅޭނެއެވެ. ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު ދެން ލޯނުގެ ފައިސާ ހޯދާނީ ޝަރުއީ މަރުހަލާގައި ކޯޓުން ކަނޑައަޅާގޮތެއްގެ މަތިންނެވެ.

12- މޮނިޓަރކުރުމާއި އޯޑިޓްކުރުން

12.1 މުޅި ޕްރޮގްރާމްގެ ކަންކަން ހުރިނެތްގޮތް ބަލައި ދިރާސާކުރުމުގެ ގޮތުން ކޯޑިނޭޓިންގ ކޮމިޓީގެ ފަރާތުން ކޮންމެ ހަ މަހަކުން އިންޓަރނަލް ކޮންޕްލައިންސް އޮޑިޓެއްހަދައި، ރިޕޯޓެއް އެކުލަވައިލުމަށްފަހު ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި މި ރިޕޯޓް ކައުންސިލުން ފާސްކުރުމަށްފަހު ޝާއިޢުކުރެވޭނެއެވެ.

12.2 މުޅި ޕްރޮގުރާމުގެ ކަންކަން ހުރިނެތްގޮތްބަލައި ދިރާސާކުރުމުގެ ގޮތުން ކޯރޑިނޭޓިންގ ކޮމިޓީގެ ފަރާތުން އަހަރަކު އެއްފަހަރު މިޕްރޮގުރާމްގެ ސާފު އޮޑިޓެއް ހަދަން ވާނެއެވެ. މިރިޕޯޓް ހަދަންވާނީ ކޯޑިނޭޓިންގ ކޮމިޓީން ކަނޑައަޅާ ޕެނަލް މެދުވެރިކޮށެވެ. އަދި މި ރިޕޯޓް ކައުންސިލުން ފާސްކުރުމަށްފަހު ޝާއިޢުކުރެވޭނެއެވެ.

13-ފިޔަވަޅުއެޅުން

13.1 އިންޓަރނަލް ކޮމްޕްލައިންސް އޮޑިޓްގެ ތެރެއިން ނުވަތަ އަހަރީ އޮޑިޓްގެ ތެރެއިން ކަމެއް އިސްލާޙުކޮށް ރަނގަޅު ކުރަންޖެހޭ ކަމަށް ކޮމިޓީއަށް ފާހަގަކުރެވިއްޖެނަމަ އެކަމާއި ގުޅިގެން ލިބިފައިވާ މަޝްވަރާއާއި އެއްގޮތްވާ ގޮތުގެ މަތީން އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް ލ. ކަލައިދޫ ކައުންސިލުން އަޅަންޖެހޭނެއެވެ.

13.2 ޕްރޮގްރާމްގެ ކަމަކާއި ގުޅިގެން މިޤަވައިދުގައި ނުވަތަ ލޯނުގެ އެއްބަސްވުމުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރަން ފުރަތަމަ މަސައްކަތްކުރާނީ މަޝްވަރާކޮށް ވާހަކަ ދައްކައިގެންނެވެ. އަދި މިގޮތުން ހައްލެއް ނުފެނިއްޖެ ހާލަތުގައި މައްސަލަ ނިންމާނީ ޝަރީއަތުންނެވެ. ޝަރުއީގޮތުން ހުކުމެއް ކުރެވިއްޖެނަމަ ޝާމިލުވާ ހުރިހާ ފަރާތްތަކުންވެސް ޝަރުއީހުކުމަށް ބޯލަބައި އެއަށް އަމަލުކުރަން ލާޒިމުވާނެއެވެ.

14- މި އުޞޫލުގައި ވަކިގޮތެއް ކަނޑައެޅިފައިނުވާ ކަންކަން ނިންމާނީ ކޯޑިނޭޓިންގ ކޮމިޓީންނެވެ. ކޯޑިނޭޓިންގ ކޮމިޓީން ނުނިންމޭވަރުގެ މައްސަލަތައް ނިންމާނީ ލ. ކަލައިދޫ ކައުންސިލުންނެވެ.

27 އޮގަސްޓް 2020

 

 

 

ޖަދުވަލު 1

`

 

ހައްދުންމަތީ ކަލައިދޫ ކައުންސިލްއިދާރާ

ލ. ކަލައިދޫ ،ދިވެހިރާއްޖެ.

ޓްރަސްޓް ފަންޑުން ކަލައިދޫގެ ރައްޔިތުންނަށް ދޫކުރާ ލުއިލޯނަށް އެދޭފޯމް

 

ލޯނަށް އެދޭފަރާތުގެ މަޢުލޫމާތު:

ނަން:

 

މިހާރު ދިރިއުޅޭ އެޑްރެސް:

 

އަތޮޅާއި ރަށް:

 

ދާއިމީއެޑްރެސް:

 

އަތޮޅާއި ރަށް:

 

މަހެއްގެ މައްޗަށް ލިބޭ އާމްދަނީ/ މުސާރަ:

 

އައި.ޑީކާޑް ނަންބަރު:

 

ކުރާމަސައްކަތް / އަދާކުރާވަޒީފާ:

 

އުފަން ތާރީޚް:

 

އީ. މެއިލްއެޑްރެސް:

 

މޮބައިލް ނަންބަރ:

 

 

ލޯނުގެ މަޢުލޫމާތު:

ލޯނުގެ ގޮތުގައި އެދޭ އަދަދު:

...........................

