އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްޑޯ ޖިމްގެ ބުޑުތައް އެޅުމާއި މެޝިންތައް އިންސްޓޯލްކޮށްދޭނެ ފަރާތެއްހޯދުން:

މި ރަށުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ އައުޓްޑޯޖިމްގެ ބުޑުތައްއެޅުމާއި މެޝިންތައް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ކޮށްފައިވާ ނަންބަރު: 340/340/2020/5(IUL) އިޢުލާނާގުޅިގެން ހުށަހެޅި ފަރާތްތަކުގެ ތެރޭން ބިޑްކޮމިޓީން އެވޯޑުކުރިފަރާތް މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ޙާޟިރުވުމަށް ދެވުނު މުއްދަތުގައި ޙާޟިރުވެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާތީ އެ ހުށަހެޅުން ބާޠިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއްހޯދުމަށްޓަކައި ފުރުޞަތު ހުޅުވާލަމެވެ.

            މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2020 އޮގަސްޓް 10 އިން 2020 އޮގަސްޓް 16 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected]  އަށް އީމެއިލަށް ނުވަތަ 6660714 ނަންބަރު ފޯނާ ގުޅުއްވައިގެން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ރަޖިސްޓަރީކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ބިޑްޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ 44ރ (ސާޅީސްހަތަރު ރުފިޔާ) ދެއްކުމުންނެވެ. އީމެއިލްމެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުށަހަޅާފަރާތްތަކުން ކުންފުނި  (ވިޔަފާރު/ޕާޓްނަރޝިޕް) ގެ ނަމާއި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއެކު ހުށަހެޅުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ.

            މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

                          މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ މަތީގައި އެވާމެއިލަށް 2020 އޮގަސްޓް 17 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް މެއިލްކުރައްވާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.

                          މި މަސައްކަތުގެ ޕްރީބިޑް މީޓީންގ އޮންނާނީ 2020 އޮގަސްޓް 17 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ. ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2020 އޮގަސްޓް 23 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.

10 އޮގަސްޓް 2020
ހޯދާ