ދިވެހިރާއްޖެ
ޢިއުލާން |
|
ވަޒީފާގެ ފުރުޞަތު |
ނަންބަރު: IUL/415-HR/415/2020/ 108 |
ތާރީޚް: 12 އޮގަސްޓް 2020 |
މިރަށު މިސްކިތްތަކުގައި މަސައްކަތު - ވޭޖު އެންޕްލޯއިމަންޓްގެ ދަށުން ވަޒީފާ އަދާކޮށްދެއްވާނެ މީހުން ބޭނުންވެއްޖެއެވެ.
މަޤާމް: މިސްކިތު މަސައްކަތު
ބޭނުންވާ ޢަދަދު: 01 (އެކެއް)
މަސައްކަތް ކުރާތަން: ގދ.ތިނަދޫ މިސްކިތްތައް
އުޖޫރަ: 45/- (ސާޅީސް ފަސްރުފިޔާ) ކޮންމެ ނަމާދު ވަގުތަކަށް
ސަރވިސް އެލަވަންސް: ނެތް އިތުރު ގަޑިއާއި ބަންދު ދުވަހުގެ ފައިސާ: ނެތް
އިތުރު މަޢްލޫމާތު: މި ވަޒީފާއަކީ މިސްކިތްތަކުގެ މަސައްކަތު ވަޒީފާ އަދާ ކުރައްވާ މުވައްޒަފުން ޗުއްޓީއަށް ދުރުވުމުން ނުވަތަ ވަޒީފާއިން ވަކިވުމުން، މިސްކިތްތައް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ކަނޑައަޅާނެ މީހުން ހޯދުމަށް މަސައްކަތު ވޭޖް އެމްޕްލޯއިމެންޓް ޕޫލް (ގުރޫޕް) އެއް އެކުލަވާލުމަށް، ހަމަޖައްސާފައިވާ ވަޒީފާއެކެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތައް ކައުންސިލުގެ އިދާރާގައި 1 އަހަރު ދުވަހުގެ މުއްދަތަށް ދަފްތަރު ކުރެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މިސްކިތްތަކުގެ ދާއިމީ މުވައްޒަފުން ޗުއްޓީ ނެންގެވުމުން ނުވަތަ ވަޒީފާއިން ވަކިވުމުން އިދާރާއިން ކަނޑައަޅާ މުއްދަތަކަށް މިސްކިތްތައް ޙަވާލުކުރެވޭނެއެވެ. މިވަޒީފާއަކީ ދާއިމީ ވަޒީފާއެއް ނޫނެވެ. އަދި އުޖޫރަ ލިބިދެވޭނީ ހަމައެކަނި މަސައްކަތް ޙަވާލުކުރެވޭ މުއްދަތަށެވެ. މި ވަޒީފާތަކަށް ކިތަންމެ ކުރު މުއްދަތަކަށް ޢައްޔަނު ކުރެވުނު ނަމަވެސް ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އެމަހެއްގެ އުޖޫރައަށް ލިބޭ ފައިސާގެ ތެރެއިން ގަޑީލާރިއާއި ޖޫރިމަނާ ކެނޑުމަށްފަހު، ބާކީވާ ޢަދަދުގެ 7% ޕެންޝަން ފައިސާގެ ގޮތުގައި އުނިކޮށް، މިއިދާރާއިން އެ ޢަދަދާއި އެއްވަރު ޢަދަދެއްގެ ފައިސާ ހިމަނައިގެން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި އޮންނަ އެ މުވައްޒަފެއްގެ އެކައުންޓަށް ޖަމާކުރަމުން ގެންދެވޭނެއެވެ.
މަޤާމުގެ ފެންވަރު ނުވަތަ ޝަރުތު:
- ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިބިވުން.
- ޢުމުރުން 65 އަހަރުން މަތީ ޢުމުރުފުރާގެ މީހަކު ކަމުގައި ނުވުން.
މިމަޤާމަށް މީހުން ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަރވިއުއަށް ބެލެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
- ކައުންސިލުން ކަނޑައަޅާ ތާވަލާ އެއްގޮތަށް ޙަވާލުކުރެވޭ މިސްކިތެއް / މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން.
- ކޮންމެ ނަމާދު ވަގުތެއްގެ 30 މިނިޓު ކުރިން މިސްކިތުގެ އިސްކުރުބަރިއާއި ވަޅުދޮށާއި ފާޚާނާތައް ސާފުކުރުން.
- ކޮންމެ ނަމާދު ވަގުތެއްގެ 30 މިނިޓު ކުރިން ނަމާދަށް މިސްކިތް ތައްޔާރުކުރުމުގެ ގޮތުން މިސްކިތުގެ ދޮރުތައް ހުޅުވުމާއި ތަޅުންމަތި ސާފުކޮށް ބޮކިހޮޅިބުރި ދިއްލުމާއި ފަންކާ ޖެހުން. އަދި ނަމާދުކޮށް ނިމިގެން މިސްކިތުން މީހުން ފޭބުމުން، ފަންކާތަކާއި ބޮކިހޮޅިބުރި ނިއްވައި ދޮރުތައް ލެއްޕުން.
- މިސްކިތުގެ ގޯތިތެރެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
- މިސްކިތުގެ ގޯތިތެރޭގައި ހުންނަ ރުއްގަސްތައް ކޮށައި ސާފުކޮށް ބަލަހައްޓައި ގަސްތަކަށް ފެންދީ ހެއްދުން.
- މިސްކިތުގެ ވަޅުދިޔަ ހިއްކުމާއި ދިޔަދޮވި ސާފުކުރުންފަދަ މަސައްކަތްތައް ކުރުން.
- މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން.
- މިސްކިތް ބެލެހެއްޓުމާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ކައުންސިލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
ހުށައަޅަން ޖެހޭ ތަކެތި:
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
- އައި.ޑީ ކާޑުގެ (ކިޔަން އެނގޭ، ސާފު) ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖައްސަވައި ވެރިޔެއްގެ ސޮއި ކުރައްވަފައިވާ) ކޮޕީ
- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓް ގެ ކޮޕީ
- ވަޒީފާއެއްގައި އުޅެފައިވަނަމަ އެވަޒީފާއެއްގައި އެޅުނުކަމުގެ ލިޔުން.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: ގދ.ތިނަދޫ ކައުންސިލްގެ އިދާރާ
ތަކެތި ހުށަހެޅުމުގެ ސުންގަޑި: 18 އޮގަސްޓް 2020 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން.