ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ބޭނުންވާ ލެޕްޓޮޕް ހޯދުން

    ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ބޭނުންވާ އިލެކްޓްރޯނިކް ތަކެތި ހޯދުމަށް ކުރެވުނު (ނަންބަރު: 2020/21/އައި.ޔޫ.އެލް/480)ގެ އިޢުލާނުގެދަށުން ލެޕްޓޮޕް ސަޕްލައިކޮށްދިނުމަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުފޯމްތަކާއެކު ހުށަހަޅާފައިވާ ކޯޓޭޝަން ފޯމުތަކުގައި ބަޔާންކޮށްފައިވާ އަގުގައި ފުށުއެރުންތަކެއްވާތީ، އެ އިޢުލާނު ބާޠިލުކޮށް، ލެޕްޓޮޕް ސަޕްލައިކޮށްދިނުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

 

    މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 އޮގަސްޓު 2020ވާ ހޯމަދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ (ހ.އޯކިޑްމާގެ، ލޮޓަސް ގޯޅި، 1 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 އޮގަސްޓު 2020ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

 

    މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި، މި މަސައްކަތާބެހޭ އިތުރު ތަފްޞީލާއި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ. 

 

    މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، ލިބިވަޑައިގަންނަވާނެއެވެ. 

29 ޖުލައި 2020
ހޯދާ