ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންހިންދާ ނިޒާމް ޤާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމާ ގުޅޭ:

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި ޗައިނާ މީހުން އަޅާފައިވާ ގެތައް ހުންނަ ސަރަހައްދުގައި ދާއިމީ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، އެކަމަށް ބޭނުންވާ ސާމާނު މިކައުންސިލަށް ހޯދަން ބޭނުންވެއެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 އޯގަސްޓް 2020 ވާ އާދިއްތަ ދުވަހުން ފެށިގެން، 17 އޯގަސްޓް 2020 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުއްވުމަށްފަހު މިކައުންސިލްގެ އީމެއިލް އެޑްރެސް [email protected] ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އެއްހީރަސް ކުރެވިފައިވާނެ އެވެ.

           އަނަދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 19 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ މެންދުރު 11:00 ގައި ނޮޅިވަރަންފަރު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.

           މި އިޢުލާނާ ގުޅިގެން އެއްވެސް މަޢުލާމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 18 އޯގަސްޓް 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކައުންސިލްގެ ފޯނު 6520045 ނުވަތަ އީމެއިލް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

           ރަޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.      

09 އޮގަސްޓް 2020
ހޯދާ