ދިވެހިރާއްޖެ
އިޢުލާން
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދަފްތަރު ކުރުމާބެހޭ
އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ނަންބަރު: 2009/5 ގެ 15 ވަނަ މާއްދާގެ (ށ) ގައި، ދިވެހިރާއްޖޭގެ ކޮންމެ ރަށަކުން ނުވަތަ ކޮންމެ ސިޓީއެއްގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރީގެ ދަފްތަރެއް ޤާއިމުކޮށް ދަތުރުފަތުރާބެހޭ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓަމުން ގެންދަންވާނެކަމަށް ބުނެފައިވާތީ، އެރަށެއްގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދު ފަހަރުގެ ދަފްތަރު ބަލަހައްޓަވަމުން ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު:171-K(a)/221/2020/21 (16 ޖުލައި 2020) ސިޓީން އަންގަވާފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީންވަނީ އަންގަވާފައެވެ.
ވީމާ، މިރަށުގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުފަހަރުގެ ދަފްތަރުގައި ހިމެނުމަށްޓަކައި މިއިދާރާއިން ދޫކުރާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯމް" ފުރުއްވުމަށްފަހު އެ ފޯމާއި، އުޅަނދުގެ ރަޖިސްޓްރީގެ ސާފުކޮޕީ އަދި ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީ، ނުވަތަ https://forms.gle/i2t2s5bTr5XEHgVQA މި ލިންކުގައިވާ ފޯމު ފުރިހަމަ ކުރައްވާ، 10 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި މަޢުލޫމާތު ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.