ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ގދ. ތިނަދޫގައި ޢިމާރާތް ކުރެވިފައިވާ 120 ފްލެޓްގެ ތެރެއިން ޢިޢުލާން ނުކޮށް ބާކީހުރި 15 ފްލެޓް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާއި ޝަރުޠު

 
 

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ގދ. ތިނަދޫގައި ޢިމާރާތް ކުރެވިފައިވާ 120 ފްލެޓްގެ ތެރެއިން ޢިޢުލާން ނުކޮށް ބާކީހުރި 15 ފްލެޓް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާއި ޝަރުޠު

 

 

 

 

 

     

                 

 

މި 15 ފްލެޓް ދޫކުރުމަށް ކަނޑައެޅިފައިވާ ކެޓެގަރީ : ކެޓެގަރީ A  (މިއީ ހަމައެކަނި ގދ. ތިނަދޫގެ ރަށްވެހިންނަށް ހުޅުވާލެވިފައިވާ 15 ފްލެޓްއެވެ.)

1-     ކެޓެގަރީ A

މިކެޓެގަރީގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 15 ފްލެޓްއެވެ. މި 15 ފްލެޓް އަކީ ގދ. ތިނަދޫގެ ރައްޔިތުންގެ ތެރެއިން ފްލެޓް ބޭނުންވާ ފަރާތްތަކަށް، ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް، ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކެވެ.

 

ކެޓެގަރީ Aގެ ދަށުން ދޫކުރާ ފްލެޓްތަކަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ އުޞޫލު :

  • ފްލެޓް ލިބޭ ފަރާތްތަކުން އެޑްވާންސްގެ ގޮތުގައި 19,000/- (ނަވާރަ ހާސް ރުފިޔާ) ސަރުކާރަށް ދައްކަން ޖެހޭނެއެވެ.
  • އަދި 25 އަހަރު ދުވަހުން ފައިސާ ދައްކާ ޚަލާސްކުރާ އުޞޫލުން މަހަކު 3,550/- (ތިންހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) ސަރުކާރަށް ދައްކަން ޖެހޭނެއެވެ.
  • މި ފްލެޓްތަކަށް ދައްކަން ޖެހޭ ފައިސާ ދައްކައި ނިމެންދެން މި ފްލެޓްތައް ރަހުނު ކުރެވޭނެއެވެ.

 

ފޯމް ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުޠުތައް:

  • އުމުރުން 21 އަހަރު ފުރިފައިވުން
  • ގދ. ތިނަދޫގެ ރަށްވެއްސެއްކަމުގައިވުން
  • ރާއްޖޭގެ އެއްވެސް ރަށެއްގައި ތިމާގެ ނަމުގައި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރ ހަދާފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތުން . 600 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނަމަ، މި ގޯތި އަދި ބޯހިޔާވަހިކަން ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން. އަދި މި ގޯތި ނުވަތަ ބޯހިޔާވަހިކަމަކީ ރަހުނު ކުރެވިފައިވާ ތަންތަނަކަށް ނުވުން.
  • ރާއްޖޭގެ އެއްވެސް ރަށެއްގައި، ތިމާގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއްއޮވެ މި ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދާފައި ނުވާނަމަ މި ގޯތި، ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން. އަދި މިގޯއްޗަކީ ރަހުނު ކުރެވިފައިވާ ގޯއްޗަކަށް ނުވުން.
  • ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް ލިބިފައިވާ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް، ވޭތުވެދިޔަ 5 އަހަރު ދުވަހު ތެރޭގައި ވިއްކާލައި މީހަކަށް ދީފައި ނުވުން .
  • އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ގޯއްޗެއްގެ ވެރިއަކަށްވެ، އެ ގޯތި ރަޖިސްޓްރީކޮށްފައިވާ އެއްމެންގެ މެދުގައި ހަމަހަކޮށް ބަހާލުމުން ތިމާއަށް ލިބޭބައި 600 އަކަފޫޓަށްވުރެ ކުޑަވުން ، އަދި އެ ގޯތިން ތިމާއަށްވާ ބައި، އެގޯތީގެ ބެހެނިވެރިންނަށް ދޫކޯށްލަން އެއްބަސްވާ ފަރާތަކަށް ތިމާވުން. އަދި މި ގޯއްޗަކީ ރަހުނު ކުރެވިފައިވާ ގޯއްޗަކަށް ނުވުން.

