ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އުޅަނދު ފަހަރު ދަފްތަރު ކުރުމާއިބެހޭ

އެއްގަމުގައި ދުއްވާ އުޅަނދު ފަހަރު ދަފްތަރު ކުރުމާއިބެހޭ

           އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ނަންބަރު: 5/2009 ގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ ދިވެހި ރާއްޖޭގެ ކޮންމެ ރަށަކުން ނުވަތަ ކޮންމެ ސިޓީއެއްގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީގެ ދަފްތަރެއް ޤާއިމުކޮށް ދަތުރު ފަތުރާއިބެހޭ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓަމުން ގެންދަންވާނެކަމަށް ބުނެފައިވާތީ، އެރަށެއްގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދު ފަހަރުގެ ދަފްތަރު ބަލަހައްޓަވަމުން ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު:171-K(a)221/2020/21(16 -07- 2020) ސިޓީން ވަނީ އަންގަވާފައެވެ.

               ވީމާ، މިރަށުގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދު ފަހަރުގެ ދަފްތަރުގައި ހިމެނުމަށްޓަކައި އުޅަނދުގެ ރަޖިސްޓްރީގެ ސާފުކޮޕީ 30 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއާއަށް ހުށަހެޅުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

17 އޮގަސްޓް 2020
ހޯދާ