ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2020/19
ކުޑަކުދިންގެ ޕާކްގެ ވަށާފާރު ރޭނުމުގެ މަސައްކަތް
އއ.ފެރިދޫ ކުޑަކުދިންގެ ޕާކުގެ ވަށާފާރު ރޭނުމުގެ މަސައްކަތް
މިކައުންސިލުން ދައްކާ ކުރެހުމާ އެއްގޮތަށް ކުޑަކުދިންގެ ޕާކުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރ: A/IUL/344/2020/06 ( 18 މާރިޗު 2020 ) އިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވުން |
17 އޮގަސްޓް 2020 ވާ ހޯމަ ދުވަހުގެ 10:00 އަށް |
25 އޮގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 10:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި، ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، މަޢުލޫމާތު ސާފުކުރެއްވި ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ އެޗް.ޕީ.އޭ ގެ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
22 ޛުލްޙިއްޖާ 1441