ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

އިޖުތިމާޢީ މަސައްކަތު

ބޭނުންވާ ޢަދަދު: 01   

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

(މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން އުޖޫރަ ދެވޭ ވަޒީފާއެކެވެ.)

އުޖޫރަ:  

މަހަކު 3500/- (ތިންހާސް ފަސްސަތޭކަ ރުފިޔާ)

 

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ހުކުރު، ޢީދު ، ޙައްޖު، ރަމަޟާންމަހާއި ހިޖުރީ އަދި މީލާދީ އަހަރު ފެށޭ ދުވަސް ފަދަ ދީނީ އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަސް ހިމެނޭގޮތަށް (ޙަފްތާއަކު 6 ދުވާލަކު 5 ގަޑިއިރު) ކޮންމެ ދުވަހަކު

  • ހެނދުނު 06:00 އިން 08:30 އަށް
  • މެންދުރުފަހު 15:30 އިން 18:00 އަށް.

އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

ފެންވަރު:

1-   ލިޔަން ކިޔަން ދަތުމާއެކު، ކުނިކެހުމާއި ވިނަނޮޅުމާއި ގަސްކޮށުމުގެ މަސައްކަތްކުރަން އެނގުން.

ޝަރުޠު:  ޢުމުރުން 65 އަހަރުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ގިނަވަގުތު މަސައްކަތުގައި އުޅެވުން.
  2. ކުނިކެހުމާއި ވިނަނޮޅުމާއި ގަސްކޮށުމުގެ ހުނަރު.

ވަޒީފާއަށް މީހުން ޢައްޔަނު ކުރުމުގައި އިސްކަންދޭނެ ކަންތައްތައް:

ކުނިކެހުމުގެ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.

  1. ރަށުގެ އެކި ސަރަހައްދު ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުން.
  2. ރަށުގެ ސަރަހައްދުތައް ފެހިކޮށް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް، ކައުންސިލް އިދާރާއިން އިރުޝާދު ދޭގޮތުގެ މަތިން ކުރުން.
  3. ކައުންސިލުން ބަލަހައްޓާ  ޢިމާރާތްތަކުގެ ސިޑިބަރިތަކާއި ވައިގޮޅި އަދި ކޮމަން އޭރިޔާތައް ކުނިކަހައި ފޮޅާ ސާފުކުރުން.
  4. ތިނަދޫގައި ބާއްވާ ހާއްސަ ރަސްމިއްޔާތުތަކަށް ތިނަދޫ ކައުންސިލް އިދާރާއިން އިރުޝާދު ދޭގޮތަކަށް މަގުތަކާއި ސަރަހައްދުތައް ކުނިކަހައި ސާފުކުރުން.
  5. ރަށުގެ އެކި ސަރަޙައްދު ތަކުގައިވާ ރުއްގަސް ސާފުކޮށް ބެލެހެއްޓުން.
  6. ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދޭ ފޯމް.

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.

4-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

18 އޮގަސްޓް 2020 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

12 އޮގަސްޓް 2020
ހޯދާ