މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕްގެ އުސޫލު

ތަޢާރުފާއި ނަން

1. 

(ހ)

ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕަކީ، ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި މަސައްކަތްކުރާ އަންހެނުން އިތުރުކުރުމަށާއި، ދާއިރާއާ ގުޅޭ ސިޔާސަތުތައް ބައްޓަންކުރުމުގައި އަންހެނުންގެ ހިއްސާއާއި ބައިވެރިވުން އިތުރުކުރުމަށާއި، އަދި އަންހެނުން މި ދާއިރާގައި އިތުރުކުރުމާއި ކުރިއެރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާއެރުވުމަށް އެކުލަވައިލެވޭ ވާރކިން ގްރޫޕެކެވެ.

 

 

(ށ)

މި އުސޫލަށް ކިޔާނީ، "ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕްގެ އުޞޫލު" އެވެ.

މަޤްޞަދު

2. 

(ހ)

ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕް އުފެއްދުމުގެ ބޭނުމަކީ، ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއަށް ލަފާދިނުމާއި މިދާއިރާގައި އަންހެނުންގެ ހިއްސާ އިތުރުކުރޭވޭނެ ގޮތްތައް ދިރާސާކޮށް މިކަމާއިގުޅޭ ކަންކަމުގައި މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

 

 

(ށ)

އަންހެނުން މި ދާއިރާގައި ހަރަކާތްތެރިވުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ ޤައުމީ ފެންވަރުގައްޔާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމުގެ ގޮތުން މަސައްކަތް ކުރެވޭނޭ ގޮތްތައް ފާހަގަކޮށް، އެފަދަ ކަންކަން ރަނގަޅު ކުރެވޭނޭ ގޮތްތަކުގެ ލަފާ މިނިސްޓަރަށް އެރުވުން މިވާރކިން ގްރޫޕުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭނެއެވެ. ހަމަ އެއާއެކު، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހި އަންހެނުން ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި ތަމްސީލްކުރާ މިންވަރު އިތުރުކުރުމަށް ކުރެވޭނޭ ކަންތައްތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފަޔާއި މަޝްވަރާދީ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނޭނެއެވެ.

 

ވާރކިން ގުރޫޕް އެކުލަވާލުން

3.

(ހ)

ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕް އެކުލެވިގެންވަނީ، އުޞޫލުގެ 4 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ދާއިރާތަކުން، ކޮންމެ ދާއިރާއަކުން އެއް މެންބަރަކު ހިމެނޭގޮތަށް، އިޢުލާނު ކޮށްގެން  ހޮވާ 3 (ތިނެއް) މެންބަރުންނާއި، އައްޔަނުކުރެވޭ 4 (ހަތަރެއް) މެންބަރުންނާއެކު ޖުމްލަ 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.

 

 

 

(ށ)

އިޢުލާނު ކޮށްގެން މެންބަރުން ހޮވުމުގައި ދާއިރާތަކުން ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރެވި، އޭގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މެންބަރުން ހޮވޭނެއެވެ.

 

 

(ނ)

ވާރކިން ގްރޫޕަށް މެންބަރުން ހޮވުމުގައި މަދުވެގެން  50%(ފަންސާސް އިންސައްތަ) އަންހެނުން ހިމަނަން ޖެހޭނެއެވެ.

 

 

(ރ)

މެންބަރުކަމަށް ހޮވާ/ޢައްޔަނުކުރާ ފަރާތްތަކަށް "ލެޓަރ އޮފް އެޕޮއިންޓްމަންޓް"  މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ ހަވާލު ކުރެއްވުމުން މެންބަރުކަމަށް ޢައްޔަނު ކުރެވުނީ ކަމުގައި ބެލޭނެއެވެ.

 

 

(ބ)

ޝޯޓްލިސްޓް ކުރެވޭނީ އިޢުލާނު ކުރުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން (6) ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކެވެ.

ވާރކިން ގްރޫޕްގައި ހިމެނޭ ދާއިރާތަކާއި މުއައްޞަސާތައް

4.

(ހ)

ވާރކިން ގްރޫޕްގެ ދާއިރާތައް ބަހައިލެވިފައިވަނީ ތިރީގައިވާ ގޮތަށެވެ.

  1. ސައިންސް ދާއިރާ
  2. ޓެކްނޯލޮޖީ ދާއިރާ
  3. އިންޖިނިއަރިންގް ދާއިރާ
  4. މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ
  5. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
  6. ޗީފް ޓެކްނޯލޮޖީ އޮފިސަރ އޮފީސް
  7. ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާ

މެންބަރުން އައްޔަންކުރުމާއި ހޮވުން

5.

(ހ)

މި  އުޞޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ 1 އިން 3 ގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް މެންބަރުން ހޮވާނީ އިޢުލާން ކޮށްގެންނެވެ. އަދި 4 އިން 7 ގައި އެވަނީ އެކިއެކި މުއައްސަސާތަކުން ޢައްޔަނު ކުރާ މެންބަރުންނެވެ.

