| 
 މަޤާމް: 
 | 
 ސަޕޯޓް ސަރވިސް އޮފިސަރ 3 
 | 
| 
 ރޭންކް: 
 | 
 CS-SS3 
 | 
| 
 ކްލެސިފިކޭޝަން: 
 | 
 ސަޕޯޓް ސަރވިސް 
 | 
| 
 މުސާރަ: 
 | 
 މަހަކު4,633/- ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް: 
 | 
 މަހަކު 3500/-  ރުފިޔާ 
 | 
| 
 ނޮން ޕްރެކްޓިސް އެލަވަންސް:  
 | 
 މަހަކު 2,084/94  ރުފިޔާ 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން: 
 | 
 ހެޑް އޮފީސް 
 | 
| 
 މަޤާމުގެ ޤިންތި:  
 | 
 ކޮންޓްރެކްޓް އުސޫލުން 
 | 
| 
 ފެންވަރު ނުވަތަ ޝަރުތު:                             
 | 
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއިޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
 
- ދިވެހިބަހުން ލިޔަން ކިޔަން އެނގޭ މީހެއް ކަމުގައި ވުން.
 
- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން ، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާ ތަކެތި ބޭނުން ކުރުން، ނުވަތަ މަސްތުވާ ތަކެތި ވިޔަފާރި ކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
 
- އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ނުވުން.
 
- މީލާދީ ގޮތުން 18 އަހަރު ފުރި 45 އަހަރު ނުވާ މީހެއް ކަމުގައި ވުން.
 
 
 | 
| 
   
މަޤާމުގެ މަސްޢޫލިއްޔަތު: 
  
 | 
   
- ސަރުކާރުގެ އެކިއެކި އިދާރާތަކާއި އެކިއެކި އޮފީސްތަކަށް ފޮނުވަން ޖެހޭ ސިޓީއާއި އެހެނިހެން ލިޔުންތަކާއި ތަކެތި ގެންގޮސްދިނުން.
 
- ހެޑް އޮފީހުގެ ސްޓޮކަށާއި އެހެނިހެން މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ އަގުބެލުމާއި ކޯޓޭޝަން ނެގުން.
 
- އޮފީސް ހުޅުވާ ލެއްޕުން.
 
- މަޤާމާއި ގުޅޭ ގޮތުން ހަވާލުކުރާ އިތުރު މަސައްކަތްތައް.
 
 
 | 
| 
 މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:  
  
 | 
- ތަޢުލީމީ ފެންވަރު.
 
- ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  
 | 
- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ސާފު ކޮޕީއެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
 
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.
 
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
 
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
 
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.
 
- ޕޮލިސް ރިޕޯޓް.
 
 
  
 | 
| 
 ސުންގަޑި: 
  
 | 
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި އެކު 2020 ސެޕްޓެމްބަރ 08 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.
 
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
 
- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްހަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
 
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.
 
 
 | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: 
 | 
- މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ ފަސް ދުވަހުގެ ތެރޭގައި އެފަރާތަކަށް އެންގޭނެއެވެ.
 
 
  
 | 
| 
 ޝޯޓް ލިސްޓްކުރުން: 
 | 
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
 
 
 | 
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 
 | 
  % 50 ( ފަންސާސް އިންސައްތަ) 
  
  
 | 
| 
 މި އިޢުލާނާ ގުޅިގެން އިތުރު 
މަޢުލޫމާތު ސާފުކުރުމަށް: 
 | 
  މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ. 
  
 | 
| 
 (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ.) 
 |