ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ނޫރާނީ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިއުލާން

 

މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް، މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ IUL /GS211/2020-B07 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝަރުތުހަމަވާ ބިޑެއް ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލަމެވެ.

 

ބީލަމުގައި ބައިވެރިވުމަށްއެދި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

މި ބީލަމުގައި ރަޖިސްޓްރީކުރުމަށް، 13 އޮގަސްޓު 2020 ހެނދުނު 08:00 އިން ފެށިގެން 18 އޮގަސްޓު 2020 ދުވަހުގެ މެންދުރުފަހު 14:00 އަށް ގެ ނިޔަލަށް، ކުންފުނި/ފަރާތުގެ ނަން، ގުޅޭނެފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު، ހިމަނުއްވައި ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުމުން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

ރަޖިސްޓްރޭޝަން ފޯމުގެ ލިންކް: https://docs.google.com/forms/d/e/1FAIpQLSchxr_SM8gwutAMIA9WXrfnTPMMebGzBU5u_0XntxTEHeKs_A/viewform?usp=sf_link

އީ-މެއިލް: [email protected]

މި މަސައްކަތާބެހޭ މައުލޫމާތު ހިމެނޭގޮތަށް ބީލަންފޮތް މި އިޢުލާނާއެކު ޝާއިޢުކުރެވިފައި އެވަނީއެވެ.

 

13 އޮގަސްޓު 2020 ހެނދުނު 08:00 އިން ފެށިގެން 18 އޮގަސްޓު 2020 ދުވަހުގެ މެންދުރުފަހު 14:00 އަށް

     

ރަޖިސްޓަރީކުރުން

23 އޮގަސްޓު 2020ވާ އާދީއްތަ  ދުވަހު ހެނދުނު 11.00 ގައި ނޫރާނީ ސްކޫލްގައި

އަންދާސީ ހިސާބު ހުށަހެޅުން

  

  ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރެވޭނީ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން މާކްސްލިބޭ ފަރާތްތަކާއެވެ.                                 

 

         ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.

 

12 އޮގަސްޓް 2020
ހޯދާ