 

 

 (ށ)

އިޢުލާން ކޮށްގެން މެންބަރުން ހޮވުމުގެ ހުރިހާ އިދާރީ މަސައްކަތް ކުރާނީ މިނިސްޓްރީއިންނެވެ.

 

 

(ނ)

އިޢުލާން ކޮށްގެން މެންބަރުން ހޮވުމުގައި ކުރިމަތިލާ ފަރާތްތަކުގެ  ތެރެއިން މި އުޞޫލުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރުތުހަމަވާ މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުން ހޮވާނީ މިނިސްޓަރއެވެ.

 

 

(ރ)

އިއުލާން ކުރުމަށްފަހު މަޤާމުތަކަށް ކުރިމަތިލުމަށް ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ 10 (ދިހަ) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. އަދި ފުރަތަމަ އިޢުލާނާއި ގުޅިގެން ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ އަދަދު 3 (ތިނެއް) ކަށްވުރެ މަދު ނަމަ، ދެވަނަ އިޢުލާނެއް ކުރުން ލާޒިމްވެގެންވެއެވެ. ނަމަވެސް ދެވަނަ އިޢުލާނާއި ގުޅިގެން މަޤާމަށް އެންމެ ފަރާތެއް ކުރިމަތި ލައްވާފައިވިޔަސް އިތުރު އިޢުލާނަކާއި ނުލާ އެފަރާތަކަށް އެމަޤާމު ހަމަޖައްސައި ދެވިދާނެއެވެ.

 

 

(ބ)

ޖެހިޖެހިގެން 3 (ތިނެއް) އިޢުލާންކޮށް މަޤާމަށް އެއްވެސް ފަރާތެއް ކުރިމަތި ލާފައި ނުވާނަމަ މިނިސްޓާރގެ ހުއްދަޔާއެކު މަޤާމަށް އެކަށީގެންވާ މީހަކު ކަނޑައެޅިދާނެއެވެ.

ވާރކިން ގްރޫޕްގެ ސިޔާސަތު

6.

(ހ)

ވާރކިން ގްރޫޕްގެ ސިޔާސަތަކީ ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރުމާއި މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ މިކަމާއި ގުޅުންހުރި ކަންކަމާއި ، މި ދާއިރާގައި އަންހެނުންގެ ތަރައްޤީއަށް ސަރުކާރުން އެވަގުތަކު ގެންގުޅޭ ސިޔާސަތުތަކެވެ.

މެންބަރުންގެ ޝަރުޠުތައް

7.

 (ހ)

މެންބަރުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ހުންނަންވާނެއެވެ.

 

 

 

1. ދިވެހި ރައްޔިތެއްކަމުގައިވުން.

2. ތަމްސީލުކުރާ ދާއިރާއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިޤްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލުކޮށްފައިވުން.

3. ސައިންސާއި ޓެކްނޯލޮޖީ ނުވަތަ އިންޖިނިއަރިން ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

4. ވޭތުވެ ދިޔަ 2 (ދެއެއް) އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

5. ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

 

 

 

ވާރކިން ގްރޫޕްގެ މެންބަރުކަމުން ވަކިވުން

8.

 

މި މާއްދާގައި ބުނެފައިވާ ހާލަތަކުންކުރެ އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ފަރާތެއްގެ މެންބަރުކަން ގެއްލޭނެއެވެ.

 

 

(ހ)

މި އުޞޫލުގެ 7 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތަކުންކުރެ ޝަރުޠެއް އުނިވުން

 

 

(ށ)

މި އުޞޫލުގެ7  ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތަކުންކުރެ ޝަރުޠެއް އުނިވުން.

 

 

(ނ)

 

މަޤްބޫލު ޢުޛުރެއް ނެތި، ވާރކިން ގްރޫޕްގެ މުޤައްރިރަށް އެންގުމަކާ ނުލާ، ވިދިވިދިގެން 2 (ދެއެއް) ބައްދަލުވުމުގައި ބައިވެރި ނުވުން.

 

 

(ރ)

މެންބަރުކަމުގެ ދައުރު ހަމަވުން (ވާރކިން ގުރޫޕްގެ ދައުރު ހަމަވުން).

 

 

(ބ)

ނިޔާވުން.

 

 

(ޅ)

މި އުޞޫލުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މެންބަރަކު ވަކިކުރުން.

މަޤާމު ހުސްވުން

9.

އެއްވެސް ސަބަބަކާހުރެ ވާރކިން ގްރޫޕްގެ އެއްވެސް މެންބަރެއްގެ މަޤާމު ހުސްވެއްޖެނަމަ، އެ މަޤާމު ހުސްވި ދާއިރާއަކަށް، ގިނަވެގެން 30 (ތިރީސް) ދުވަހުގެތެރޭގައި މެންބަރަކު ހަމަޖައްސަންވާނެއެވެ. ހުސްވާ މަޤާމުތަކަށް މެންބަރުން ހަމަޖެއްސުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ މިނިސްޓްރީންނެވެ.

އިސްތިޢުފާ ދިނުން

10. 

