ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ދެއްވަދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ

އިޢުލާން

 

ގއ. ދެއްވަދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ

 

             ބިމާބެހޭ ޤާނޫނު (ޤާނޫނު ނަމްބަރ 2002/01) ގެ 12 ވަނަ މާއްދާއާއި، އެޤާނޫނުގެ ދަށުން ހެދިފައިވާ "ދިރިއުޅުމަށްޓަކައި، ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތީން ދިރިއުޅުމަށްޓަކައި ގއ.ދެއްވަދޫ އިން  2000 އަކަފޫޓުގެ 20 ގޯއްޗާއި، 1800 އަކަފޫޓްގެ 11 ގޯތި ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މި 31 ގޯތި ހިމެނޭ ޞަރަހައްދުތަކުގެ ޗާޓު މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.

ވީމާ، މިޢުލާނުގައި ދަންނަވާފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2020ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12.00ގެ ކުރިން ގއ.ދެއްވަދޫއިންގޯއްޗަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމާއެކު ހުށަހެޅަންޖެހޭ ލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ ފޯމު ބާޠިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ. ގޯއްޗަށް އެދޭ ފޯމު މިއިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

 

ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

 

1-    ދިވެހި ރައްޔިތަކަށްވުން.

2-    އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުން.

3-    ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން، ތިރީގައި ބަޔާންކޮށްފައިވާފަދައިން ބިމެއް ލިބިފައި އޮވެގެން ނުވާނެއެވެ.

3.1 ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.

3.2 ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ، ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިނެތުން.

3.3 އިސްވެ ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކުން، 600 އަކަފޫޓަށްވުރެ ކުޑަ ނުވަތަ ބޮޑުބައެއް ލިބިފައިވާނަމަ "ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާއިދު" އާއި އެއްގޮތް ވާގޮތުގެމަތިން އެބިން ދޫކޮށްލަން އެއްބަސްވުން. އަދި އެފަދައިން ބިން ދޫކޮށްލަން އެއްބަސްވާ ކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި އެފަދަ ލިޔުމެއް ހުށަނާޅާނަމަ، ފޯމުބާތިލްވާނެއެވެ.

  1. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި ރަޖިސްޓަރީކޮށްފައި ވީނަމަވެސް އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެންފަރާކަށް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން.
  2. ފާއިތުވި 2 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ވާރުތަ މުދަލުގެ ގޮތުގައި ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ޝަރުޢީ މަރުހަލާގެ ތެރެއިން ދޫކޮށްލާފައިވާ ފަރާތަކަށް ނުވުން.
  3. ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައިވުން.
  4. އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

ނޯޓް: މިޝަރުތުތައް ހަމަނުވާ ފަރާތްތަކުގެ ފޯމް އިވެލުއޭޝަން މަރުހަލާގައި ބާޠިލްވާނެއެވެ. އަދި އެ ފޯމްތައް ބާޠިލްވެފައިވާކަން ސަބަބާއެކު، ފޯމް ހުށަހެޅި ފަރާތަށް ލިޔުމުން އަންގާނެއެވެ.

 

ގޯތިލިބޭގޮތް :

 

  • ގޯތިލިބެންޖެހޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓްލިބިފައިވާ ގިނަ  ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

 

  • މީގެ އިތުރުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ސައިޒެއްގެ ގޯތި ކަމުގައިވާތީ، ގޯތި ލިބޭ ފަރާތަށް ލިބޭ ގޯތީގެ ސައިޒް ކަނޑައަޅާނީ ގޯތި ލިބޭ ހުރިހާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ.