ލޯނުގެ ބޭނުން:

...........................

ލޯނަށް އެދޭ ހައިސިއްޔަތު:

ވަޒީފާއަދާކުރާފަރާތެއް

 

ވިޔަފާރިވެރިއެއް

 

އަމިއްލަފަރުދެއް

 

               

 

ލޯނަށް އެދޭފަރާތުގެ އިޤްރާރު

         

މަތީގައި އަޅުގަނޑު ދީފައިވާ މަޢުލޫމާތަކީ ޞައްޙަ ތެދުމަޢުލޫމާތެވެ. އަޅުގަނޑަށް ލޯނު ހަމަޖެހިއްޖެނަމަ، ލޯނުގެފައިސާ ------- މަސް ދުވަހުން އަނބުރާ ހައްދުންމަތީ ކަލައިދޫކައުންސިލް އިދާރާއަށް ދެއްކުމަށް އަޅުގަނޑު އެއްބަސްވަމެވެ. އަދި ލ.ކަލައިދޫގައި ރަޖިސްޓްރީ ކޮއްގެން ހިންގާ ހޮޓާ/ރެސްޓޯރެންޓް/ އަދި ވިޔަފާރިތަކުގައި ވޭތުވެދިޔަ 6 މަސްދުވަހުގެ  ދަރަނީގެ ރެކޯޑް ބެލުމަށް އަޅުގަނޑުގެ އިއުތިރާޒެއްނެތެވެ.  (ލޯނު އަނބުރާ ދައްކާނެ މުއްދަތުގެ ގޮތުގައި ޖަހަންވާނީ06 މަހާއި 24 މަހާއި ދެމެދުގެ މުއްދަތެކެވެ.)

 

ސޮއި:.....................       ނަން:............................................ތާރީޙް:.........................

 

 

ގެރެންޓަރގެ މަޢުލޫމާތު:

 

ފުރިހަމަ ނަން:

 

 

މިހާރުދިރިއުޅޭ އެޑްރެސް:

 

އަތޮޅާއިރަށް:

 

 

ދާއިމީ އެޑްރެސް:

 

އަތޮޅާއިރަށް:

 

 

މޮބައިލް ނަންބަރ:

 

އައި.ޑީކާޑް ނަންބަރު:

 

 

ކުރާ މަސައްކަތް / އަދާކުރާވަޒީފާ:

 

އުފަން ތާރީޚް:

 

 

ލޯނަށްއެދޭފަރާތާއިހުރިގާތްކަން:

 

ސޮއި:

 

 

 

ފޯމާއެކުހުށަހަޅަންޖެހޭތަކެތި

 

 

ÿ     ލޯނަށްއެދޭފަރާތުގެމުއްދަތުހަމަނުވާއައި.ޑީ.ކާޑްގެސާފްފޮޓޯކޮޕީ ނުވަތަ ފޮޓޯ ޖެހި ރަސްމީ ލިޔުމެއް.

ÿ     ލޯނަށްގެރެންޓީދޭފަރާތުގެމުއްދަތުހަމަނުވާއައި.ޑީ.ކާޑްގެސާފްފޮޓޯކޮޕީ ނުވަތަ ފޮޓޯ ޖެހި ރަސްމީ ލިޔުމެއް.

ÿ     ލޯނަށް އެދޭފަރާތުގެ ބޭންކް އެކައުންޓްގެ މަޢޫލޫމާތު .(ބޭންކް ސުޓޭޓްމަންޓް/ ފައިސާ ޖަމާކުރިކަމުގެ ސްލިޕް)

ÿ     ކައިވެނިކޮށްގެން އުޅޭފަރާތެއްނަމަ ކައިވެނީގެ ސެޓިފެކެޓްގެ އަސްލާއި ކޮޕީ

 

           

 

އިތުރުމަޢުލޫމާތު:

 

މި ފޯމާއިއެކު ކަލައިދޫކައުންސިލްގެޓްރަސްޓްފަންޑުންކަލައިދޫގެރައްޔިތުންނަށްލުއިލޯނުދޫކުރުމުގެ  އުސޫލް ހަވާލުކުރެވޭނެއެވެ.

 

 

ފޯމްބާޠިލްވާނެކަންކަން:

  • އިވެލުއޭޓް ކުރާ މަރުޙަލާގައި ސައްޙަ ނޫން މައުލޫމާތު ދީފައިވާކަން ކޯރޑިނޭޓިން ކޮމެޓީއަށް ސާބިތުވެއްޖެނަމަ.

ފޯމްބަލައިނުގަނެވޭނެކަންކަން:

  • ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައިނުވާ ފޯމްތައް.

 

 

30 އޮގަސްޓް 2020
ހޯދާ