ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސްކޫލްގެ 3 ޢިމާރާތުގެ ޓިނު ބަދަލުކުރުން
ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(B)/2020/007
އިޢުލާނު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލްގެ 3 ޢިމާރާތުގެ ޓިނު އަމިއްލަ ތަކެތީގައި ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އެހެންކަމުން މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތް ކޮށްދިނުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 އޮގަސްޓް 04 ން 2020 އޮގަސްޓް 10 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް، މި ސްކޫލަށްދުރުވެ، ނުވަތަ 6520533 ނަންބަރ ފޯނަށް ގުޅުއްވާ، ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.
- މިޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 އޮގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- ބިޑް ހުށައެޅުމާއި، ހުޅުވުން އޮންނާނީ 2020 އޮގަސްޓް 18 ވާ އަންގާރަ ދުވަހުގެ 11:00ގައި ހަނިމާދޫ ސްކޫލް އޮފީހުގައެވެ.
- މި މަސައްކަތަށް ބިޑު ސެކިއުރިޓީގެ ގޮތުގައި -/1000 (އެއްހާސް) ދިވެހި ރުފިޔާ ހުށަހަޅަން ވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތާއި، މަޢުލޫމާތުޝީޓް، އަދި އެހެނިހެން ޑޮކިޔުމެންޓްތައް، މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހަނިމާދު ސްކޫލް
އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.
ފޯން: 6520533 ، 9907020
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
13 ޛުލްޙިއްޖާ 1441
03 އޮގަސްޓް 2020
ނޯޓް: އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ މާސްކް އަޅުއްވައިގެންނެވެ.
03 އޮގަސްޓް 2020
ހޯދާ