ދިވެހިރާއްޖެ
ރަށުގެ އިޖުތިމާއީ ހަމަޖެހުން ހިފެހެއްޓުމަށާއި އިޤްތިސާދީ ފުއްދުންތެރިކަން ޤާއިމު ކުރުމަށާއި އާއްމު އިޖުތިމާއީ މައްސަލަތައް ކުޑަކުރުމަށް، ރަށުގެ ވެއްޓަކީ ބެލެހެއްޓެނިވި ތަނެއްގެ ގޮތުގައި ހެދުމަކީ މުހިއްމު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކަށްވާތީ، ރަށުގެ އާއްމު މަސްލަހަތާއި ގުޅުންހުރި މައްސަލަތަކަށް އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމަށް ތިރީގައި މި ދަންނަވާ ކަންކަމާއި ޚިލާފުވާ ފަރާތްތަށް، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" ގެ 143 ވަނަ މާއްދާގެ ދަށުން ކައުންސިލުން ކުރި އަމުރަކާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅާ ޖޫރިމަނާ ކުރުމަށް ކައުންސިލްގެ 03 ވަނަ ދައުރުގެ 112 ވަނަ އާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.
1. ލަފާ ފުރުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދު ހުސްކޮށް ބޭއްވުން
- ރަށުގެ ބަނދަރަށް ލަފާ ފުރާ އުޅަނދުތަކަށް ޚާއްސަ ކުރެވިފައިވާ ސިޑިކައިރި ހުސްކޮށްބޭއްވުމާއި، ކަނޑިންމަ ހުރަސްވާގޮތަށް އުޅަނދުތަކުގެ ވާ ނޭޅުން.
- އަދި އުޅަނދު ތަކަށް ޚާއްސަ ކުރެވިފައިވާ ސަރަޙައްދުތަކުގައި އުޅަނދުފަހަރު އަޅާފައި ބޭއްވުން އަދި ވަކި ކަންކަމަށް ޚާއްސަ ކުރެވިފައިވާ ސަރަޙައްދު އެބޭނުމަށް ނޫނީ ބޭނުން ނުކުރުން. (ސަރަހައްދު ކަނޑައަޅައި ވަކިކުރެވޭނީ ބަނދަރުގެ މަސައްކަތް ނިމުމުންނެވެ.)
- މި އެންގުމާއި ޚިލާފުވާ ނަމަ ކައުންސިލްގެ އަމުރާ ޚިލާފުވެއްޖެކަމަށް ބަލާ ޖޫރިމަނާ ކުރުން.
- ރަށުގެ ބަނދަރަށް މުދާ ބޭލުން.
ރަށުގެ ބަނދަރު މައްޗަށް ބާލާ މުދާ ގިނަދުވަސްވަންދެން ނުބެހެއްޓުން
- ރަށުގެ ބަނދަރަށް ބަލާ މުދާ، ގިނަވެގެން 48 ގަޑިއިރު ތެރޭ ނަގާ ހުސްކުރުން
- ވަގުތުން ގެންދިއުމަށް ދަތިވާ ބާވާތްތަކުގެ މުދާ ބެހެއްޓުމުގެ ކުރިން އެކަމުގެ ހުއްދަ އަށްއެދުން
- ދެވިފައިވާ މުއްދަތަށް ވުރެ އިތުރުވާ ކޮންމެ ދުވަހަކަށް 500 ރުފިޔާ އިން ޖޫރިމަނާ ކުރުން
- ހިލަ ހިލަވެލި ފަދަތަކެތި ބަނދަރުގައި ބެހެއްޓުމުގެ ކުރިން، ސަތަރި އެޅުމަށާއި، މުދާ ހުސްވުމުން އެ ސަރަހައްދަށް އެޅިފައިވާ ކުނި ނަގާ ސާފުކުރުން.
- މި އެންގުމާއި ޚިލާފުވާ ނަމަ ކައުންސިލްގެ އަމުރާ ޚިލާފުވެއްޖެކަމަށް ބަލާ ޖޫރިމަނާ ކުރުން.
3. ކުނި އުކުމާއި ކުނި އެޅުން
ކުނި އުކުމަށް ޚާއްސަ ކުރެވިފައިވާ ސަރަޙައްދަށް، ކުނިއުކުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައްފިޔަވާ އެހެން ތަންތަނަށް ކުނި ނޭޅުން.
