ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތ.އޮމަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އޮފިސަރ ގެ މަގާމަށް މީހަކު ހޯދުން

ކޮޅުމަޑުލު އޮމަދޫ މެޖިސްޓްރޭޓް ކޯޓް                             

    ތ.އޮމަދޫ، ދިވެހިރާއްޖެ

                                               

އިޢްލާން

 

ވަޒީފާގެ ފުރުޞަތު

ނަންބަރ:

N13C-A/2020/3

ތާރީޚް:

19-08-2020

  • މަޤާމް:

ކޯޓް އޮފިސަރ

ރޭންކް:

ޖީ އެސް 3

  • ޢަދަދު:

01 ( އެކެއް )

  • މަސައްކަތްކުރަންޖެހޭ ތަން:

ކޮޅުމަޑުލު އޮމަދޫ މެޖިސްޓްރޭޓްކޯޓް

  • އަސާސީ މުސާރަ:

4465.00 ރުފިޔާ ( ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

  • އިތުރުގަޑިއާއި އެހެނިހެން އެލަވަންސް:
 
  • ސާރވިސް އެލަވަންސް: 1500.00 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ )
  • ލިވިންގ އެލަވަންސް 2550.00 ( ދެހާސްފައްސަތޭކަ ފަންސާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް ގެ ގޮތުގައި މުސާރައިގެ %20 
ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
 
  • އަސާސީ ޝަރުޠު:
  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން  ' ސެކަންޑަރީ ' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  ނުވަތަ،

 

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

  •  އެހެނިހެން ޝަރުތު

 

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި ވަޒީފާއިން މުސްކުޅިކުރުމުގެ އިޙްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހެއްކަމުގައިނުވުން.
  • ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވައިދު 2011ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަމްބަރގައި ބަޔާންކޮށްފައިވާ ފަދަ އާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ މެޖިސްޓްރޭޓްކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން
  • މަޤާމުގެ މަސްއޫލިއްޔަތު:
  • ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުން.
  • ކޯޓަށް މީހުން ހާޟިރުކޮށް ޗިޓް ތައްޔާރުކުރުން.
  • ކޯޓަށް ހާޟިރުނުވާ މީހުންގެ ޖޫރިމަނާ ޗިޓް ތައްޔާރުކުރުކޮށް ޗިޓް ހަވާލުކުރުމުގެ ކަންތައް ހަމަޖެއްސުން.
  • ކޯޓުގެ ތަފާސް ހިސާބާއި މިނޫނަސް މިފަދަ އެހެނިހެން ރިޕޯޓްތައް ތައްޔާރުކުރުން.
  • ޝަރީއަތާއި ގުޅޭ އެންމެހާ ފޮތްތައް ބެލެހެއްޓުން.
  • އެޑްމިނިސްޓްރޭޓިވް އޮފިސަރ ނެތިއްޖެ ހާލަތެއްގައި ފައިސާއާއި ބެހޭ އަދި އިދާރީ ކަންކަމާބެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • މީގެ އިތުރުން އެވަގުތަކު ދާއިރާ ހިންގަވަން ހުންނެވި ވެރިއަކު އަންގަވާ ރަސްމީ މަސައްކަތްކުރުން.
 

 

  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:
 
  • ލިބިފައިވާ ތައުލީމާއި، ތަޖުރިބާ
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތު ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް
  • އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
  • މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ކޯޓުގައި ނުވަތަ މިކޯޓުން ހަމަޖައްސާ ތަނެއްގައެވެ. އަދި އިންޓަވިއުއޮންނަ ދުވަހާއި އިންޓަރ ވިއު އޮންނަ ތަން އިންޓަރވިއުއަށް ޙާޟިރުވާންޖެހޭ ފަރާތްތަކަށް އެންގޭނެއެވެ.
  • އިތުރު މައުލޫމާތު:
  • މި ވަޒީފާ އަށް ޝައުޤުވެރިވާ ފަރާތްތަކުން  ހުށަހަޅާނީ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯރމުންނެވެ. މި ފޯމް މި ކޯޓުންނާއި، ޑިޕާރޓްމަންޓް އޮފްޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް www.judiciary.gov.mv   އިން ލިބެން ހުންނާނެއެވެ.
   
 

 

  • ހުށަހަޅަންޖެހޭ ތަކެތި:

 

  • ހުށަހަޅަންޖެހޭ ތަކެތި:
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢްލީމީސެޓްފިކެޓްތަކުގެ ކޮޕީ ( އަޞްލާއިއެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާ ފައިވާ )
  • ލިބިފައިވާ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  • ވަނަވަރު ( ސީ.ވީ )
  • ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ސުންގަޑި:
 31 އޯގަސްޓް  2020 ވާ ބުރާސްފަތި ދުވަހުގެ 14:00  ގެ ކުރިން ތ.އޮމަދޫ މެޖިސްޓްރޭޓްކޯޓަށް ހުށަހަޅަންވާނެއެވެ ނުވަތަ [email protected]  އަށް އީމެއިލް ކުރުންވާނެއެވެ.
       

 

 

24 އޮގަސްޓް 2020
ހޯދާ