މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އިނިޝިއޭޓިވް ފޯރ ކްލައިމެޓް އެކްޝަން ޓްރާންސްޕޭރެންސީ (އައިކެޓް)

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް (އެމް.އީ) އިން ޔުނައިޓެޑް ނޭޝަންސް އެންވަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ޑީ.ޓީ.ޔޫ ޕާރޓްނާޝިޕް އާއި ގުޅިގެން 'އިނިޝިއޭޓިވް ފޯރ ކްލައިމެޓް އެކްޝަން ޓްރާންސްޕޭރެންސީ (އައިކެޓް) ' ނަމުގައި ދަނީ މަޝްރޫޢު އެއް ހިންގަމުންނެވެ. މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތޮން ރާއްޖެއިން ތައްޔާރުކުރާ ރިޕޯރޓުތަކަށް ބޭނުންވާ ގްރީން ހައުސް ގޭސް އިންވެންޓްރީގައި ހިމެނޭ ބައިތަކުގެ ތެރެއިން، ކުނި މެނޭޖުކުރުމާއި ބެހޭ މައުލޫމާތު އެއްކޮށް އެމަސައްކަތް ހަރުދަނާ ކުރުމެވެ.

މިދެންނެވުނު މަޝްރޫޢު ދަށުން ރާއްޖޭގެ ކުނީގެ ހާލަތު ބަޔާން ކުރާ ރިޕޯޓެއް ތައްޔާރުކުރުމަށާއި، ކުނީގެ މައުލޫމާތު އެއްކުރުމަށް ބޭނުންވާ އުސޫތަކާއި މިންގަނޑުތައް އެކުލަވާލުމަށާއި، އަދި 10 ރަށެއްގައި ވޭސްޓް އޮޑިޓް ތައްޔާރުކޮށްދިނުމަށް ކޮންސަލްޓެންސީ ފާރމެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ހިމެނިފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާ ގޮތަށް ބީލަން ހުށައެޅުއްވުމަށް ދަންނަވަމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.ބީލަން ހުށަހަޅާނީ 2020 އޯގަސްޓް 19  ވާ ބުދަ ދުވަހު 11:00 ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ރިސެޕްޝަނަށްށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. 

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 އޯގަސްޓް 19 ވާ ބުދަ ދުވަހު 11:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2020 އޯގަސްޓް 17 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

 

ބީލަން ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

އިނިޝިއޭޓިވް ފޯރ ކްލައިމެޓް އެކްޝަން ޓްރާންސްޕޭރެންސީ

 އިޢުލާނު ނަންބަރު: (IUL)438-CCD/438/2020/135

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

09 އޮގަސްޓް 2020
ހޯދާ