- ޤަވާއިދާ ޚިލާފަށް ކުނިއުކަމުންދާ ފަރާތްތަށް މޮނިޓަރކުރުމަށް އެފަދަ ފަރާތްތަށް ދެނެގަތުމަށްޓަކައި ވެށިފާރަވެރިންގެ ގޮތުގައި ހަރަކާތްތެރިވާނެ ބަޔަކު ހަރަކާތްތެރިވާނެއެވެ.
- ގައު ކުނޑި އަދި ވެޓްވޭސްޓް ފަދަ ތަކެތި އުކަން އުކުމަށް ކަނޑައެޅިފައިވާ ސަރަޙައްދަށްނޫނީ ނުއުކުން
- ކުނިގޮނޑަށް ކުނިއުކުމަށް ހަމަޖެހިފައިވާ ގަޑިތަށް ފިޔަވާ (ހުކުރު ފިޔަވަފައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 11:00 އަށް، އަދި 14:00 އިން 18:00 އަށް) އެހެން ގަޑިތަކުގައި ކުނިއުކުން.
- ޑަސްބިން ކުނި އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދަށް (ރަށުގެ ކުޅިމަގާއި ނޫރާނީ މަގާއި ދެމެދު ހުޅަނގުފަރާތު ގޮނޑުދޮށަށް) ޑަސްބިން ކުނި އެޅުން
- ކުނީގެ ބާވަތްތަށް ވަކިކޮށްގެން ނޫނީ ކުނި ނޫކުން.
- މި އެންގުމާއި ޚިލާފުވާ ނަމަ ކައުންސިލްގެ އަމުރާ ޚިލާފުވެއްޖެކަމަށް ބަލާ ޖޫރިމަނާ ކުރުން
- ވެލިނެގުން
ރަށުގެ އެއްވެސް ސަރަޙައްދަކުން ވެލި ނުނެގުން
- ރަށުގެ ގޮނޑުދޮށުން ވެލި ނެގުމާއި، ވަލުތެރޭން ކަޅުވެލި ނެގުމަކީ އާއްމުކޮށް މަނާކުރެވިފައިވާ ކަމަކަށްވާތީ އެކަން ނުކުރުމަށް.
- ކުނިގޮނޑުން ނުވަތަ ކައުންސިލުން ކަނޑައަޅާ ސަރަހައްދެއްގައި ހުންނަ ވެލި ހޯދުމަށް ހުއްދައަށް އެދުން
- މިއެންގުމާއި ޚިލާފުވާ ނަމަ ކައުންސިލްގެ އަމުރާ ޚިލާފުވެއްޖެކަމަށް ބަލާ ޖޫރިމަނާ ކުރުން
5. ގޯތި ގެދޮރު އިމާރާތް ކުރުމާއި މަރާމާތު ކުރުން
ކުރިން ހުއްދަ ހޯދުމަކާނުލާ ގޯތި ގެދޮރު އިމާރާތް ކުރުމާއި މަގުތަށް ބޭނުންކޮށްގެން މަރާމާތު ކުރުންފަދަ މަސައްކަތް ކުރުމަކީ މާނާކަމެކެވެ.
- އިމާރާތް ކުރުމުގެ މަސައްކަތް ފަދަ ކަންތައް ކކުރުމުގެ ކުރިން ކައުންސިލްގެ ހުއްދަ ހޯދުން
- އާއްމުންގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުން
- މަގު ބަންދު ކޮށްގެން ކުރަންޖެހޭ މަސައްކަތްތަށް ކުރާނަމަ ހުއްދަ ހޯދުން
- ކުނިބުނި އަދި ސިމެންތި ފެންފަދަ ތަކެތި މަގަށް ނޭޅުން
- މަގުފާރު ރާނާނަމަ ކައުންސިލްގެ މުވައްޒަފެއްގެ ހާޒިރުގައި ނޫނީ ރާނަން ނުފެށުން
- މި އެންގުމާއި ޚިލާފުވާ ނަމަ ކައުންސިލްގެ އަމުރާ ޚިލާފުވެއްޖެކަމަށް ބަލާ ޖޫރިމަނާ ކުރުން
6. މަގުކޮނުމާއި ބޭނުންކުރުން
ރަށުގެ މަގުކޮނުމާއި މަގުމަތި ބޭނުކުރަން ޖެހޭ ހާލަތްތަކުގައި ހުއްދަ ހޯދައިގެން މަސައްކަތްކުރުން
- ކަރަންޓް، ފެން، ކޭބަލް އަދި ނަރުދާމާލުން ފަދަ ބޭނުންތަކަށް މަގު ކޮންނަންވާނީ ކައުންސިލްގެ ހުއްދަ ލިޔުމުން ހޯދައިގެން. (1 ދުވަސްކުރިން ހުއްދައަށް އެދެންވާނެ)
