އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ފުޓްސަލް ދަނޑުގައި ހިޔާގަނޑެއް ޖަހައިދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލުންދޭ މަޢުލޫމާތާއެއްގޮތަށް ރަސްދޫ ޔޫތްސެންޓަރުގެ ފުޓްސަލް ދަނޑުގެ ސްޓޭޖުގައި ހިޔާގަނޑެއް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                           މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ      ފަރާތްތަކުގެ   ޤަވާޢިދު         ނަންބަރު:  2019/R-1019" ގައިވާގޮތުގެމަތީން، ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

              މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2020 އޮގަސްޓް 19 އިން 2020 ސެޕްޓެންބަރު 01 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި ކައުންސިލްގެ  [email protected]  އަށް އީމެއިލް ނުވަތަ ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު 6660714 ފޯނާ ގުޅުއްވައިގެން ނުވަތަ ރަސްމީގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ 56ރ (ފަންސާސްހަ ރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

            މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2020 ސެޕްޓެމްބަރު 02 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.

                          މި މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ 2020 ސެޕްޓެމްބަރު 03 ވަނަ ދުވަހުގެ 11:30 ގައި މި އިދާރާގައެވެ. އަދި  ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2020 ސެޕްޓެންބަރު 10 ވަނަ ދުވަހުގެ 11:30 ގައި މި އިދާރާގައެވެ.

19 އޮގަސްޓް 2020
ހޯދާ