ދިވެހިރާއްޖެ
ހެލްތު ޕްރޮފެޝަނަލްސް ބޭނުންވެއްޖެ
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް- 19 އާ ގުޅިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ ގައި އަދި ކޮވިޑް-19 ގެ ބަލި މީހުންނަށް ޞިއްޙީ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރުމަށް މެޑިކަލް އޮފިސަރުންނާއި، ނަރުހުން އަދި ހެލްތު ކެއަރ އޮފިސަރ (ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ ،ކޮމިއުނިޓީ ހެލްތު އޮފިސަރ، ފެމިލީ ހެލްތު އޮފިސަރ) ބޭނުން ވެއެވެ.
މަޤާމްތައް : މެޑިކަލް އޮފިސަރ، ރެޖިސްޓަރޑް ނަރސް، އެންރޯލްޑް ނަރސް، ހެލްތު ކެއަރ އޮފިސަރ (ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ ،ކޮމިއުނިޓީ ހެލްތު އޮފިސަރ،ފެމިލީ ހެލްތު އޮފިސަރ)
މަސައްކަތް ކުރަންޖެހޭ ތަން:ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ އަދި ކޮވިޑް-19 ގެ ބަލި މީހުންނަށް ޞިއްޙީ ޚިދުމަތް ދިނުމަށް ކަނޑައަޅާ ތަނެއްގައި
ވީމާ،މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިންއީމެއިލް މެދުވެރިކޮށް ފޮނުވުމަށް ދަންނަވަމެވެ. އަދި އީމެއިލް ކުރައްވާއިރު ލައިސަންސް، ރަޖިސްޓްރޭޝަން އަދި ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް. ފޮނުއްވުން އެދެމެވެ.
ހިއުމަން ރިސޯސް ކްލަސްޓަރ/ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ
މިނިސްޓްރީ އޮފް ހެލްތު
މާލެ، ދިވެހިރާއްޖެ.
އީމެއިލް އެޑްރެސް: [email protected]