އިޢުލާން ނަންބަރު:D10C-A/2020/3
|
ވަޒީފާގެ ފުރުޞަތު
|
ތާރީޚް: 10 އޯގަސްޓް 2020
|
|
ރޭންކް: އެސް.އެސް 1
|
ހައުސްކީޕަރ (ކޮންޓްރެކްޓް)
|
މަޤާމް
|
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1
|
1 (އެކެއް)
|
އަދަދު
|
މިލަދުންމަޑުލުދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓް
|
މަސައްކަތް ކުރަންޖެހޭ ތަން
|
-/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)
|
އަސާސީ މުސާރަ
|
-/1000ރ (އެއްހާސް ރުފިޔާ)
|
ސަރވިސް އެލަވަންސް
|
އަސާސީ މުސާރައިގެ %20
|
ޖުޑީޝަލް އެލަވަންސް
|
-/2550ރ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
|
ލިވިންގ އެލަވަންސް
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އިތުރުގަޑީގެ ފައިސާ
|
- ލިޔަންކިޔަން ދަތުން.
- ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދައްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށްބަލައިގެންނެވެ. ނުވަތަ، ލިޔަންކިޔަން އެނގޭތޯބެލުމަށް ވަޒީފާހަމަޖައްސާ ކޯޓުން ނުވަތަ އިދާރާއަކުން ޓެސްޓެއް ދީގެންނެވެ.
|
އަސާސީ ޝަރުތު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިހަމަވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާއި ހުރި ފަރާތެއްކަމުގައި ނުވުން.
|
އެހެނިހެން ޝަރުތު
|
- ރަސްމީބަންދުނޫން ކޮންމެދުވަހަކު ކޯޓް ޢިމާރާތުގެ އެތެރެ ކުނިކަހާ ފޮޅާ ސާފުކުރުމާއި ދޮރުތަކާއި ބިއްލޫރިތައް ފޮހެ ސާފުކުރުން.
- ކޯޓް ޢިމާރާތުގެ ފަންކާތަކާއި، ހޮޅިބުރިތަކާއި، ފަރުނީޗަރުތަކާއި، އޭސީތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.
- ކޯޓްގެ ޢިމާރާތާއި، ކޯޓްގެ ސަރަހައްދާއި، މަގު، ކުނިކަހާ ވިނަނޮޅައި ސާފްކޮށް ބެލެހެއްޓުން.
- ފުރާޅު، ދިޔަދޮވި، ވަޅު، ރުއްގަސް ސާފްކޮށް ބެލެހެއްޓުން.
- ކޯޓް ހިމެނޭ ސަރަހައްދުގެ ބަގީޗާ ހައްދައި ސާފްކޮށް ބެލެހެއްޓުން.
- ޗިޓް ޙަވާލްކުރުމާއި، އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ލިޔެކިޔުންތައް އެފަރާތްތަކާ ޙަވާލުކުރުން.
- ޑިޕާޓްމަންޓުންނާއި އެކިރަށްރަށުން ކޯޓަށް ފޮނުވާ ތަކެތި ބަނދަރުން ކޯޓަށްގެނައުން.
- ކޯޓުން އެކިތަންތަނަށް ފޮނުވަން ބޭނުންވާ ތަކެތި ގެންދިއުން.
- ހޮޅިބުރިއާއި، ބޮކި ފަދަތަކެތި އެނދުމުން ބަދަލުކޮށް ތަންމަތި ނުވަތަ ހޯލްޑަރ ހަލާކުވެއްޖެނަމަ ބަދަލުކުރުން.
- ކޯޓްގައިވާ ޑަސްބިން ތަކާއި ނައްތާލަންޖެހޭ ތަކެތި ނައްތާލުމާއި، ފާޚާނާ، ގުދަން ފަދަ ތަންތަން ސާފްކޮށް ބެލެހެއްޓުން.
- މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް މެޖިސްޓްރޭޓް އަދި އިސްކޮށްތިބޭ މުވައްޒަފުން ޙަވާލުކުރާ ރަސްމީ މަސައްކަތްތައް ވީހާވެސް ރަނގަޅަކަށް ކުރުން.
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު
|
- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ
|
ހުށަހަޅަންޖެހޭ ތަކެތި
|
- 2020 އޯގަސްޓް 17 ވަނަ ދުވަހުގެ 13:30 ގެ ކުރިން ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެން.
- ސުންގަނޑި ހަމަވުމުގެކުރިން އީމެއިލްގެ ޒަރިއްޔާއިން ހުށަހަޅާ އެޕްލިކޭޝަން ފޯމް ބަލައިގަންނަގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. މިކޯޓްގެ އީމެއިލް އެޑްރެހަކީ [email protected] އެވެ. (އީމެއިލް ގެ ޒަރީޢާއިން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ޙާޟިރުރުވާއިރު ކޯޓަށް ހުށަހަޅަންވާނެއެވެ)
|
ސުންގަޑި
|
- ހައުސްކީޕަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި ތަމްރީން އަދި ލިބިފައިވާ ހުނަރާއި ޤާބިލްކަން ބެލުމަށް ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތައުލީމް: 30 ޕަސެންޓް
- މަސައްކަތުގެ ތަޖުރިބާއާއި ތަމްރީން: 35 ޕަސެންޓް
- ލިބިފައިވާ ހުނަރާއި ޤާބިލުކަން ބެލުމަށް ކުރެވޭ އިންޓަވިއު: 35 ޕަސެންޓް
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓްގެ ކައުންޓަރުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6560638
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި އަދި އީމެއިލްގެ ޒަރީޢާއިން ހުށަހަޅާފައިވާނަމަ އެޕްލިކޭޝަން ފޯމާއި ހުރިހައި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|
އިތުރު މަޢުލޫމާތު
|
|
|
|
|
|