ދިވެހިރާއްޖެ
ސިނާއީ މަސައްކަތްތަކަށް ބިމެއްކުއްޔަށްދޫކުރުން
މިރަށުގެ ސިނާޢީ ސަރަޙައްދުން ( ރަށުގެދެކުނުކޮޅުން، އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ 40671 އަކަފޫޓްގެ، ލޮޓް 3 ) ބިމެއް، ލުއި ސިނާޢީ މަސައްކަތްތަކަށް ކާރުޚާނާހެދުމާއި، ގުދަންހެދުމާއި، މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތަކަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: 22(IUL)335-AS/335/2020/ އިޢުލާން ކޮވިޑް 19 އާއި ގުޅިގެން މުއްދަތު އިތުރުކޮށް ފުރުޞަތު ހުޅުވާލަމެވެ. އަދި ކުރިން މި ބިމަށް ބިޑް ފޯރމް ގަނެފައިވާ ފަރާތްތަކުގެ ބިޑްވެސް ބަލައިގަނެވޭނޭ ވާހަކަ ދަންނަވަމެވެ.
ވީމާ، މިބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބިޑްގަންނަފަރާތްކަމަށް ލިޔުމުގައި ބަޔާންކޮށްފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
ތަފްޞީލް |
މުއްދަތު |
ގަޑި |
ތަން |
ކުލީބިމަށް އެދޭ ފޯމް ވިއްކުން (ކުލީބިމަށްއެދޭފޯރމްވިއްކުމަށް ހަމަޖެހިފައިވަނީ 2000.00 ރ ) |
23 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 31 އޮގަސްޓް 2020 ވާ ހޯމަ ދުވަހަށް |
ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާއިން |
މަޢުލޫމާތު ދިނުން |
01 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހު |
މެންދުރު 12:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ބީލަން ހުށަހެޅުން ( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން ) |
10 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަސް |
މެންދުރު 12:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ބިޑްފޯމް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.