ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ޖެނެރަލް ކޮންސިއުމަބަލަސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ޖެނެރަލް ކޮންސިއުމަބަލަސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 ނަންބަރު: TENDER/HMH/2020/022-R1


މިހޮސްޕިޓަލަށް ބޭނުންވާ ޖެނެރަލް ކޮންސިއުމަބަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރުTENDER/HMH/2020/022  އިޢުލާނަށް އެކަށީގެންވާ ވަރުގެ ތަރުޙީބެއް ލިބިފައިނުވާތީ އާއި، ރިކުއަޔަމަންޓަށް ބަދަލު ގެންނަން މެނޭޖްމަންޓްއިން ނިންމާފައިވާތީ، މިމަސައްކަތަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮގަސްޓް 2020 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، އީމެއިލްގެ މެދުވެރިކޮށް ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

ރެޖިސްޓްރޭޝަން

ބީލަމުގައި ބައިވެރިވުމަށް، މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ "ބީލަން ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް 25 އޯގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected]  އަށް މެއިލް ކުރައްވަން ވާނެއެވެ.

މައުލޫމާތު ދިނުން:

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަގު ޝީޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 26 އޮގަސްޓް 2020 ވަނަ ދުވަހުގެ 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

27 އޮގަސްޓް 2020 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350111 / 3350113

އީ-މެއިލް: [email protected]

19 އޮގަސްޓް 2020

ހުޅުމާލެ ހޮސްޕިޓަލް، ހުޅުމާލެ، ހުވަނދުމާ ހިނގުން، ދިވެހިރާއްޖެ

އީ-މެއިލް: [email protected]   ވެބްސައިޓް: www.hmh.gov.mv   ފޯން: +960 3350147 /+960 3350111

19 އޮގަސްޓް 2020
ހޯދާ