 

  • ޕޮއިންޓް ލިބޭ މިންވަރަށްބަލައި އިސްކަންދޭ ތަރުތީބުން ގޯތިލިބޭ މީހުންގެލިސްޓަށް ހޮވޭ ދެމަފިރިއަކަށް ދެގޯއްޗެއް ނުލިބޭނެއެވެ. އެދެމަފިރިންގެ ތެރެއިން ގޯތި ލިބޭނީ ނުވަތަ ގުރުއަތަށް ހޮވޭ މީހުންގެ ލިސްޓުގައި ހިމެނޭނީ ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން އިސްކަންދޭ ތަރުތީބުން އެ ދެމަފިރިންގެ ތެރެއިން އެންމެ މަތިން މާރކްސް ލިބުނު ފަރާތެވެ. އަދި އެންމެ މަތިން މާރކްސް ލިބޭ ފަރާތަށް ގޯތި ކަށަވަރު ވެއްޖެނަމަ، ދެމަފިރިންގެ ތެރެއިން ބާކީހުރި ފަރާތައް ގޯއްޗެއް ނުލިބޭނެއެވެ. އަދި ގުރުއަތުގައި ބައިވެރިވެސް ނުވެވޭނެއެވެ. ދެމަފިރިންގެ މާރކްސް އެއްވަރު ވެއްޖެނަމަ، ގޯތި ލިބޭނެ ފަރާތެއް ނުވަތަ ގުރުއަތުގައި ބައިވެރިވާނެ ފަރާތެއް ދެމަފިރިން ކަނޑައަޅާންވާނެއެވެ. އަދި ކަނޑަނާޅައިފިނަމަ، ގުރުއަތުގައި ބައިވެރިވާނެ ފަރާތެއް ކަނޑައަޅާނީ އެދެމަފިރިންގެ ތެރޭގައި ގުރުއަތު ލައިގެންނެވެ.

 

  • ޕޮއިންޓް ދެވޭނީ "ގއ.ދެއްވަދޫއިން ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ މިންގަނޑު"ގައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ ޕޮއިންޓެވެ.

 

  • ގޯއްޗަށް އެދިފައިވާ މީހުންގެ ފޯމުތަކުގައިވާ މަޢުލޫމާތުތައް ޗެކްކޮށް ޝަރުޠުހަމަވާ މީހުންނަށް ޕޮއިންޓްދީ ޕޮއިންޓް ލިބޭމީހުން ކަނޑައަޅާނީ ގޯތިދިނުމުގެ ޢަމަލީ މަސައްކަތްތައް ކުރުމަށް އެކުލަވާލެވިފައިވާ ކޮމެޓީންނެވެ.

 

ގއ.ދެއްވަދޫއިން ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ މިންގަނޑު

 

  1- ގޯތި ގެދޮރުގެ ބައި:

 

ގޯއްޗަށް އެދޭމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި ނުވާނަމަ

10 ޕޮއިންޓް

 

2- ކައިވެނީގެ ބައި:

 

(ހ) މީހަކާއި އިނދެގެން ހުރިނަމަ

10 ޕޮއިންޓް

(ށ) މީހަކާއި އިނދެ ވަރިކޮށްފައި ނުވަތަ އަނބިމީހާ/ފިރިމީހާ ނިޔާވެފައި ވީނަމަވެސް 18 އަހަރުން ދަށުގެ ދަރިން ތިބިނަމަ ދަރިން ބަލާ ފަރާތަށް

10   ޕޮއިންޓް

 

3-    ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ބައި:

 

(ހ) ޚާއްސައެހީއަށް ބޭނުންވާ މީހެއްނަމަ

(ޚާއްސައެހީއަށް ބޭނުންވާ މީހެއްކަމަށް ބެލެވޭނީ ދައުލަތުގެ ކަމާއިބެހޭ އިދާރާގެ ނުކުޅުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކެވެ.)

10 ޕޮއިންޓް

 

4-    ދަރިންގެ ބައި:

 

(ހ) 18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ

(ޝަރުޢީގޮތުން ކޯޓު މެދުވެރިކޮށް ބެލުން ޙަވާލުކޮށްފައިވާ 18 އަހަރުން ދަށުގެ ކުދިންނަށްވެސް އެކަމާއިގުޅޭ ރަސްމީ ލިޔުމެއް ހުށަހަޅާފައިވާނަމަ މިބަޔަށް ޕޮއިންޓް ލިބޭނެއެވެ.)

