ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ފަރުނީޗަރު ހޯދުމަށް ކުރެވުނު ނަންބަރު 2020/22/އައި.ޔޫ.އެލް/480 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގައި ސަޕްލައިކޮށްދިނުމަށް ހުށަހަޅާ ފަރުނީޗަރުގެ ނަމޫނާތައް ހިމަނާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، ފަރުނީޗަރު ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ފަރުނީޗަރުގެ ބާވަތް |
ބޭނުންވާ ޢަދަދު |
ވަރކްސްޓޭޝަން މޭޒު |
8 |
އެގްޒެކެޓިވް މޭޒު |
1 |
ވީމާ، މިތަކެތި ސަޕްލައިކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 އޮގަސްޓު 2020ވާ ހޯމަދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ (ހ.އޯކިޑްމާގެ، ލޮޓަސް ގޯޅި، 1 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 އޮގަސްޓު 2020ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި، މި މަސައްކަތާބެހޭ އިތުރު ތަފްޞީލާއި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ.
މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، ލިބިވަޑައިގަންނަވާނެއެވެ.