ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަންބަރު 2020/23/އައި.ޔޫ.އެލް/480 އިޢުލާނުން ހުޅުވާލެވުނު ޚާއްސަ ލައިސަންސިންގ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށް، ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާން އެދޭ އެންމެހާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ ގޫގުލް ފޯމް މެދުވެރިކޮށް، 11 އޮގަސްޓް 2020 ގެ 14:00ގެ ކުރިން ބާ ކައުންސިލުގައި ރަޖިސްޓަރީވުމަށް ފުރުސަތު ހުޅުވާލަމެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ 5 އޮގަސްޓް 2020 ގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތްތަކެއްކަން އަންގައިދިނުމަށްޓަކައި، އަންނަނިވި 2 ލިޔުމުގެ ތެރެއިން އެއް ލިޔުމެއް، ގޫގްލް ފޯމާއެކު އަޕްލޯޑްކުރަންވާނެއެވެ.
(1) ދަސްވެނިވެފައިވާ ދަރިވަރެއްނަމަ ޤާނޫނީ ރޮގުން ފުރަތަމަ ޑިގްރީގެ ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް.
(2) ދަސްވެނިވެފައިނުވާނަމަ، ޤާނޫނީ ރޮގުން ފުރަތަމަ ޑިގްރީގެ ކޯސް އެ ދަރިވަރަކު ކޯސް ފުރިހަމަކުރިކަން އަންގައިދޭ ރަސްމީ ލިޔުން ނުވަތަ ކޯހުގެ ޓްރާންސްކްރިޕްޓް.
ގޫގްލް ފޯމް ލިންކް:
/https://maldivesbarcouncil.org/licensing-training
ނޯޓް: މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިން ކުރެވުނު އިޢުލާނުގެ ދަށުން އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުން އިތުރު އެޕްލިކޭޝަނެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.
ތަމްރީނު ޕްރޮގްރާމުގައި ރަޖިސްޓަރީވުމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމަށް، ނުވަތަ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުން އެދެމެވެ.