ދިވެހިރާއްޖެ
އިޢުލާން
މިކައުންސިލްގެ އުޞޫލު ނަންބަރު 2020/4 (ރ. މަޑުއްވަރީއަށް އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު) ގެ 7 ވަނަ މާއްދާގައި، މިއުޞޫލަށް ޢަމަލުކުރަން ފަށާއިރު ރަށުގައި އެހެލާފައިވާ އޮޑިދޯނިފަހަރުގެ ވެރިން، އުޞޫލަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން 15 ދުވަހުގެ މުއްދަތުގެ ތެރޭގައި "އޮޑިދޯނިފަހަރު އެހެލުމަށް އެދި ހުށަހަޅާ ފޯމު" ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިއުޅަނދުތަކަށް ކުލި ހިނގަން ފަށާނީ މިމުއްދަތަށްފަހު ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، ރަށުގައި މިވަގުތު އެހެލާފައިވާ އޮޑިދޯނިފަހަރުގެ ވެރިން ނުވަތަ ޒިންމާވާނެ ފަރާތްތަކުން، މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތުގެ ތެރޭގައި (2020 އޮގަސްޓު 31 ގެ ނިޔަލަށް) އެ އޮޑިދޯނިފަހަރު ބާލަން ޤަސްތު ނުކުރާނަމަ، އޮޑިދޯނިފަހަރު އެހެލުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މިފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ.
މީގެ އިތުރުން، މިއަދުން ފެށިގެން އެއްވެސް އޮޑިއެއް ރަށަށް އެހެލާނަމަ، އެހެލުމުގެ ކުރިން އޮޑިދޯނިފަހަރު އެހެލުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހަޅައި ހުއްދަ ހޯދަންވާނެއެވެ. އަދި މިއުޞޫލާއި ޚިލާފަށް އެއްވެސް ފަރާތަކުން އޮޑިއެއް އެހެލައިފިނަމަ، ނުވަތަ މިހާރު އޮޑިދޯނިފަހަރު އެހެލާފައިވާ ފަރާތްތަކުން 2020 އޮގަސްޓު 31 ގެ ނިޔަލަށް ފޯމު ހުށަނާޅައިފިނަމަ، ބިމުކުލީގެ އިތުރުން، ފޯމު ހުށަނާޅާ އޮންނަ ކޮންމެ ދުވަހަކަށް، -/250 (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ރޭޓުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ބިމުކުލީގެ ފައިސާ ކައުންސިލުން ބަލައިގަންނާނީ ޖޫރިމަނާ ފައިސާއާއި އެކުގައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.