ވާރކިން ގްރޫޕްގެ މެންބަރަކު އޭނާގެ މަޤާމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް މިނިސްޓަރަށް ލިޔުމަކުން ފޮނުވުމުން، އެ މަޤާމުން އެ މެންބަރަކު އިސްތިޢުފާ ދިނީ ކަމުގައި ބެލޭނެއެވެ.

މެންބަރުން ވަކިވެވޭގޮތާއި، މެންބަރުކަމުން ވަކި ކުރެވޭގޮތ

11.

(ހ)

ވާރކިން ގްރޫޕްގެ މެންބަރެއްގެ އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާ ކުރުމުގައި އިހުމާލުވެއްޖެނަމަ އުޞޫލުގެ ދަށުން މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިޚްތިޔާރު މިނިސްޓަރއަށް ލިބިގެންވެއެވެ. އަދި މެންބަރަކު މެންބަރުކަމުން ވަކިވާން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ވާރކިން ގްރޫޕަށް ސިޓީއަކުން ހުށަހެޅުމުން އެ މެންބަރަކު ވަކިކުރަންވާނެއެވެ.

 

 

(ށ)

މެންބަރުކަމަށް އެކިއެކި މުއައްސަސާތަކުން ޢައްޔަނު ކޮށްފައިވާ ފަރާތްތައް ބަދަލުކުރުމުގެ ބާރު އެމުއައްސަސާތަކަށް ލިބިގެންވެއެވެ. އަދި މެންބަރަކު ބަދަލު ކުރުމަށް މިނިސްޓްރީއަށް ފެނިއްޖެ ހާލަތެއްގައި މިނިސްޓްރީގެ ފަރާތުން އެ މުއައްސަސާތަކުގައި އެކަމަށް އެދެވިދާނެއެވެ.

ވާރކިން ގުރޫޕްގެ ދައުރާއި އާންމު ޒިންމާތައް

12. 

ވާރކިން ގްރޫޕްގެ ދައުރަކީ ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން މިނިސްޓަރަށް ލަފަޔާއި އިރުޝާދު ދިނުމެވެ. އަދި ސައިންސާއި ޓެކްނޯލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ދިމާވާ ގޮންޖެހުންތައް ބައްދަލުވުންތަކުގައި ތާވަލުކޮށްގެން، އެކަންކަމާ މެދުގައި މަޝްވަރާކޮށް، އެކަންކަމުގެ ހައްލު ދެނެގަންނާނެ ގޮތްތަކެއް މިނިސްޓަރަށް ހުށަހެޅުމެވެ.

 

 

(ހ)

ސައިންސާއި ޓެކްނޯލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މިނިސްޓަރަށް ލަފާ ދިނުން؛

 

 

(ށ)

ވާރކިން ގްރޫޕްގެ މަޤްޞަދުތަށް ހާސިލުކުރުމަށް ދާއިރާގެ ސްޓެކްހޯލްޑަރުންނާއެކު ކުރެވިދާނެ މަސައްކަތްތައް ދެނެގަނެ މިނިސްޓަރަށް ލަފާ ދިނުން

 

 

(ނ)

ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ޙައްލު ކުރުމަށް

މިނިސްޓަރަށް ލަފާ ދިނުން.

 

 

 

(ރ)

މިނިސްޓްރީގެ މެންޑޭޓްގައި ހިމެނިފައިވާ، ވާރކިން ގްރޫޕްގެ މަޤްޞަދާއި ގުޅޭ ކަންކަން ޙާސިލުކުރުމަށް ބޭނުންވާ މަޝްވަރާއާއި އެހީތެރިކަން ފޯރުކޮށްދުނުން

 

 

(ބ)

ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންކުރި ކުރިއެރުވުމާއި އިތުރުކުރުމާއި ގުޅުންހުރި މަސައްކަތަކުން މިނިސްޓްރީއިން އެހީތެރިކަމަށް އެދިއްޖެނަމަ އެކަމުގައި ފަންނީ އަދި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި ވާރކިން ގުރޫޕުން ނިންމާ ނިންމުންތައް ސިޔާސަތާއި އެއްގޮތަށް މިނިސްޓްރީއިން ތަންފީޒުކުރެވޭ މިންވަރު ބެލުން.

 

 

(ޅ)

ސައިންސާއި ޓެކްނޯލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރަށް ލަފާ ދިނުން.

 

 

(ކ)

ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހި އަންހެނުން ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި ތަމްސީލްކުރާ މިންވަރު އިތުރު ކުރުމަށް މަސައްކަތްކުރުމާއި ބައިވެރިވުމަށް ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރުން.

ވާރކިން ގްރޫޕްގެ ބައްދަލުވުންތައް

13. 

 

ތިރީގައި ބަޔާން ކުރެވިފައިވާ ހާލަތްތަކަށް ރިއާޔަށްކޮށް ވާރކިން ގްރޫޕް ބައްދަލުވުންތައް ބޭއްވިދާނެއެވެ.

