ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު
ކޮންޓްރެކްޓް މެނޭޖްމަންޓް އިންޖިނިއަރ
މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން ވޯލްޑް ބޭންކްގެ އެހީގައި ދަށުން ކުރިއަށްގެންދާ " މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް" މަޝްރޫޢުގެ މަސައްކަތްތައް ކޮންޓްރެކްޓް މެނޭޖްމަންޓް އިންޖިނިއަރއެއް ހޯދުމަށް ބޭނުންވެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު، މިފަދަ މަޝްރޫޢުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތައުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މައުލޫމާތު ހިމެނޭ ވަނަވަރު ހުށައަޅަންވާނެއެވެ.
މުއްދަތު: 24 މަސް
މުސާރަ ރޭންޖް: 28,170.00 to 32,400.00 ދިވެހިރުފިޔާ
ޝައުޤުވެރިވާ ފަރާތްތަކުން 13 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ
އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
އީމެއިލް: [email protected]
މި މަޝްރޫޢުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މަތީގައިވާ އީމެއިލް އެޑްރެހަށް އީ މެއިލް ކުރެއްވުން އެދެމެވެ.
28 ޖުލައި 2020