- ޕާޓީތައް ބޭއްވުމާއި އެއްވުންތަކައި ޖަލްސާތައް ކައުންސިލްގެ ހުއްދަ ލިޔުމުން ލިބިގެން ނޫނީ ނުބޭއްވުން (2 ދުވަސް ކުރިން ހުއްދައަށް އެދެންވާނެ)
- މަގުމަތީގައި ޖޯލިފަތި، ލަކުޑި، ގައު ފަދަތަކެތި ނުބެހެއްޓުން
- މަގުމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައްވެސް މަގުގައި ދުއްވާ އަދި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތި ނުވާނެހެން ބެހެއްޓުން
- މި އެންގުމާއި ޚިލާފުވާ ނަމަ ކައުންސިލްގެ އަމުރާ ޚިލާފުވެއްޖެކަމަށް ބަލާ ޖޫރިމަނާ ކުރުން
- ބިން ބޭނުންކުރުން
ރަށުގެ އެއްވެސް ސަރަޙައްދެއްގައި އަމިއްލަ ބޭނުންތަކަށް ބިންބޭނުންކުރުމާއި ހުއްދަ ނުހޯދާ ވިޔަފާރިކުރުން ފަދަ ކަންކަން ހިންގުމަކީ މަނާކަމެކެވެ.
- ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިން ބޭރުގައި ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ބިމުގެ އިމުން ބޭރުގައި ނުވަތަ މަގުމަތީގައި ތަކެތި ނުބެހެއްޓުން، (މިގޮތަށް ބަހައްތާފައިހުންނަ ތަކެތި ކައުންސިލުން ނަގައި އެތަކެތި ނައްތާލެވޭނެއެވެ.)
- ލޮނުމަސް އެޅުމާއި މަސްކައްކާ ހިއްކުންފަދަ މަސައްކަތް ކުރުމަށާއި ވިޔަފާރީގެ އެއްވެސް ބޭނުމަކަށް ރަށުގެ އެއްވެސް ސަރަޙައްދެއްގައި، ހުއްދަ ނުހޯދައި ތަކެތި ނުބެހެއްޓުން
- ލޮނުމަސް އެޅުމާއި މަސްކައްކާ ހިއްކުން އަދި ގައު އެޅުންފަދަ ކަންކަމަށް ބިން ކުއްޔަށް ހިފުމަށް ނަގަންޖެހޭ ހުއްދަތައް ނެގުން. (ބިންތަކަށް އެދެވޭނީ ކައުންސިލުން ބިންކުއްޔައް ދިނުމަށް އިޢުލާނުކުރުމުންނެވެ.)
- މި އެންގުމާއި ޚިލާފުވާ ނަމަ ކައުންސިލްގެ އަމުރާ ޚިލާފުވެއްޖެކަމަށް ބަލާ ޖޫރިމަނާ ކުރުން
8. ބިދޭސީން
ކައުންސިލުގެ ހުއްދަ ލިބިގެން ނޫނީ ރަށަށް ބިދޭސީން އެތެރެނުކުރުން
- ރަށަށް ބިދޭސީއަކު ގެންނަނަމަ އެފަރާތް ބަހައްޓާ ގެއާއި އެފަރާތާއި ޙަވާލުވާ ފަރާތާއި އަންނަ ފަރާތުގެ ސައްޚަ ޑޮކިއުމެންޓް ކައުންސިލަށް ހުށަހަޅާ ހުއްދަ ހޯދުން.
- ކައުންސިލްގެ ހުއްދަނެތި ޤަވާއިދާ ހިލާފަށް ބިދޭސީން ގެންނަ އުޅަނދުފަހަރުގެ ވެރިފަރާތް އަދި ކެޕްޓަން މި އުސޫލުގެ ދަށުން ޖޫރިމަނާކުރުން.
- ބިދޭސީން ރަށުގައި އުޅުމުގެ ހުއްދަ ދެވިފައިވާކަން އަންގާދޭ ކާޑު އެފަދަ ފަރާތްތަކަށް ދޫކުރެވޭނެއެވެ. މިކާޑަކީ ކޮންމެ 6މަހަކުން އެކްސްޕަޔަރވަރ ޑޮކިއުމެންޓެކެވެ. ކާޑު ހެއްދުމަށް 150 ރުފިޔާގެ ފީއެއް ނެގޭނެއެވެ.
