ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

އިޢުލާން

ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

 

         މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ވައިކަރަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމް ހެދުމަށް މިރަށުގެ ހިލާލީ މަގުގެ އުތުރުކޮޅުން، ހުޅަނގުފަޅިން ރަންބުސްތާނުގޭ އުތުރުން އޮތް ބިމުން ކަނޑައަޅާފައިވާ ސަރަޙައްދުގައި، މިއިދާރާއިން ރީނދޫކުލައިން ނަންބަރުޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)269/269/2020/37  އިޢުލާނާ ގުޅިގެން ސިޓީ ހުށައަޅާފައިވާ ފަރާތައް މަދުކަމަށް ފެންނާތީވެ،އިތުރަށް ރުއްގަހުގެ ވެރިފަރާތައް ހޯދުމަށް ބޭނުންވެއެވެ.

         ވީމާ، މި ރުއްގަހުގެ ވެރިފަރާތްތަކުން، މި އިދާރާއިން ޖަހާފައިވާ ނަންބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި ރުއްގަހުގެ ފެންވަރު (ފޯދުނު،ނުފޯދޭ،މޮޅު،ދެރަ،ބޮޑު،ކުޑަ) ބަޔާންކުރައްވާ، 2020 އޮގަސްޓް 30 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިތާރީޚުގެ ކުރިން ހުށަނާޅުއްވައިފިނަމަ އެއީ ރައްޔިތު ތަކެތި ކަމުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

         މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 އޮގަސްޓް 2020
ހޯދާ