ދިވެހިރާއްޖެ
ތިރީގައިވާ ރަށްރަށުގެ ބަނދަރު/ޖެޓީން އެރަށެއްގެ ފެނަކަ އިންޖީނުގޭގެ ޓޭންކަށް، އެއް އަހަރު ދުވަހުގެ މުއްދަތަށް ޑީސަލް ޑެލިވަރީ ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ހއ |
މާރަންދޫ |
ތ |
ވިލުފުށި |
ށ |
ކަނޑިތީމު |
ތ |
މަޑިފުށި |
ށ |
މިލަންދޫ |
ތ |
ތިމަރަފުށި |
ނ |
މާފަރު |
ލ |
ފޮނަދޫ |
ފ |
ބިލެއްދޫ |
ލ |
ގަން (މަތިމަރަދޫ، މުކުރިމަގު، ތުނޑި) |
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: މިބިޑުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 25 އޯގަސްޓް 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް [email protected] އަށް މެއިލް ނުވަތަ 7444974 ނަންބަރަށް ވައިބަރ ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
މެސެޖު/މެއިލްގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.
- ކުންފުނި / ވިޔަފާރި ހުއްދަ / އަމިއްލަ ފަރުދުގެ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ކުންފުނި ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް / އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ.
- ބީލަން ހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ، 03 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.
(އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ހަމައްޖަސާފައިމިވަނީ، ކޮވިޑް-19 ގެ މިޙާލަތުގައި ގިނަ ފަރާތްތަކަކުން އެއްތަނަކަށް ޖަމާވެ ބައްދަލުވުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ނުވާތީއެވެ)
މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.