އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނުންދޭ ކުރެހުމާއި އެއްގޮތަށް ޕާޓިޝަން ޖެހުމުގެ މަސައްކަތާއި، ކަބަޑު ސެޓުތަކެއްޖަހާ، ކަރަންޓް ވަޔަރުކުރުމާއި ނެޓްވޯކްއެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތަކާއި އެ ތަނަށް ވޯކްސްޓޭޝަނާއި ފަރުނީޗަރު ފޯރުކޮށްދީ އެސެމްބަލް ކޮށްދޭނެ ފަރާތެއް ހޯދުން

123-A/IUL/2020/27

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

              ކޮމިޝަނުގެ ހިންގުން ބަދަލުކުރުމަށް ހަމަޖެހިފައިވާ ހ.ސަކީނާ މަންޒިލުގެ 3,4,5,6 އަދި 8 ވަނަ ފަންގިފިލާގައި ކޮމިޝަނުންދޭ ކުރެހުމާއި އެއްގޮތަށް ޕާޓިޝަން ޖެހުމުގެ މަސައްކަތާއި، ކަބަޑު ސެޓުތަކެއްޖަހާ، ކަރަންޓް ވަޔަރުކުރުމާއި ނެޓްވޯކްއެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތަކާއި އެ ތަނަށް ވޯކްސްޓޭޝަނާއި ފަރުނީޗަރު ފޯރުކޮށްދީ އެސެމްބަލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި، މި ކޮމިޝަނުގެ ނަންބަރު: 123-A/IUL/2020/23 (09 ޖުލައި 2020) އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމުގެ މަރުޙަލާގައި މިނިމަމް ރިކުއަރމަންޓް ފުރިހަމަނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، މަޢުލޫމާތު ޝީޓަށް ބަދަލުތަކެއް ގެނައުމަށްފަހު އަލުން އިޢުލާނުކުރަމެވެ.

             ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޮގަސްޓް 2020 ވާ ހޮނިހިރު ދުވަހުގެ 14:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

             މިބިޑާ ގުޅޭ މަޢުލޫމާތު ޝީޓާއި ކުރެހުންތައް މި އިޢުލާނާއި އެއްހީރަސް ކުރެވިފައިވާނެއެވެ.  

15 ޛުލްޙިއްޖާ 1441

05 އޮގަސްޓް 2020

05 އޮގަސްޓް 2020
ހޯދާ