މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ޢިމާރާތް ކުރުމުގެ ޢަމަލީ މަސަތްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން ލުއި ދިނުން

ދިވެހިރާއްޖޭގައި އިޢުލާނުކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ގަވާއިދު ނަންބަރު I 2019/R-1019 ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ 1-35 އަދި 2-35 ވަނަ މާއްދާގެ ދަށުން ތިރީގައިވާ ލުއިތައް މި ދިނުމަށް މިނިސްޓަރު ކަނޑައަޅުއްވާފައިވާތީ އެކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

  1. މާލީ ލިޔެކިޔުންތައް ހުށަހެޅުމުގައި ދެވޭ ލުއި

  • މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރުމަށް ބޭނުންވާ ލިޔެކިޔުމެއް އެހެން ބަހަކުން ތަރުޖަމާކުރާ ހާލަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތް ނިސްބަތްވާ ޤައުމެއްގެ އެމްބަސީން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ޤާނޫނީ ވަކީލަކު ނުވަތަ ލޯ ފާރމަކުން އަސްލާ އެއްގޮތްކަން ބަޔާންކޮށް ހުށަހަޅަންޖެހޭ ގޮތަށް އޮތް އޮތުމުން މިވަގުތަށް އިސްތިސްނާކޮށް، އާންމު ޙާލަތަކަށް އިޢާދަވާތާ 3 (ތިނެއް) މަސްދުވަސް ތެރޭގައި އެކަން ފުރިހަމަކޮށް ހުށަހެޅުން.

  2. ބިދޭސީ މުވައްޒަފުން ހުށަހަޅަންޖެހޭ ވޯކް ވިސާ ކާޑު ހުށަހެޅުމުގައި ދެވޭ ލުއި

  • ބިދޭސީ މުވައްޒަފުން ހުށަހަޅަންޖެހޭ ވޯކް ވިސާ ކާޑުގެ ބަދަލުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާފައިވާ މުއްދަތެއްގައި އެމްޕްލޮއިމަންޓް އެޕްރޫވަލް ބަލައިގަތުން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓުން އެފަރާތްތަކަށް ވިސާ ކާޑު ހެއްދުމަށް ދޭ މުއްދަތު ހަމަވާތާ 15 (ފަނަރަ) ދުވަސް ތެރޭގައި ވިސާ ކާޑުގެ ކޮޕީ މިނިސްޓްރީއަށް ހުށަހެޅުން.

 މި ލުއި ދެވޭނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައިވާ ހިނދު މި އިޢުލާނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރާ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށެވެ. މި ލުއިތައް ދެވޭނެ ޙާލަތްތަކާއި ގުޅޭ އިތުރު ތަފްޞީލު ޢީމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ 2 ވަނަ އިޞްލާޙު (https://www.gazette.gov.mv/gazette/download/5794) ގައި ބަޔާންކޮށްފައިވާނެކަންވެސް ދަންނަވަމެވެ.

23 ޖުލައި 2020
ހޯދާ