- ފަޅުގޯތިތައް ސާފުކޮށް ބެލެހެއްޓުން
ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތައް ސާފުކޮށް ބަލަހައްޓަމުން ގެންދިއުން
- ރަށުގެ އެކި ސަރަޙައްދު ތަކުން ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަށް ސާފުކޮށް ބޭއްވުން
- ވާށާފާރު ރާނާފާ ހުންނަ ގޯތިތަކުގެ ވެރިންވެސް، ގޯތިތެރެ ސާފުކޮށް ބެލެހެއްޓުން
- ސާފުކުރުމަށް އެންގުމުން ސާފުނުކޮށްފިނަމަ، ކައުންސިލުން ކޮށްފައިވާ އަމުރާ ޚިލާފުވެއްޖެކަމަށް ކަނޑައަޅާ ޖޫރިމަނާ ކުރުން
10. ވިޔާފާރީގެ ބޭނުމަށް އަންނަ ރަށުން ބޭރު އުޅަނދުތަކުން ފީނެގުން
ބަނދަރަށް މުދާ ބޭލުމަށާއި، ވިޔަފާރީގެ އެކިއެކި ބޭނުންތަކަށް ރަށަށް އަންނަ އުޅަނދުތަކުން ފީނެގުން
- ރަށުގައި ދުއްވާ އުޅަނދުތައް ފިޔަވައި، އެހެން އުޅަނދުތަކުން ބަނދަރުގައި އޮވެގެން ވިޔަފާރި ކުރާނަމަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ ފީއެއް ނެގުން
- ދޯނި އަންނަ ވަގުތަކީ ރަސްމީ ވަގުތަކަށް ނުވާނަމަ އެ ދޯނިން އެކުރާ ވިޔަފާރިއާއި ގުޅުން ހުރި ފަރާތް މެދުވެރިކޮށް ކައުންސިލަށް ފީ ދެއްކުމަށް އެންގުން
- ފީ ނުދައްކާނަމަ ކައުންސިލްގެ އަމުރާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅާ ޖޫރިމަނާ ކުރުން
11. ޖޫރިމަނާކުރުން
ދިވެހިރާއްޖޭގެ އިދާރި ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 143 ވަނަ މާއްދާގެ ދަށުން، ކައުންސިލުން ކޮށްފައިވާ އަމުރަކާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅާ، ކައުންސިލުން އިޢުލާންކޮށް މަނާކުރަމުންދާ ކަންކަމާއި ޚިލާފަށް ޢަމަލު ކުރަމުންދާ ފަރާތްތަށް ޖޫރިމަނާ ކުރެވޭނެއެވެ.
މި އުސޫލުގެ ދަށުން ކޮށްފައިވާ ޢަމުރުތަކައި ޚިލާފުވާނަމަ
- ފުރތަމަ ފަހަރަށް 1000 ރުފިޔާއިން ޖޫރިމަނާކުރުން
- ދެވަނަ ފަހަރަށް 2500 ރުފިޔާއިން ޖޫރިމަނާކުރުން
- ތިންވަނަ ފަހަރަށް ނުވަތަ އިތުރުވާ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރުން
މި ދެންނެވި ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ އެއްމެހާ އަމުރުތަކާއި އަންގަންޖެހޭ އެންގުތަށް މިކައުންސިލްގެ އިދާރާއިން އަންގަމުން ގެންދާނެއެވެ. މި އަމުރުތަކާއި ޚިލާފުވާފަރާތްތަކަށް ކުރެވޭ ޖޫރިމަނާ ނުދައްކާނަމަ ކޯޓަށް ހުށަހަޅާގެން، އެފައިސާ ހޯދުމާއި، އަދި އިދާރީ ގޮތުން ދޭންޖެހޭ ޚިދުމަތްތަތަށް އެފަރާތްތަކަށް ނުދީ ހިފެހެއްޓުމާއި، މަގުމަތީ ނުވަތަ ބަނދަރުމަތީ މި އުސޫލާއި ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް އަންގާ ނޯޓިސް ހަރުކުރުން ނުވަތަ އިސްޓިކާ ޖެހުން ފަދަ ކަންކަން ކުރެވޭނެއެވެ. މި އުސޫލަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 01 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުން ފެށިގެންނެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.