ދިވެހިރާއްޖެ
މިކޯޕަރޭޝަނުން 20 ޖުލައި 2020 ގައި "އިންޓާނަލް އޮޑިޓް" ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނު ނަމްބަރު (MFMC/I/2020/08) އާއި ހަވާލާދީ ދަންނަވަމެވެ. މިގޮތުން މިމަސައްކަތަށް ޝައުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް މިހާރު ހަމަހެޖިފައިވަނީ އީމެއިލްގެ ޒަރިއްޔާއިންނެވެ. އެހެންކަމުން ހުރިހާ ޕްރޮޕޯސަލްތަކެއްވެސް 17 އޯގަސްޓް 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިކޯޕަރޭޝަންގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކަށް ބޭނުންވާނެ މައުލޫމާތުތައް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވިގެން ދާނެ ވާހަކަ ދަންނަވަމެވެ. އަދި ޕްރޮފޯސަލް ހުށަހެޅުއްވުމުގެ ސުންގަޑި ހަމަވުމުން ލިބިފައިވާ ޕްރޮޕޯސަލްތަކުގެ މައުލޫމާތު ޕްރޮޕޯސަލް ހުށަހެޅުއްވި ފަރާތްތަކަށް ހިއްސާކުރެވޭނެއެވެ. އަދި އިވެލުއޭޝަން ނިމުނުން ބިޑް ކާމިޔާބުކުރާ ފަރާތެއް ޕްރޮޕޯސަލް ހުށަހެޅުއްވި ފަރާތްތަކަށް ހިއްސާކުރެވިގެން ދާނެއެވެ.