ފޯމް ހުށަހަޅާ ފަރާތުގެ އަނބިމީހާ / ފިރިމީހާގައި ހުންނަންޖެހޭ ޝަރުޠުތައް:

  • ގދ. ތިނަދޫގައި، ތިމާގެ އަނބިމީހާ / ފިރިމީހާގެ ނަމުގައި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދާފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތުން . 600 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއްނަމަ ، މިގޯތި އަދި ބޯހިޔާވަހިކަން ސަރުކާރަށް ދޫކޮށްލަން ތިމާގެ އަނބިމީހާ/ ފިރމީހާ އެއްބަސްވާ ފަރާތަކަށްވުން. އަދި މި ގޯތި ނުވަތަ ބޯހިޔާވަހިކަމަކީ ރަހުނު ކުރެވިފައިވާ ތަންތަނަށް ނުވުން.
  • ގދ. ތިނަދޫގައި، ތިމާގެ އަނބިމީހާ/ ފިރިމީހާގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއްއޮވެ މި ގޯތި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާފައި ނުވާނަމަ، މި ގޯތި، ސަރުކާރަށް ދޫކޮށްލަން ތިމާގެ އަނބިމީހާ/ ފިރިމީހާ އެއްބަސްވާ ފަރާތަކަށްވުން. އަދި މިގޯއްޗަކީ ރަހުނު ކުރެވިފައިވާ ގޯއްޗަކަށް ނުވުން.

ކެޓެގަރީ A، ގދ. ތިނަދޫގެ ރައްޔިތުންނަށް ހުޅުވާލެވޭ 15 ފްލެޓް ދޫކުރުމުގައި އިސްކަން ދެވޭނެ ފަރާތްތައް ބެލުމަށްޓަކައި ޕޮއިންޓް ދެވޭނެ އުޞޫލު

 

1-     ޢުމުރުން 21 އަހަރާއި 30 އަހަރާއި ދެމެދު                                                     07 ޕޮއިންޓް

2-     ޢުމުރުން 30 އަހަރުން މަތި                                                               10 ޕޮއިންޓް

3-     18 އަހަރު ނުފުރޭ 1 ނުވަތަ 2 ދަރިން ތިބިނަމަ                                                 05 ޕޮއިންޓް

4-     18 އަހަރު ނުފުރޭ 3 ނުވަތަ 4 ދަރިން ތިބި ނަމަ                                                07 ޕޮއިންޓް

5-     18 އަހަރު ނުފުރޭ 4 ދަރިންނަށްވުރެ ގިނަ ދަރިން ތިބިނަމަ                                           10 ޕޮއިންޓް

6-     ޚާއްސައެހީއަށް ބޭނުންވާ ފަރާތެއް ނަމަ އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާ ފަރާތެއްނަމަ        07 ޕޮއިންޓް

7-     ތިމާގެ ނަމުގައި އަދި ތިމާގެ އަނބިމީހާގެ / ފިރިމީހާގެ ނަމުގައި ލިބިފައިވާ އެއްވެސް ގޯއްޗެއް، ބޯހިޔާވަހިކަމެއް ނެތްނަމަ      17 ޕޮއިންޓް

           ނުވަތަ

    ތިމާގެ ނަމުގައި ލިބިފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތްނަމަ                            12 ޕޮއިންޓް

8-     ތިމާގެ ނަމުގައި ލިބިފައިވާ ގޯތި 600 އަކަފޫޓަށްވުރެ ކުޑަ ، އަދި ދޫކޮށްލަން އެއްބަސްވެފައިވާނަމަ             08 ޕޮއިންޓް