06 ޕޮއިންޓް

(ށ) 18 އަހަރުންދަށުގެ 1 ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 

(މިބައިން އެންމެ ގިނަވެގެން ދެވޭނީ 15 ޕޮއިންޓް)

05 ޕޮއިންޓް

(ނ) ދާއިމީ ގޮތެއްގައި ޚާއްސައެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުއްޖަކު ހުރިނަމަ

04 ޕޮއިންޓް

(ރ) ދާއިމީ ގޮތެއްގައި ޚާއްސައެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ 1 ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް (މިބައިން އެންމެ ގިނަވެގެން ދެވޭނީ 06 ޕޮއިންޓް)

03 ޕޮއިންޓް

 

 

5- މައިން ބަފައިންގެ ބައި:

 

(ހ) މަންމަ ދިރިއުޅޭނެ ތަނެއް ނެތިގެން ޢަމަލީ ގޮތުން މަންމަ ބަލަމުން ގެންދާނަމަ 

03 ޕޮއިންޓް

(ށ) ބައްޕަ ދިރިއުޅޭނެ ތަނެއް ނެތިގެން ޢަމަލީގޮތުން ބައްޕަ ބަލަމުން ގެންދާނަމަ   

03 ޕޮއިންޓް

(ނ) މައިން ބަފައިންނާއި ދަރިން ފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ޢަމަލީގޮތުން ބަލަމުންގެންދާނަމަ

02 ޕޮއިންޓް

 

6-       ރަށްވެހިކަމުގެ ބައި:

 

(ހ) ގއ.ދެއްވަދޫގެ ރަށްވެއްސެއްނަމަ

10 ޕޮއިންޓް

(ށ) ރަށުގެ ރަށްވެހިންގެ ތެރެއިން ރަށުގައި ދިރިއުޅޭ ފަރާތެއްނަމަ

10 ޕޮއިންޓް

(ނ) ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް ގއ.ދެއްވަދޫގައި ރަށްވެހިވެފައިވާތާ 2 އަހަރުވެފައިވާނަމަ

10   ޕޮއިންޓް

 

7-    ޕޮއިންޓް އުނިކުރުން:

 

(ހ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި ގޯތި ނުލިބިހުރީ ހަމައެކަނި މީނާއަށް ކަމަށްވާނަމަ (މަންމައާއި ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތްކަމުގައި ވާނަމަވެސް ކެނޑޭނީ 10 ޕޮއިންޓެވެ.)

10 ޕޮއިންޓް

(ށ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު  ގޯއްޗެއް އޮވެފައި ގޯތި ނުލިބިހުރީ ހަމައެކަނި މީނާއަށް ކަމަށްވާނަމަ (މަންމައާއި ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތްކަމުގައި ވާނަމަވެސް ކެނޑޭނީ 10 ޕޮއިންޓެވެ.)

10 ޕޮއިންޓް

(ނ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް (މަންމައާއި ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަވެސް އިތުރުވާ ކޮންމެގޯއްޗަކަށް ކެނޑޭނީ 05 ޕޮއިންޓެވެ.)

05 ޕޮއިންޓް

(ރ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް (މަންމައާއި ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަވެސް އިތުރުވާ ކޮންމެގޯއްޗަކަށް ކެނޑޭނީ 05 ޕޮއިންޓެވެ.)

05 ޕޮއިންޓް

 

 

 އިތުރު ތަފްޞީލް:

 

* ކައިވެނީގެ ބައި: (ނަންބަރު 11.2)ގެ (ހ)އަށް ޕޮއިންޓު ލިބޭނީ ކައިވެނީގެ ސެޓްފިކެޓްގެ ކޮޕީ ހުށަހަޅާފައި ވާނަމައެވެ.

