ދިވެހިރާއްޖެ
އިޢުލާން
ކޮވިޑް 19 އާއި ގުޅިގެން ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށްޓަކައި ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން ދިވެހި ސަރުކާރާއި UNDP އާއި ގުޅިގެން ''ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް އެންޑް ޑިވެލޮޕްމަންޓް ފޯރ އެސް. އެމް. އީސް (ސީޑް)'' ގެ ނަމުގައި މަޝްރޫއެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ތަރައްގީކޮށް ކުރިއަށް ގެންދިއުމުގެ މަގުޞަދުގައި ލ. އަތޮޅަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ މަޝްރޫޢެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ދަނޑުވެރިކަމުގެ ފުދުންތެރިކަން އިތުރުކުރުމާއި، ކާބޯތަކެތީގެ އެކަށޭނެ މިންވަރުތަކެއް ޔަޤީންކުރުމުގެ ވިސްނުން ފުޅާކުރުމެވެ. އަދި އެ މަޝްރޫޢު ހިންގުމަށް މި އަތޮޅުން ހޮވާލެވުނު ރަށްތަކުގެ ތެރޭގައި މިރަށްވެސް ވަނީ ހިމެނިފައެވެ. އެހެންކަމުން އެ ކުންފުނިން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ މަޝްރޫޢުގެ ދަށުން މި އަތޮޅުގެ 250 ދަނޑުވެރިއަކަށް އަގްރޯ ނޭޝަނަލް ކޯޕްރޭޝަން އާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގެ ދަށުން މަސައްކަތް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ކޮންޓްރެކްޓް ފާމިންގ ގެ ދަށުން މަސައްކަތް ކުރެވިގެން ދާނެގޮތަކީ ދަނޑުވެރިކަން ކުރާ ފަރާތާއި، އެ ކުންފުންޏާއި ދެމެދު އެއްބަސްވުމެއް ހެދި އެ އެއްބަސްވުމުގައިވާ ގޮތަށް އެފަރާތަކުން އުފެއްދުމަށް ކަނޑައަޅާފައިވާ ބާވަތް، އެއްބަސްވެފައިވާ ސައިޒުގެ ބިމެއްގައި އުފައްދާ، ކުންފުނިންދީފައިވާ މުއްދަތުގައި އެތަކެތި ފޯރުކޮށްދިނުމެވެ. މި އުސޫލުން މަސައްކަތް ކުރާއިރު އެއްބަސްވުމުގައިވާ ފަދައިން ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އެހީއާއި މާލީ އެހީތެރިކަންވެސް އެ ކުންފުނިން ފޯރުކޮށްދޭނެއެވެ. އަދި މީގެ އިތުރުން ދަނޑުވެރިން އުފައްދާ ބާވަތްތައް އެ ކުންފުނިން ގަނެ އެތަކެތި މާރކެޓް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ވީމާ، އަގުރޯ ނޭޝަނަލް ކޯޕްރޭޝަނާއި ގުޅިގެން މިމަސައްކަތް ކުރުމަށް ޝަޢުގުވެރިވާ،ގަމުގެ ދަނޑުވެރިން 16 އޮގަސްޓް 2020 ދުވަހު 14:00 ގެ ކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުމަށް ގުޅުއްވާނީ 7849795 ނަމްބަރަށްށެވެ.
21ޒުލްޙިއްޖާ 1441ހ
11 އޮގަސްޓް 2020މ