9-     ތިމާގެ އަނބިމީހާ / ފިރިމީހާއަށް ލިބިފައިވާ ގޯތި 600 އަކަފޫޓަށްވުރެ ކުޑަ، އަދި ދޫކޮށްލަން އެއްބަސްވާނަމަ             08 ޕޮއިންޓް

10-  ތިމާގެ މަންމަގެ ނުވަތަ ބައްޕަގެ ގޯތި، ދަރިންގެ މެދުގައި ބަހާލުމުން، ތިމާއަށް ލިބޭ ބިމުގެ ބޮޑުމިން 600 އަކަފޫޓަށްވުރެ

ކުޑަ، އަދި ތިމާއަށް ލިބޭބައި  މި ގޯތީގެ ބެހިނިވެރިންނަށް ދޫކޮށްލަން އެއްބަސްވެފައި ވާނަމަ                        08 ޕޮއިންޓް

11-  ތިމާގެ މަންމަގެ ނުވަތަ ބައްޕަގެ ނަމުގައި، އެއްވެސް އިރެއްގައި، ރަޖިސްޓްރީ ކޮށްފައިވާ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް

ނެތްނަމަ                                                                           10 ޕޮއިންޓް

 

މާނަކުރުން އަދި އިތުރު މަޢުލޫމާތު:

 

  • "ގޯތި ދޫކޮށްލުން" މާނަކުރަނީ ގޯތީގައިވާ ރުއްގަހާއި، ކޮށްފައިވާ މަސައްކަތާއިއެކުގައި، އިތުރު ބަދަލެއް ލިބުމަކާއި ނުލައި، ދޫކޮށްލުމަށް.
  • "ބޯހިޔާވަހިކަން" މާނަކުރުމުގައި، ގެއާއި ރޯހައުސްއާއި ފްލެޓް ހިމެނެއެވެ. ފްލެޓެއްނަމަ ބޮޑުމިން ބަލާނީ ފްލެޓްގެ ތަޅުމުގެ އޭރިއާއަށެވެ.
  • ޙާއްސައެޙިއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާ ކަމުގެ ލިޔުން ، އެއް އާއިލާއެއްގެ އެކަކަށްވުރެ ގިނަ ފަރާތުން ހުށަހެޅިނަމަވެސް، މި ޕޮއިންޓް ދެވޭނީ، މި ލިޔުން ހުށަހެޅިޢާއިލާގެ މެމްބަރުންގެ މެދުން އެއްބަސްވެވޭ އެއް މެމްބަރަކަށެވެ. މިކަމުގައި މި ލިޔުން ހުށަހެޅި ޢާއިލާގެ މެމްބަރުންނަށް ގޮތަކަށް އެއްބަސްނުވެވިއްޖެނަމަ، މި ޕޮއިންޓް ލިބޭ ފަރާތް ގުރުޢަތުލައިގެން، ކަނޑައަޅާނީ މި ކައުންސިލުންނެވެ. ނުވަތަ މި ކައުންސިލުން ކަނޑައަޅާ ފަރާތްތަކުންނެވެ.
  • ޢުމުރުހަމަވާކަން ، ޝަރުޠު ހަމަވާކަން، އަދި ހާލަތު (ފިރިމީހާގެ / އަނބިމީހާގެ) ބަލާނީ ފޯމް ހުށަހެޅި ތާރީޚަށެވެ.
  • "ވަރިވެފައިވުން" ކަމަށް ބެލެވޭނީ، މި ފްލެޓްތަށް ދޫކުރުމަށް ޢިޢުލާންކުރުމުގެ ކުރިން ކޯޓު މަރުޙަލާގައި ވަރި ސާބިތުކޮށްފިނަމައެވެ.
  • މައިންބަފައިންގެ ގޯތި، ދަރިންގެ މެދުގައި ހަމަހަމައަށް ބަހާލުމުން، ތިމާއަށް ލިޞޭ ބައިގެ ބޮޑުމިން ބަލައި ކަނޑައަޅުއްވާނީ ގދ. ތިނަދޫ ކައުންސިލުންނެވެ.
  • ދަރިންގެ ގޮތުގައި ޕޮއިންޓް ދިނުމަށް ބަލާނީ ފޯމު ހުށަހަޅާ ފަރާތުގެ އުފަން ދަރިންނާއި ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ތިމާ ބަލަންޖެހޭ ކުދިންނެވެ.