* ކައިވެނީގެ ބައި: (ނަންބަރު 11.2)ގެ (ށ)އަށް ޕޮއިންޓު ލިބޭނީ 18 އަހަރުން ދަށުގެ ދަރިއެއް/ދަރިންބަލާ ފަރާތްތަށެވެ. އެފަދަ ފަރާތެއްނަމަ އެކަން އެނގޭނޭ ލިޔުން ހުށަހަޅަންވާނެއެވެ.

* ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ބައި: (ނަންބަރ 11.3)އަށް ޕޮއިންޓް ލިބޭނީ ދައުލަތުގެ ކަމާބެހޭ އިދާރާގެ ނުކުޅެދުންތެރިކަން ހުންނަ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށެވެ. އެފަދަ ފަރާތެއްނަމަ އެކަން އެނގޭނޭ ރަސްމީ ލިޔުން ހުށަހަޅަންވާނެއެވެ.

*  ދަރިންގެ ބައި: (ނަމްބަރ 11.4)ގެ (ހ) އަށް ޕޮއިންޓް ދިނުމުގައި ޝަރުޢީގޮތުން ކޯޓު މެދުވެރިކޮށް ބެލުން ޙަވާލުކޮށްފައިވާ 18 އަހަރުން ދަށުގެ ކުދިންނަށްވެސް އެކަމާއިގުޅޭ ރަސްމީ ލިޔުމެއް ހުށަހަޅާފައިވާނަމަ ޕޮއިންޓް ލިބޭނެއެވެ. އަދި އެފަދަ ދަރިންގެ އުފަން ދުވަހުގެ ސެޓްފިކެޓްގެ ކޮޕީއެއް ފޯމާއިއެކު ހުށަހަޅަންވާނެއެވެ.

* ދަރިންގެ ބައި: (ނަމްބަރ 11.4)ގެ (ށ)އަށް ޕޮއިންޓް ލިބޭނީ ދައުލަތުން ޚާއްސައެހީއަށް ބޭނުންވާ މީހުންނަށްދޭ އިނާޔަތް ލިބޭފަރާތްތަކަށެވެ. އެފަދަ ފަރާތެއްނަމަ އެކަން އެނގޭނޭ ރަސްމީ ލިޔުން ހުށަހަޅަންވާނެއެވެ. އަދި އެފަރާތުގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީއެއްވެސް ފޯމާއިއެކު ހުށަހަޅަން ވާނެއެވެ.

* ދަރިންގެ ބައި: (ނަމްބަރ 11.4)ގެ (ނ)އަށް ޕޮއިންޓް ދިނުމުގައި ޚާއްޞައެހީއަށް ބޭނުންވާ 02 ދަރިންނަށްވުރެ ގިނައިން ދަރިން ތިބި ކަމުގައި ވިއަސް ދެވޭނީ ޖުމްލަ 08 ޕޮއިންޓެވެ. ދަރިން ތިބެގެން ޕޮއިންޓްދޭނީ ގޯއްޗަށް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައި ތިބި ދަރިންނަށެވެ. (މިސާލަކަށް ދަރިފުޅު ނުވަތަ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދިފައިވާމީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭ މީހެއްކަމުގައި ނުވާނަމަ ދަރިންނަށްދޭ ޕޮއިންޓް ގޯއްޗަށް އެދިފައިވާ މީހާއަށް ދޭކަށްނުޖެހޭނެއެވެ.) އެފަދަ ފަރާތެއްނަމަ އެކަން އެނގޭނޭ ލިޔުން ހުށަހަޅަންވާނެއެވެ. އަދި އެފަދަ ފަރާތްތަކުގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީއެއްވެސް ފޯމާއިއެކު ހުށަހަޅަން ވާނެއެވެ.

*   މައިން ބަފައިންގެ ބައި: (ނަމްބަރ 11.5)ގެ (ހ) އަދި (ށ) ގައިވާ މައިންބަފައިން ބަލަމުން ގެންދާތީ ލިބޭ ޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ޢަމަލީ ގޮތުން ބަލަމުން ގެންދާނަމައެވެ. އެފަދަ ފަރާތެއްނަމަ އެކަން އެނގޭނޭ ލިޔުން ހުށަހަޅަންވާނެއެވެ.

