ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ސާފުކުރުން
މިރަށު އާޒާދީ ބަހާރު ގޯތީގެ ހުޅަނގުން އޮތް ހުސް ބިމުގައި ހުރި ރުއްގަސް ކަނޑަން ޖެހޭތީ، އެރުއްގަހުގެ ވެރިން ސާފު ކުރުމަށް ވަނީ ބޭނުން ވެފައެވެ. އެރުއްގަހުގައި މަޑުފެހިކުލައިގެ ދަވާދުން ރަސްގެ ޖަހައި 1 ން 5 އަށް ނަމްބަރެއް ޖަހާފައި ހުންނާނެއެވެ.
ވީމާ އެރުއްގަހުގެ ވެރިން، އެރުއްގަހުގައި މިއިދާރާއިން ޖަހާފައި ހުރި ނަމްބަރު މިއިދާރާއަށް ދުރުވެ ނޯޓު ކުރުމަށް ދެންނެވީމެވެ. 26 އޯގަސްޓް 2020 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ގާނޫނު ނަމްބަރ 05/92 ( މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ރުއް ގަހާ ބެހޭ ގާނޫނު ) ގައިވާ ގޮތުގެ މަތިން ކަނޑާ ލެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
19 އޮގަސްޓް 2020
ހޯދާ