 

 

 

1. ބައްދަލުވުންތަކުގައި، މަޤްބޫލު ސަބަބަކާހުރެ ޢަމަލީ ގޮތުން ބައިވެރިނުވެވޭ މެންބަރުންނަށް ފޯނު-ކޮންފަރަންސް ނުވަތަ ވާޗުއަލްކޮން ބައިވެރިވެވޭނެއެވެ.

 

 

 

2. ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ވާރކިން ގްރޫޕްގެ މުޤައްރިރެވެ.

 

 

 

3. އެއްވެސް ސަބަބަކާހުރެ މުޤައްރިރަށް ބައްދަލުވުމެއްގައި ބައިވެރިވެވެން ނެތްނަމަ،އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ ވާރކިން ޤުރޫޕްގެ ނައިބު މުޤައްރިރެވެ.

 

 

 

4. ވާރކިން ގުރޫޕްގެ ބައްދަލުވުންތައް ބާއްވާނީ، ގްރޫޕްގެ މުޤައްރިރުގެ އެންގުމަށެވެ. ނަމަވެސް މުޤައްރިރަށް މިނިސްޓަރ އަންގަވައިފި ހިނދެއްގައި، ބައްދަލުވުން ބާއްވަން ވާނެއެވެ.

 

 

 

5. ވާރކިން ގުރޫޕްގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އެދިއްޖެ ހިނދެއްގައި ވާރކިން ގްރޫޕްގައި ތިބި ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުން ލިޔުމުން (ސިޓީ، ނުވަތަ އީމެއިލް ، ނުވަތަ އެސް.އެމް.އެސް. ހިމެނޭ ގޮތަށް) ހުށަހަޅައިފިނަމަ، ވާރކިން ގުރޫޕްގެ މުޤައްރިރު، ގުރޫޕްގެ  ބައްދަލުވުމެއް ބާއްވަންވާނެއެވެ.

 

 

 

6. ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ އެންމެ މަދު އަދަދަކީ، 5 (ފަހެއް)

މެންބަރުންނެވެ.

 

 

 

7. ވާރކިން ގުރޫޕްގެ އެކިއެކި ނިންމުންތައް ނިމިގެންދާނީ، ވާރކިން ގްރޫޕްގެ ޖުމްލަ މެންބަރުންގެ އަދަދުގެ ދެބައިކުޅަ އެއްބައިގެ ތެރެއަށް އެކެއް އިތުރު ކުރުމުން އަންނަ އަދަދުގެ  50%+1މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 

 

 

8. ވޯޓުތަކުގައި ވާރކިން ގުރޫޕްގެ މުޤައްރިރު އާންމުކޮށް ބައިވެރިއެއް ނުވާނެއެވެ. ނަމަވެސް އެއްވެސް ހާލަތެއްގައި ވޯޓު ހަމަހަމަވެއްޖެނަމަ، ކާސްޓިންގ ވޯޓު ދޭނީ ވާރކިން ގުރޫޕްގެ މުޤައްރިރެވ

 

 

 

9. ވާރކިން ގުރޫޕްގެ ސެކްރޭޓޭރިއަޓުން، ވާރކިން ގުރޫޕްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ، ބައްދަލުވުމުގެ ބައިވެރިންނާ އެ ޔައުމިއްޔާތައް ހިއްސާކޮށް، ޖެހިގެން އަންނަ ބައްދަލުވުމުގައި ޔައުމިއްޔާ ފާސްކުރަންވާނެއެވެ.

 

 

 

10. ވާރކިން ގުރޫޕްގައި ހިމެނޭ އެއްވެސް މެންބަރެއްގެ މަޞްލަޙަތު ހިމެނޭ ކަމެއް ނިންމުމުގައި އެ މެންބަރަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

 

 

 

11. މީޓިންގެ ޔައުމިއްޔާ ބައްދަލުވުމުގެ ބައިވެރިންނާއި 3 ދުވަސްތެރޭގައި ހިއްސާ ކުރަންވާނެއެވެ.

 

 

(ހ)

ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕްގައި މުޤައްރިރެއް ހުންނަންވާނެއެވެ. މުޤައްރިރު ހޮވާނީ، މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. ވާރކިން ގްރޫޕްގެ އެންމެ ފުރަތަމަ ބައްދަލުވުމުގައި ވާރކިން ގުރޫޕްގެ މުޤައްރިރު އަދި ނައިބް މުޤައްރިރު ހޮވަންވާނެއެވެ.

 

 

(ށ)

ފުރަތަމަ ބައްދަލުވުމުގައި ރިޔާސަތު ބަލަހައްޓާނީ، މިނިސްޓަރ ކަނޑައަޅާ މީހެކެވެ.

 

 

(ނ)

މުޤައްރިރަށް ބައިވެރިނުވެވޭ ބައްދަލުވުން ތަކުގައި ރިޔާސަތު ބަލަހައްޓާނީ، ނައިބު މުޤައްރިރެވެ.

ވާރކިން ގުރޫޕް މުޤައްރިރުގެ މަސްޢޫލިއްޔަތުތައް

14. 