*   މައިންބަފައިންގެ ބައި: (ނަމްބަރ 11.5) ގެ (ނ) ގައިވާފަދަ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށް ނޫޅެވޭފަދަ މީހަކު ޝަރީޢަތް މެދުވެރިކޮށް ބެލުމަށް ޙަވާލުކޮށްފައިވާ ފަރާތެއްނަމައެވެ. އެފަދަ ފަރާތެއްނަމަ އެކަން އެނގޭނޭ ރަސްމީ ލިޔުން ހުށަހަޅަންވާނެއެވެ.

* ރަށްވެހިކަމުގެ ބައި: (ނަންބަރ 11.6) ގެ (ށ) އަދި (ނ)ގައިވާ ބަޔަށް ޕޮއިންޓްދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން މިރަށުގައި ދިރިއުޅޭކަން އެނގޭނޭ ލިޔުން ހުށަހަޅާފައިވާ ފަރާތްތަކަށެވެ. އަދި ރަށްވެހިކަން ބަދަލުކޮށްފައިވާކަން އެނގޭނޭ ރަސްމީ ލިޔުން ހުށަހަޅަންވާނެއެވެ. މިލިޔުން ހުށަނާޅާ ފަރާތްތަކަށް ޕޮއިންޓެއް ނުލިބޭނެއެވެ.

* ޕޮއިންޓް އުނިކުރުން: (ނަންބަރު 12)ގެ (ހ) އަށް ޕޮއިންޓް ކެނޑޭނީ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި، ގޯތި ނުލިބިހުރީ ހަމައެކަނި ގޯއްޗަށް އެދިފައިވާ ފަރާތް ކަމަށްވާނަމައެވެ. އަދި މަންމައާއި ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތްކަމުގައި ވާނަމަވެސް ކެނޑޭނީ ހަމަ 10 ޕޮއިންޓެވެ.

* ޕޮއިންޓް އުނިކުރުން: (ނަންބަރު 12)ގެ (ށ) އަށް ޕޮއިންޓް ކެނޑޭނީ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި، ގޯތި ނުލިބިހުރީ ހަމައެކަނި ގޯއްޗަށް އެދިފައިވާ ފަރާތް ކަމަށްވާނަމައެވެ. އަދި މަންމައާއި ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތްކަމުގައި ވާނަމަވެސް ކެނޑޭނީ ހަމަ 10 ޕޮއިންޓެވެ.

* ޕޮއިންޓް އުނިކުރުން: (ނަންބަރު 12)ގެ (ނ) އަށް ޕޮއިންޓް ކެނޑޭނީ ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް 5 ޕޮއިންޓެވެ. އަދި މަންމައާއި ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަވެސް އިތުރުވާ ކޮންމެގޯއްޗަކަށް ކެނޑޭނީ ހަމަ 05 ޕޮއިންޓެވެ.

* ޕޮއިންޓް އުނިކުރުން: (ނަންބަރު 12)ގެ (ރ) އަށް ޕޮއިންޓް ކެނޑޭނީ ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް 5 ޕޮއިންޓެވެ. އަދި މަންމައާއި ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަވެސް އިތުރުވާ ކޮންމެގޯއްޗަކަށް ކެނޑޭނީ ހަމަ 05 ޕޮއިންޓެވެ.

* ފޯމާއިއެކު ހުށަހަޅަން ބުނެފައިވާ ހުރިހާ ލިޔުމެއް (ހުށަހަޅަން ޖެހޭފަރާތްތަކުން) ފުރިހަމަކޮށް ހުށަހަޅަންޖެހޭނެއެވެ. އެފަދަ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ، އެބަޔަށް ޕޮއިންޓެއް ނުލިބޭނެއެވެ.

 

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19  ޛުލްޙިއްޖާ  1441

09  އޮގަސްޓް  2020

09 އޮގަސްޓް 2020
ހޯދާ