 

  • ޕޮއިންޓް ދިނުމުގައި، ފޯމް ހުށަހަޅާ ފަރާތުގެ ގޯއްޗާއި ބޯހިޔާވަހިކަމުގެ ތަނަވަސްކަން ބަލާނީ "ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތްތޯއެވެ".

 

  • ޕޮއިންޓް ދިނުމުގައި، ފޯމް ހުށަހަޅާ ފަރާތުގެ އަނބިމީހާ / ފިރިމީހާގެ ގޯއްޗާއި ބޯހިޔާވަހިކަމުގެ ތަނަވަސްކަން ބަލާނީ ، ގދ. ތިނަދޫއަށެވެ.

 

  • މީހެއްގެ ނަމުގައި ކަނޑައިދެވިފައިވާ ގޯއްޗެއް އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނުވި ނަމަވެސް ، މި އުޞޫލުގެ ދަށުން ، ޝަރުޠު ފުރިހަމަވޭތޯ ބެލުމުގައާއި ، ޕޮއިންޓް ދިނުމުގައި ، އެ ގޯތި ބަލާނީ ، އެފަރާތުގެ ނަމުގައި ލިބިފައިވާ ގޯއްޗެއްގެ ގޮތުގައެވެ.

 

  • ކޯޓް ހުކުމެއްގެ ދަށުން މީހަކަށް ލިބިފައިވާ ގޯތި، ރަޖިސްޓްރީކޮށްފައި ނުވި ނަމަވެސް، މި އުޞޫލުގެ ދަށުން، ޝަރުޠު ފުރިހަމަވޭތޯއާއި، ޕޮއިންޓް ދިނުމުގައި، އެގޯތި ބަލާނީ، އެފަރާތުގެ ނަމުގައި ލިބިފައިވާ ގޯއްޗެއް ގޮތުގައެވެ.

 

  • ޝަރުޢީ ޙުކުމުން ލިބިފައިވާ ގޯއްޗާއި ، ކަނޑައިދެވިފައިވާ ގޯތިތަކުގެ ތެރެއިން، ރަޖިސްޓްރީ ނުހަދާ ގޯތި ތަކުގެ މަޢުލޫމާތު ޔަޤީންކުރާނީ މި ކައުންސިލުންނެވެ.

 

  • މި ފްލެޓްތަކަށް ވަކިވަކިން ކުރިމަތިލުމުގެ ރުރުޞަތު، ދެމަފިރިންނަށްވެސް ލިބިދެއެވެ.

 

  • ފްލެޓްލިބުމަށް ދެމަފިރިން ހޮވިއްޖެނަމަ ހަވާލުކުރެވޭނީ އެއް ފްލެޓެވެ.

 

  • ފްލެޓް ލިބުމަށް ދެމަފިރިންވެސް ހޮވިފައިވުމުގެ ސަބަބުން ޙަވާލުކުރެވޭ ފްލެޓް ދެމަފިރިންގެ ނަމުގައި ނުވަތަ ދެމަފިރިން އެއްބަސްވާ ގޮތެއްގެ މަތިން އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައޮ ހަވާލުކޯށް ރަޖިސްޓްރީކޮށްދެވިދާނެއެވެ. މިކަމުގައި ދެމަފިރިންނަށް ވަކިގޮތަކަށް އެއްބަސް ނުވެވިއްޖެނަމަ، ފްލެޓް ޙަވާލުކުރާނެ ފަރާތެއް ގުރުއަތުލައިގެން ، ކަނޑައަޅާނީ މި ކައުންސިލުންނެވެ. ނުވަތަ މި ކައުންސލުން ކަނޑައަޅާ ފަރާތަކުންނެވެ.

 

  • ލިޔެ ބަޔާންވެފައި ނެތް ކަންކަމާއި ގުޅިގެން ނިންމަންޖެހޭ ކަންކަން ނިންމާނީ ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ.

 

 

18 އޮގަސްޓް 2020
ހޯދާ