ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

 

ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

 މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސާރވިސަސް       

   ކ.ގުރައިދޫ،ދިވެހިރާއްޖެ.                          ނަންބަރު: HPSN-IL/2020/03

 

އިޢްލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިމަރުކަޒުގެ ސިއްހީ ހިދުމަތްދޭބައިގައި ކުރަންހުރި މަރާމާތުތައް މިމަރުކަޒުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް  12 އޮގަސްޓް 2020 ވަނަ ދުވަހު ކުރެވުނު އިއުލާނު (ނަމްބަރ:HPSN-IL/2020/02)ގައި، އިއުލާނުގެ ކެޓެރެގަރީގައި "މުބާރާތް" ނެގިފައިވާތީވެ އެއިއުލާން ބާތިލްކޮށް އަލުން މަތީގައި ދެންނެވުނު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢްލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢްލޫމާތު ސާފުކުރެއްވުމަށްފަހު 08 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެ ވަޑައިގަނެވޭނީ މަޢްލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި މަޢްލޫމާތަށްޓަކައި ދެންނެވީމެވެ.

05       މުހައްރަމް     1442

                                                     

24 އޮގަސްޓް 2020
ހޯދާ