 

މުޤައްރިރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

 

 

 

(ހ)

ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕްގެ ރިޔާސަތު ބެލެހެއްޓުން،

 

 

(ށ)

އުޞޫލުގައި ވާރކިން ގުރޫޕްގެ ޒިންމާތައް ކަމުގައި ކަނޑައަޅައި ފައިވާ ކަންކަން ކުރުމަށް މަގުފަހިކުރުން.

މުޤައްރިރުގެ މަޤާމު ހުސްވުން

15.

އެއްވެސް ސަބަބަކާ ގުޅިގެން ވާރކިން ގްރޫޕްގެ މުޤައްރިރުގެ މަޤާމު ހުސްވެއްޖެނަމަ، ދެން އެންމެ ފުރަތަމަ ބާއްވާ ބައްދަލުވުމެއްގައި މެންބަރުންގެ މެދުގައި ވޯޓު ލައިގެން އެ މަޤާމަށް މީހަކު ހޮވަންވާނެއެވެ.

ވާރކިން ގްރޫޕް ހިންގުމުގެ އުޞޫލުތައް

16. 

ވާރކިން ގްރޫޕްގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

 

(ހ)

ވާރކިން ގްރޫޕްގެ މަސްއޫލިއްޔަތު އުފުލުމަށްޓަކައި ބޭނުންވާ އަވަސްމިނުގައި ބައްދަލުވުންތައް ބާއްވަމުން ގެންދަންވާނެއެވެ. އަދި މަދުވެގެން މަހަކު 1 ( އެކެއް) ބައްދަލުވުން ބާއްވަންވާނެއެވެ. ކޮންމެ ބައްދަލުވުމެއް ނިމުމުގެ ކުރިން ދެން ބައްދަލުވުން އޮންނާނެ ތާރީޙެއް ކަނޑައަޅަންވާނެއެވެ. ކަނޑައަޅާ ތާރީޙުގެ ކުރިން އެއްވެސް ސަބަބަކާގުޅިގެން ބައްދަލުވުމެއް ބާއްވަން ޖެހިއްޖެނަމަ މުޤައްރިރަށް ހުށަހެޅުމުން ބައްދަލުވުން ބޭއްވުމަށް ނިންމިދާނެއެވެ.

 

 

(ނ)

ވާރކިން ގްރޫޕްގެ ސެކްރެޓޭރިއަޓް ނުވަތަ އިދާރީ އެންމެހައި ކަންތައްތައް ބަލަހައްޓަނީ މިނިސްޓްރީގެ ދަށުންނެވެ.

 

 

(ރ)

ވާރކިން ގްރޫޕްގެ އެއްވެސް ބައްދަލުވުމެއް ބާއްވަންވާނީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ 1 ހަފުތާ ކުރިން ވާރކިން ގްރޫޕްގެ މެންބަރުންނަށް ނޯޓިސް ފޮނުވުމަށްފަހުއެވެ.

 

 

(ބ)

މި މާއްދާގެ (ރ)ގައި އެހެން ކަނޑައަޅައިފައި އޮތް ނަމަވެސް، ދިމާވާ ކުއްލި ކަމެއްގައި ގޮތެއް ނިންމުމަށްޓަކައި ލަފައެއް ހޯދުމަށް މިނިސްޓަރ ނުވަތަ މިނިސްޓްރީން އެދިއްޖެނަމަ، އެއަށްވުރެ ކުރު މުއްދަތެއްގެ ނޯޓިސް ދިނުމަށްފަހު ބައްދަލުވުމެއް ބޭއްވުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

އަހަރީ ރިޕޯޓު

17.

 

ކޮންމެ އަހަރަކުވެސް ވާރކިން ގުރޫޕްގެ ކުރެވުނު މަސައްކަތާއި ގުޅޭ މަޢުލޫމާތުތައް ހިމެނޭ ގޮތުން ހަރަކާތްތައް ހިނގައިދިޔަ ގޮތުގެ އަހަރީ ރިޕޯޓެއް އެކުލަވައިލަން ވާނެއެވެ. އެގޮތުން އަހަރެއް ކަމަށް ބެލޭނީ، މީލާދީ އަހަރުގެ ޖަނަވަރީމަހުގެ 1 އިން ފެށިގެން ޑިސެންބަރު 31 ގެ ނިޔަލަށެވެ. އަހަރީ ރިޕޯޓު އެކުލަވައިލުމުގެ ކަންތައް ކުރިޔަށް ގެންދާނީ ވާރކިން ގްރޫޕްގެ މުޤައްރިރުގެ ބެލުމުގެ ދަށުން ސެކްރެޓޭރިއަޓުންނެވެ. ވާރކިން ގްރޫޕްގެ ކޮންމެ އަހަރެއްގެވެސް އަހަރީ ރިޕޯޓް އާއްމުންނަށް ފެންނާނެ ގޮތައް ޝާޢިއުކުރަންވާނެވެ.

ވާރކިން ގުރޫޕްގެ ދައުރު

18.

 

ވާރކިން ގުރޫޕްގެ ދައުރަކީ އުފެއްދި ތާރީޚުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހެވެ.

