ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ލެބޯޓްރީ ސާމްޕަލްތައް ހިފައިގެން ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

އިޢުލާން

     މިހޮސްޕިޓަލުގެ 2020/08/(IUL)/BAH-AHR-BAH ނަމްބަރު 03 މާރިޗު 2020 އިޢުލާނު ބާޠިލްކޮށް

މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ލެބޯޓްރީ ސާމްޕަލްތައް ހިފައިގެން ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.

   ތިރީގައިވާ ބަޔާންކޮށްފައިވާ ބ. އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުން ލެބޯރަޓްރީ ސާމްޕަލް ނަގައިގެން ބަޔާންކޮށްފައިވާ

ބ. އަތޮޅުގެ ޞިއްޙީ ޙިދުމަތްދޭ ލެބޯޓްރީތަކަށް ލެބޯޓްރީ ސާމްޕަލް ގެންގޮސް ހަވާލުކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް

އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ހޯދަން ބޭނުން ވެއްޖެއެވެ.

 

ސާންޕަލް ހުރި ރަށް

ސާންޕަލް ގެންގޮސް ހަވާލުކުރަންޖެހޭ ތަން

ބ. ކުޑަރިކިލު ޞިއްޙީމަރުކަޒު

ބ.ކެންދޫ ޞިއްޙީމަރުކަޒު

ބ. ކަމަދޫ ޞިއްޙީމަރުކަޒު

ބ. ކިހާދޫ ޞިއްޙީމަރުކަޒު

ބ.ދަރަވަންދޫ ޞިއްޙީމަރުކަޒު

ބ. ދޮންފަނު ޞިއްޙީމަރުކަޒު

ބ. ފެހެންދޫ ޞިއްޙީމަރުކަޒު

ބ.ގޮއިދޫ ޞިއްޙީމަރުކަޒު

ބ. މާޅޮހު ޞިއްޙީމަރުކަޒު

ބ.އަތޮޅު ހޮސްޕިޓަލް

 

    ވީމާ، މި މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 އޮގަސްޓު 2020 ވާ ބުދަ ދުވަހު 13:00 އަށް

ބ. އަތޮޅު ހޮސްޕިޓަލް، ކުޑަރިކިލު، ކަމަދޫ، ކެންދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ، މާޅޮސް، ފެހެންދޫ، ގޮއިދޫ

ޞިއްޙީމަރުކަޒަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޮގަސްޓު 2020 ވާ އަންގާރަ ދުވަހު 13:00 އަށް

ބ. އަތޮޅު ހޮސްޕިޓަލް، ކުޑަރިކިލު، ކަމަދޫ، ކެންދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ، މާޅޮސް، ފެހެންދޫ، ގޮއިދޫ

ޞިއްޙީމަރުކަޒަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު

ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ.

    އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު

ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

21 ޛުލްޚިއްޖާ 1441

11 އޮގަސްޓު 2020

 

11 އޮގަސްޓް 2020
ހޯދާ