މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހައުސްކީޕަރ (ކޮންޓްރެކްޓް) - މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓް

މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓް

    ނ.މިލަދޫ

    ދިވެހިރާއްޖެ

އިޢުލާން

ހައުސްކީޕަރ (ކޮންޓްރެކްޓް) މަޤާމަށް މީހަކު ހޯދުމަށް މިކޯޓުން ކުރި ނަންބަރު: D10C-A/2020/3 (10 އޯގަސްޓް 2020) އިޢުލާނުގައިވާ އިދާރީކުށެއް ފާހަގަކުރެވިފައިވާތީ، އެކަން ރަނގަޅުކޮށް އަލުން އިޢުލާން ކުރަމެވެ. އަދި، ޙަވާލާދެވުނު އިޢުލާނާއި ގުޅިގެން އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތައް އަލުން އެޕްލިކޭޝަން ހުށަހަޅުއްވަން ނުޖެހޭނެ ވާހަކަވެސް ދެންނެވީމެވެ.

އިޢުލާން ނަންބަރު:D10C-A/2020/4

ވަޒީފާގެ ފުރުޞަތު

ތާރީޚް: 24 އޯގަސްޓް 2020

 

ރޭންކް: އެސް.އެސް 1

ހައުސްކީޕަރ (ކޮންޓްރެކްޓް)

މަޤާމް

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1

1 (އެކެއް)

އަދަދު

މިލަދުންމަޑުލުދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓް

މަސައްކަތް ކުރަންޖެހޭ ތަން

-/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)

އަސާސީ މުސާރަ

-/1000ރ (އެއްހާސް ރުފިޔާ)

ސަރވިސް އެލަވަންސް

އަސާސީ މުސާރައިގެ %20

ޖުޑީޝަލް އެލަވަންސް

-/2550ރ (ދެހާސް ފަސްސަތޭކަ  ފަންސާސް ރުފިޔާ)

ލިވިންގ އެލަވަންސް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިތުރުގަޑީގެ ފައިސާ

 1. ލިޔަންކިޔަން ދަތުން.
 • ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދައްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށްބަލައިގެންނެވެ. ނުވަތަ، ލިޔަންކިޔަން އެނގޭތޯބެލުމަށް ވަޒީފާހަމަޖައްސާ ކޯޓުން ނުވަތަ އިދާރާއަކުން ޓެސްޓެއް ދީގެންނެވެ.

އަސާސީ ޝަރުތު

 • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިހަމަވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
 • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާއި ހުރި ފަރާތެއްކަމުގައި ނުވުން.  

އެހެނިހެން ޝަރުތު

 • ރަސްމީބަންދުނޫން ކޮންމެދުވަހަކު ކޯޓް ޢިމާރާތުގެ އެތެރެ ކުނިކަހާ ފޮޅާ ސާފުކުރުމާއި ދޮރުތަކާއި ބިއްލޫރިތައް ފޮހެ ސާފުކުރުން.
 • ކޯޓް ޢިމާރާތުގެ ފަންކާތަކާއި، ހޮޅިބުރިތަކާއި، ފަރުނީޗަރުތަކާއި، އޭސީތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.
 • ކޯޓްގެ ޢިމާރާތާއި، ކޯޓްގެ ސަރަހައްދާއި، މަގު، ކުނިކަހާ ވިނަނޮޅައި ސާފްކޮށް ބެލެހެއްޓުން.
 • ފުރާޅު، ދިޔަދޮވި، ވަޅު، ރުއްގަސް ސާފްކޮށް ބެލެހެއްޓުން.
 • ކޯޓް ހިމެނޭ ސަރަހައްދުގެ ބަގީޗާ ހައްދައި ސާފްކޮށް ބެލެހެއްޓުން.
 • ޗިޓް ޙަވާލްކުރުމާއި، އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ލިޔެކިޔުންތައް އެފަރާތްތަކާ ޙަވާލުކުރުން.
 • ޑިޕާޓްމަންޓުންނާއި އެކިރަށްރަށުން ކޯޓަށް ފޮނުވާ ތަކެތި ބަނދަރުން ކޯޓަށްގެނައުން.
 • ކޯޓުން އެކިތަންތަނަށް ފޮނުވަން ބޭނުންވާ ތަކެތި ގެންދިއުން.
 • ހޮޅިބުރިއާއި، ބޮކި ފަދަތަކެތި އެނދުމުން ބަދަލުކޮށް ތަންމަތި ނުވަތަ ހޯލްޑަރ ހަލާކުވެއްޖެނަމަ ބަދަލުކުރުން.
 • ކޯޓްގައިވާ ޑަސްބިން ތަކާއި ނައްތާލަންޖެހޭ ތަކެތި ނައްތާލުމާއި، ފާޚާނާ، ގުދަން ފަދަ ތަންތަން ސާފްކޮށް ބެލެހެއްޓުން.
 • މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް މެޖިސްޓްރޭޓް އަދި އިސްކޮށްތިބޭ މުވައްޒަފުން ޙަވާލުކުރާ ރަސްމީ މަސައްކަތްތައް ވީހާވެސް ރަނގަޅަކަށް ކުރުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

 • ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް
 • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
 • މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.
 • އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ

ހުށަހަޅަންޖެހޭ ތަކެތި

 • 2020 އޯގަސްޓް 31 ވަނަ ދުވަހުގެ 13:30 ގެ ކުރިން ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން  އެދެން.
 •  ސުންގަނޑި ހަމަވުމުގެކުރިން އީމެއިލްގެ ޒަރިއްޔާއިން ހުށަހަޅާ އެޕްލިކޭޝަން ފޯމް ބަލައިގަންނަގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. މިކޯޓްގެ އީމެއިލް އެޑްރެހަކީ [email protected]  އެވެ. (އީމެއިލް ގެ ޒަރީޢާއިން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ޙާޟިރުރުވާއިރު ކޯޓަށް ހުށަހަޅަންވާނެއެވެ)

ސުންގަޑި

 • ހައުސްކީޕަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ލިބިފައިވާ ތަޖުރިބާ އަދި  ލިބިފައިވާ ހުނަރާއި  ސިފަތައް ބެލުމަށް ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
 • ލިބިފައިވާ ތައުލީމް: 25 ޕަސެންޓް
 • ލިބިފައިވާ ތަޖުރިބާ: 20 ޕަސެންޓް
 • ލިބިފައިވާ ހުނަރާއި ޤާބިލުކަން ބެލުމަށް ކުރެވޭ އިންޓަވިއު: 55 ޕަސެންޓް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

 • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓްގެ ކައުންޓަރުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
 • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6560638
 • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި އަދި އީމެއިލްގެ ޒަރީޢާއިން ހުށަހަޅާފައިވާނަމަ އެޕްލިކޭޝަން ފޯމާއި ހުރިހައި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު

         

05 މުޙައްރަމް 1442

24 އޮގަސްޓް 2020
ހޯދާ