ވާރކިން ގްރޫޕްގެ ނިންމުންތައް

19.

 

ވާރކިން ގުރޫޕުން ވަކިގޮތެއް ކަނޑައަޅައިފައި ނުވާނަމަ، ވާރކިން ގްރޫޕަށް ހުށަހަޅާ ކަންތައްތައް އެޖެންޑާ ކުރެވޭތާ ގިނަވެގެން 3 (ތިނެއް) ބައްދަލުވުމުގެ ތެރޭގައި ނިންމަންވާނެއެވެ.

ވާރކިނން ގުރޫޕަށް އެހީތެރިވާ ފަންނީ ކޮމިޓީ އުފެއްދުމާއި، ކޮމިޓީތައް ހަރަކާތްތެރިވާނެ އުޞޫލު

20. 

(ހ)

ވާރކިން ގުރޫޕަށް އެކިއެކި ކަންކަމުގައި ބޭނުންވާ ލަފާ ދިނުމަށް ބޭނުންވާ ތަޖުރިބާކާރުންގެ ކޮމިޓީ، ވާރކިން ގުރޫޕްގެ ތެރެއިން އުފެއްދުމުގެ ބާރު ވާރކިން މުޤައްރިރަށް ލިބިގެންވެއެވެ. މިގޮތަށް އުފެދޭ ސަބް -ކޮމިޓީއާ ހަވާލުކުރާ މަސައްކަތެއް ނިމުމުން، އެ ކޮމިޓީއެއް އުވޭނެއެވެ.

 

(ށ)

މިފަދަ ކޮމިޓީތައް ހަރަކާތްތެރިވާން ޖެހޭނީ، އެ ކޮމިޓީ އުފެއްދުމަށް ވާރކިން ގުރޫޕުން ފާސްކުރާ ނިންމުމާ އެއްގޮތަށެވެ.

 

(ނ)

މިފަދަ ކޮންމެ ކޮމިޓީއެއްގައި ރިޔާސަތު ބަލަހައްޓާނޭ ފަރާތެއް ވާރކިން ގުރޫޕުން ކަނޑައަޅަންވާނެއެވެ. އެ ކޮމިޓީގެ މަސައްކަތް ހިނގާ ނުހިނގާ ގޮތުގެ މަޢުލޫމާތު ވާރކިން ގުރޫޕަށް ބޭނުންވެއްޖެ ހިނދެއްގައި އެ ކޮމިޓީގެ ރިޔާސަތުން އެ މަޢުލޫމާތު ހިއްސާކުރަން ޖެހޭނެއެވެ.

 

 

(ރ)

ސަބް-ކޮމިޓީގެ އެންމެހައި މަސައްކަތްތަކާއި ބައްދަލުވުންތައް ކުރިޔަށް ދާނީ ސެކްރެޓޭރިއަޓުގެ ބެލުމުގެ ދަށުންނެވެ.

 

21. 

 

ވާރކިން ގުރޫޕްގެ މަސައްކަތްތައް އެންމެ ފުރިހަމަގޮތުގައި ކުރުމަށް، އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ މިނިސްޓްރީގެ އެކަމަށް ކަނޑައަޅާ މުވައްޒަފުންގެ ތެރެއިން އެކުލެވޭ ސެކްރެޓޭރިއަޓަކުންނެވެ. މިގޮތުން ސެކްރެޓޭރިއަޓުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭނީ ތިރީގައިވާ ކަންތައްތަކެވެ.

 

 

(ހ)

ވާރކިން ގުރޫޕްގެ މުޤައްރިރުގެ ލަފާގެ މަތިން ވާރކިން ގުރޫޕް ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުން؛

 

 

(ށ)

ބައްދަލުވުންތަކަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިއުންތައް ހޯދައި، ތައްޔާރުކުރުން؛

 

 

(ނ)

ބައްދަލުވުންތަކުގެ ޔަޢުމިއްޔާތައް ލިޔެ، ކަމާ ގުޅުން ހުރި ފަރާތްތަކަށް ފޮނުވައި،

 

 

(ރ)

ވާރކިން ގުރޫޕްގެ ބައްދަލުވުންތަކާ ގުޅިގެން ވާރކިން ގްރޫޕްގެ މެންބަރުންނަށާއި އެނޫންވެސް ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ބަރާބަރަށް ފޮނުވަމުން ގެންދިއުން ؛

 

 

(ބ)

ކޮންމެ އަހަރެއް ނިމުމުން ވޭތުވެދިޔަ އަހަރު ވާރކިން ގުރޫޕް ހިނގި ގޮތުގެ އަހަރީ ރިޕޯޓު ތައްޔާރުކުރުން؛

 

 

(ޅ)

ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުން؛

 

 

(ކ)

ވާރކިން ގުރޫޕުން ކުރަން ނިންމާ ކަންތައްތައް، މުޤައްރިރުގެ ލަފަޔާއި އިރުޝާދުގެ ދަށުން ރާވައި ހިންގުން؛

 

 

(އ)

ވާރކިން ގުރޫޕްގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ ކަންތައްތައް ކުރުން.

