އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އއ.ހިމަންދޫ ޞިއްޚީމަރުކަޒުން ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލް އއ.މަތިވެރީ ޞިއްޚީމަރުކަޒަށް ގެނައުމާއި އަނބުރާ ގެންދިއުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އއ. ހިމަންދޫ ޞިއްޚީމަރުކަޒުން ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އއ.މަތިވެރީ ޞިއްޚީމަރުކަޒަށް ގެނައުމާއި އަނބުރާ ގެންދިއުމުގެ މަސައްކަތް، ކޮންޓްރެކްޓް އުސޫލުން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަމްބަރ: (IUL)AAAH-A-AD/AAAH/2020/14 (22 ޖުލައި 2020) އިޢުލާނާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގައި ދިމާވި މައްސަލައަކާ ގުޅިގެން އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

            ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި އއ.ހިމަންދޫ ޞިއްޚީމަރުކަޒަށް ނުވަތަ އއ.މަތިވެރީ ޞިއްޚީމަރުކަޒަށް ވަޑައިގެން ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

ނަންނޯޓް ކުރެއްވުން

18 އޮގަސްޓް  2020 ވާ އަންގާރަ ދުވަހުން ފެށިގެން 27 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:00 ން 11:00 އާއި ދެމެދު ރަސްމީ ދުވަސްތަކުގައި

މަޢުލޫމާތު ދިނުން

30 އޮގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 

އަންދާސީ ހިސާބު ހުށައެޅުން

02 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ ހެނދުނު  10:00

 

         މި އިޢުލާނާއި ގުޅިގެން ނަންނޯޓް ނުކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6660645 ނުވަތަ 6660857 އަށް ގުޅުއްވުން އެދެމެވެ.

17 އޮގަސްޓް 2020
ހޯދާ