މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ކަނޑު އުޅަނދުފަހަރަށް ފަޅުވެރިން ސައިން އޮން އަދި ސައިން އޮފް ކުރުމަށް އީ-ސަރވިސް ހިދުމަތް ފެށުން

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެންނާއި، އިމިގްރޭޝަން ސީޕޯޓްއިން އާއްމުންނަށް ދެމުންގެންދާ ޚިދުމަތްތައް ލުއިފަސޭހަވާނޭގޮތަށް ފޯރުކޮށްދިނުމަށް ސީޕޯރޓް ސެކްޝަންއަށް ހުށައަޅާ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ހުށައެޅޭގޮތަށް 01 ސެޕްޓެމްބަރ 2020 ފެށިގެން ވަނީ ހަމަޖެހިފައެވެ. ވީމާ، ކަނއުޅަދުފަހަރަށް ސައިން އޮން / ސައިން އޮފް ހިދުމަތް ލިބިގަތުމަށް IM40 ފޯމާއިއެކު ހުށައަޅަންޖެހޭ ވަގުތުގެ ތެރޭގައި ހުރިހާ ލިޔެކިޔުމެއް [email protected]  އަށް މެއިލް ކުރުމަށް ދެންނެވީމެވެ.

ޚިދުމަތްތަކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، މިއިދާރާގެ ފޯނު ނަންބަރު  9199157 (ސީޕޯޓް އިމިގްރޭޝަން ހޮޓްލައިން)،  އަށް ގުޅުއްވުމަށް ދެންނެވީމެވެ.

27 އޮގަސްޓް 2020
ހޯދާ