އއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދައުވަަތު ( ސެކިއުރިޓީ ބެލެހެއްޓުން)

 

                                                     އިޢުލާން ނަންބަރ:GS32/IUL/2020/04

                ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެ

  1. ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި މަސައްކަތުގެ ތަފްސީލު ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  2. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 އޯގަސްޓް 16 އިން 2020 އޯގަސްޓް 18އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 12:00އަށް މި މަދަރުސާގެ އިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 އޯގަސްޓް 18 ވަނަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 އޯގަސްޓް 25 ވަނަ ދުވަހުގެ 13:00 ގައި އއ. އަތޮޅު މަދަރުސާ ގައެވެ.
  5. މިމަސައްކަތަށް ބިޑް ސެކިއުރިޓީ ހުށައަޅާކަށް ނުޖެހެ އެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

             އއ. އަތޮޅު މަދަރުސާގެ އިދާރާ

             އއ. އަތޮޅު މަދަރުސާ

             އަހުމަދީ މަގު، އއ. ފެރިދޫ، ދިވެހިރާއްޖެ.

             ފޯން: 6660023 ، 7996361

             އީ-މެއިލް: [email protected]

 

22 ޛުލްޙިއްޖާ 1441

13 އޯގަސްޓް 2020

 

 

 

 

13 އޮގަސްޓް 2020
ހޯދާ