މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނެޝަނަލް ހެލްތު ލެބޯޓްރީގައި ކޮވިޑް-19 އަށް ޓެސްޓްކުރަން ހަމަޖެހިފައިވާތީ ލެބޯޓްރީގައި ކުރަންޖެހޭ ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން 

         ނެޝަނަލް ހެލްތު ލެބޯޓްރީގައި ކޮވިޑް-19 އަށް ޓެސްޓްކުރަން ހަމަޖެހިފައިވާތީ ލެބޯޓްރީގައި ކުރަންޖެހޭ ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 27 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 7 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 13 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހު ހެނދުނުު 09:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

07 މުޙައްރަމް 1442

26 އޮގަސްޓް 2020
ހޯދާ