އެހެނިހެން

22.

(ހ)

ވާރކިން ގްރޫޕްގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން މި އުޞޫލުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް ނިންމަވާނީ މިނިސްޓަރއެވެ.

ވާރކިން ގްރޫޕްގެ ޚުލާސާ ރިޕޯޓްތަކާއި، ތަފާސްހިސާބު، ނިންމުންތައް އަދި ހާސިލްވާ ލަނޑުދަނޑިތައް އާއްމުންނަށް ފެންނާނެގޮތަށް ޝާޢިއުކުރުން

 

 

(ށ)

އުޞޫލަށް އަމަލުކުރަން ފަށާނީ، އުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި ސާއިޢުކުރުމަށް ފަހުގައެވެ.

އުޞޫލު އިސްލާހުކުރުން

23. 

މި އުޞޫލަށް އިސްލާހެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި ވާރކިން ގުރޫޕުން މިނިސްޓަރ އަށް ލަފާ ހުށައެޅުމުން، އުޞޫލު އިސްލާހު ކުރުމުގެ އިޙްތިޔާރު މިނިސްޓަރ އަށް ލިބިގެންވެއެވެ.

މާނަކުރުން

24.

(ހ)

އުޞޫލުގެ ބޭނުމަށް މިނިސްޓްރީކަމަށް ބަޔާންކޮށްފައި އެވަނީ، ރާއްޖޭގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ އެންމެހާ މަސްޢޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއެވެ. އަދި އުޞޫލުގެ ބޭނުމަށް މިނިސްޓަރ ކަމަށް ބަޔާން ކޮށްފައިއެވަނީ، ރާއްޖޭގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ އެންމެހާ ކަންކަމުގެ ޒިންމާ ހަވާލުކޮށްފައިވާ ވަޒީރަށެވެ.

 

 

(ށ)

ދާއިރާ ކަމަށް މި އުޞޫލުގައި އެވަނީ ސައިންސާއީ ޓެކްނޯލޮޖީ ދާއިރާއެވެ.

 
ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕަށް މެންބަރުން ހޮވުމުގެ އުޞޫލު

ތަޢާރަފް

 

މިއީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއިން (ތާރީޙް) ކުރި އިޢުލާނާ (އިއުލާން ނަންބަރު) ގުޅިގެން  ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕްގެ މެންބަރުން ހޮވުމުގައި އަމަލުކުރާނެ އުޞޫލުކަމަށް ވާރކިން ގްރޫޕް އުޞޫލުގެ 5 ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރާ އުޞޫލެވެ.

އިންޓަވިއު ޕެނަލް ކަނޑައެޅުން

 

މެންބަރުން ހޮވުމަށް އިންޓަވިއު ޕެނަލް ހަމަޖައްސާނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީއިންނެވެ.

ޝަރުތުހަމަވާ ކެނޑިޑޭޓުންގެ ލިސްޓް ކަނޑައެޅުން

 

ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން ތައުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އިންޓަވިއު ޕެނަލް އިން ލިސްޓެއް ކަނޑައަޅާނެއެވެ.

ޝޯޓްލިސްޓް ކުރުން

 

(ހ)

އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންޓަރވިއުޕެނަލުން ފާސްކުރާ ލިސްޓް އެއީ ޝޯޓްލިސްޓް ކަމުގައި ބެލެވޭނެއެވެ.

 

 

(ށ)

ޝޯޓްލިސްޓު ނުވާ ފަރާތްތަކަށް ޝޯޓްލިސްޓް ނުވާކަން މިނިސްޓްރީގެ ފަރާތުން ސަބަބާއެކު ލިޔުމުން އަންގަންވާނެއެވެ.

 

 

(ނ)

ޝޯޓްލިސްޓް ކުރެވުނު ކެންޑިޑޭޓުންނަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގަންވާނެއެވެ. އަދި އެ ކެންޑިޑޭޓުންނަށް އިންޓަރވިއު ކުރާނެ ދުވަހާއި ގަޑި އަންގަންވާނެއެވެ.

އިންޓަވިއު ކުރުން

 

(ހ)

ޝޯޓްލިސްޓް ކުރެވޭ ހުރިހާ ކެނޑިޑޭޓުންނާއި އިންޓަވިއު ކުރަންވާނެއެވެ.

 

 

(ށ)

އިންޓަވިއު ޕެނަލުން މާކްސްދޭންވާނީ މިޢުޞޫލުގެ ޖަދުވަލު 1 ގައިވާ ކްރައިޓީރިއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

 

(ނ)

އިންޓަވިއު ކުރެވޭ ކޮންމެ ކެންޑިޑޭޓަކަށް ވެސް މާކްސް ދިނުމަށްޓަކައި، އިންޓަވިއު ޕެނަލްގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ވަކިން މާކްސްދޭނެ ޝީޓެއް އޮންނަން ވާނެއެވެ. އަދި އިންޓަވިއު ނިމުމުން ވަގުތުން އިންޓަވިއު ޕެނަލްގައި ހިމެނޭ ފަރާތްތަކުން މާކްސް ޝީޓްތަކުގައި ސޮއި ކުރަންވާނެއެވެ.

 

 

(ރ)

ކެންޑިޑޭޓުންނަށް އިންޓަރވިއު، ތަޢުލީމު އަދި ތަޖުރިބާއިން ލިބުނު މާކްސް އެއްކުރުމަށްފަހު، ކޮންމެ ބައިވެރިޔަކަށް ލިބުނު މާކްސްގެ ޖުމްލަ އަދަދާއި ޕަސެންޓޭޖް ހިމެނޭ ގޮތަށް ހުރިހާ ކެނޑިޑޭޓުންނަށް ލިބުނު މާކްސްތަށް އެނގޭނެ ލިސްޓެއް ހަދަންވާނެއެވެ. މި ލިސްޓް ތަރުތީބުކުރާނީ އެންމެ މަތީން މާކްސް ލިބުނު ކެންޑިޑޭޓުންގެ ތަރުތީބުންނެވެ.

 

 

(ބ)

އިންޓަވިއުކޮށް ނިމުމަށްފަހު މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މާކްސްދެވިފައިވާ ގޮތުގެ ލިސްޓާއެކު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާއިރު މިނިސްޓްރީގެ މަޢުލޫމާތަށްޓަކައި ޕެނަލްގައި ހިމެނުނު ފަރާތްތަކުން ވަކި ވަކި ކެނޑިޑޭޓުންނަށް މާކްސް ދިން ޝީޓުތަށް ކޮންމެ މެންބަރެއްގެ ފައިލަށް ލާންވާނެއެވެ.

 

މެންބަރުން ހޮވުން

 

(ހ)

އިންޓަވިއު ޕެނަލްގެ ރިޕޯޓާއި މާކްސް ލިސްޓަށް ބެލުމަށްފަހު އެންމެ މަތިން މާކްސް ލިބޭ ފަރާތް މެންބަރުކަމަށް ހަމަޖައްސާނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއިންނެވެ.

 

 

(ށ)

ޝޯޓްލިސްޓް ކުރެވުނު ކެންޑިޑޭޓުންގެ ތެރެއިން ހޮވުނު ފަރާތްތަކަށް ހޮވުނުކަން އަދި ނުހޮވޭ ފަރާތްތަކަށް ނުހޮވޭކަން މިނިސްޓްރީއިން އަންގަންވާނެއެވެ.

 

 

 

(ނ)

މެންބަރުން ހޮވުގައި އަދި އައްޔަން ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީއިންނެވެ. 

 

ޖަދުވަލު 1

ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވާރކިން ގްރޫޕަށް މެންބަރުން ހޮވުމުގައި މާކްސްދޭނެ މިންގަނޑު

ނަންބަރު

ކްރައިޓޭރިއާ

މާކްސް ދެވޭގޮތް

މާކްސް

އެންމެ ގިނަވެގެން ދެވޭ މާކްސް

އިންސައްތަ (%)

ޑިސްކޮލިފައި ނުވަތަ އުނިކުރެވޭ ގޮތް

 

އިންޓަވިއު

އިންޓަވިއު

30

30

20%

އިންޓަރވިއު ކަނޑައަޅާފައިވާ މާކްސްގެ ދެބައިކުޅަ އެއްބައި ނުލިބެނަމަ ޑިސްކޮލިފައިވާނެއެވެ.

 

މިބައިގެ ޖުމްލަ

 

ތަޢުލީމް

މެންބަރު ތަމްސީލް ކުރާ ދާއިރާއިން ފުރަތަމަ ޑިގްރީ

10

60

40%

މިބައިން ޝަރުތު ފުރިހަމަ ނުވާނަމަ

މެންބަރު ތަމްސީލް ކުރާ ދާއިރާއިން ފުރަތަމަ ޑިގްރީއާއެކު މާސްޓާރސް ޑިގްރީއޮތްނަމަ

20

މެންބަރު ތަމްސީލް ކުރާ ދާއިރާއިން ފުރަތަމަ ޑިގްރީއާއެކު މާސްޓާރސް ޑިގްރީ އަދި ޕީއެޗްޑީ އޮތްނަމަ

30

މިބައިގެ ޖުމްލަ

 

 

ތަޖުރިބާ

ތަމްސީލުކުރާ ދާއިރާގައި 1 އަހަރާ 3 އަހަރާ ދެމެދު ނަމަ

20

60

40%

މިބައިން ޝަރުތު ފުރިހަމަ ނުވާނަމަ

ތަމްސީލްކުރާ ދާއިރާގައި 3 އަހަރަށްވުރެ ގިނަ ނަމަ

30

ދާއިރާގައި އަންހެނުން ބާރުވެރިކުރުވެރި ކުރުމަށް ނުވަތަ އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކޮށްފައިވާނަމަ

10

މިބައިގެ ޖުމްލަ

މިބައިގެ ޖުމްލަ

މުޅި ޖުމްލަ

150

100%

 

(ށ)

15 ޖުލައި 2020
ހޯދާ